ކާށިދޫ ދާއިރާގެ މެމްބަރ އިސްމާއިލު އަބުދުލް ހަމީދުގެ ގޮނޑި ގެއްލިއްޖެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ އިސްމާއިލު އަބުދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރު ދުވަހުގެ ހުކުމަށް، ސްޕްރީމް ކޯޓުން ތާއިދު ކުރުމުން ކާށިދޫ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލި އެދާއިރާގެ ގޮނޑި ހުސްވެއްޖެކަން ކަށަވަރުވެއްޖެއެވެ.

 އިސްމާއިލު އަބުދުލް ހަމީދުގެ މައްސަލައިގައި ސްޕްރީމް ކޯޓުގެ ހަތްފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރެއްގެ ރައުޔު އެއްގޮތް ވެގެން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އެމައްސަލާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސްޕްރީމް ކޯޓުންވެސް ތާއިދު ކުރާ ކަމަށެވެ. ހަތްފަނޑިޔާރުންގެ ތެރެއިން ރައުޔު ތަފާތުވެފައިވަނީ ފަނޑިޔާރު މުއުތަސިމް އަދުނާނުގެއެވެ. އޭނާގެ ރައުޔުގައި ބުނެފައިވަނީ ކޮޅުވެއްޓިއެއް ގަތުމަށް ބޭނުން ވެގެން އިންޑޮނޭޝިއާގެ އައިލެންޑް ލޮޖިސްޓިކާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާ ކަމަށާ، އިސްމާއިލު އަބުދުލް ހަމީދުގެ މައްޗަށް އެކަށީގެންވާ މިންވަރަށް އެމައްސަލަ ސާބިތު ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން އެމައްސަލާގައި ކިތާބީ ހެއްކާ ފަރުދީ ހެކި ދައުލަތުން ހުށަހަޅާފައިވީ ނަމަވެސް އިސްމާއިލު އަބުދުލް ހަމީދުގެ މައްޗަށް މައްސަލަ ސާބިތު ކުރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ފެއިލްވެފައިވާ ކަމަށްވެސް މުއުތަސިމް އަދުނާނުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

ހަ ފަނޑިޔާރުންގެ މެޖޯރިޓީއާއެކު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ އައިލެންޑް ލޮޖިސްޓިކާއެކު ސަރުކާރުން ހަދާފައިވާ އެގްރިމެންޓްގައި ބަދަލު ގެނެވިފައިވަނީ އެއް ނުކުތާއަށް ކަމަށާ، އެހެން ކަންތައްތަކުގައި އެގްރިމެންޓާ ހިލާފު ވުމުގެ އިހްތިޔާރު އިސްމާއީލު އަބުދުލް ހަމީދަށް ލިބިފައި ނުވާ ކަމަށެވެ. އުޅަނދު ލިބުމުގެ ކުރިން ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކެސެޕްޓެންސްގައި އިސްމާއީލު އަބުދުލް ހަމީދު ސޮއި ކޮށްވާފައިވާ ކަމަށާ އުޅަނދާ ހަވާލުވާ ހިސާބުން ފެށިގެން ސަތޭކަ އައްޑިހަ ދުވަހުގެ ވޮރަންޓީއެއް އައިލެންޑް ލޮޖިސްޓިކުން ދީފައިވާއިރު، އުޅަނދު ގެނައުމުގައި ލަސްވުމުގެ ސަބަބުން ވޮރަންޓީދީފައިވާ ދުވަސްތައް ގެއްލިފައިވާކަމަށްވެސް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

 ގާނޫނުއަސާސީގެ ހަތްދިހަ ތިންވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއްއަހަރު ދުވަހަށް ވުރެ ދިގު ހުކުމެއް މެމްބަރެއްގެ މައްޗަށް ކޮށްފިނަމަ އެމީހަކު މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.

 ސްޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދު ކުރުމާ ގުޅިގެން އިސްމާއީލް އަބުދުލް ހަމީދުގެ ގޮނޑި ގެއްލިފައިވާއިރު، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުނުކަމަށް މިމަހުގެ ވިހިވަނަ ދުވަހު ސްޕްރީމް ކޯޓުންވަނީ ކަނޑައަޅާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz