ކާނަލް އާއި، އަބްދުﷲ އަބްދުއްރަހީމްގެ ނަން އަނބުރާ ގެންދަވައިފި

އެމްޑީޕީގެ “ނުފޫޒު ގަދަ ހުރަހެއް” އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބަށް ކުރިމަތިވާ ކަމަށް ވިދާޅުވެ، އެ ގުރޫޕުގެ ނާއިބު ރައީސް ކަމަށް ވާދަނުކުރައްވާ ގޮތަށް ނިންމަވައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް އާއި، ހަމަ އެ މަގާމަށް ކުރިމަތިލެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ގެ ނަން އަނބުރާ ގެންދަވައިފި އެވެ.

ކާނަލްގެ ނަން މިދިޔަ ހަފްތާގައި އަނބުރާ ގެންދެވިއިރު ޢަބުދުﷲ ޢަބުދުއްރަހީމް ގެ ނަން ގެންގޮސްފައިވަނީ މިއަދުއެވެ.

މި ދެ ބޭފުޅުންގެ ނަން އަނބުރާ ގެންދެވުމުން އެ މަގާމަށް މިހާރު ވާދަކުރައްވަން ތިއްބެވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ތޮއްޑޫ ދާއިރާގެ އަލީ ވަހީދެވެ.

އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ “ނުފޫޒު ގަދަ ހުރަހެއް” އިންތިހާބަށް ކުރިމަތިވެފައިވާއިރު ޕާލަމެންޓްރީ ގުރޫޕުގެ އިންތިހާބު އަންނަ މަހުގެ ތިނަކަށް ފަސް ކުރުމަކީ ވެސް ނަން އަނބުރާ ގެންދަން ޖެހިވަޑައިގެންނެވި ސަބަބެއް ކަމަށެވެ.

އިންތިހާބަށް “ނުފޫޒު ގަދަ ހުރަހެއް” ކުރިމަތި ކުރަނީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަބްދުﷲ އަބްދުއްރަހީމްގެ ނަން އަނބުރާ ގެންދެވިއިރު، މ. ކުޑަވެޔޮމަތީގޭގައި ރޭ އެމްޑީޕީން ފެށި “ދޮރުން ދޮރަށް” ކެމްޕޭންގެ ފަހަތުގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހަންމަދު ފަލާހު 2014 އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރެއްވުން ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ “ޓްވިޓާ” ގައި އަބްދުﷲ އަބްދުއްރަހީމާ އެ ވާހަކަ ދައްކާފަ އެވެ. އަދި އަބްދުﷲ އަބްދުއްރަހީމް ޓްވީޓު ކުރައްވަމުން ވިދާޅުވެފައި ވަނީ އެކަމާ “މާޔޫސްވެއްޖެ” ކަމަށާއި މައްސަލަ ހައްލުކުރުމަށް ޕާލަމެންޓްރީ ގުރޫޕުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާ އެކު ވާހަކަ ދައްކަވާނެ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑު 16

ﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެ މިގޮތުގައި ލައްވާފައި ވާނަމަ 2012 މެއި 16 ވާ ބުދަދުވަހުވެސް ފިތުރަތުގެ އުސޫލުން ދުނިޔޭގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz