ކަސްރަތަށް މޫދަށް ގޮސް އުޅުނު އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެ

dhidhdhoo1

އ. ދިއްދޫގައި ކަސްރަތު ކުރުމަށް މޫދަށް ގޮސް އުޅުނު އަންހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.  ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު މަރުވެފައިވަނީ ނަސީމާ އަބްދުﷲ، 55 އެވެ. އެކައުންސިލުން އިތުރަށް މައުލާމާތު ދެއްވި ގޮތުގައި އޭނާ މަރުވެފައިވަނީ ދިއްދޫގައި އަލަށް ކޮނުނު ސަރަހައްދުގެ މޫދަށް، އޭނާގެ ރަހުމަތްތެރިންނާ އެކު މިއަދު ހެނދުނު 6:30 ހާއިރު  މޫދަށް އެރި އުޅެނިކޮށެވެ.

ކުރިން އޭނާ ކޮންމެވެސް ވަރަކަށް ފިޓު ޖެހުނު ނަމަވެސް، އޭނާ ގެނބުނީ ފިޓު ޖެހިގެން ކަމެއް ނުވަތަ އެހެން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.

ކައުންސިލް މެމްބަރު އިސްމާއިލް ނަސީރު ވިދާޅުވީ ކަސްރަތު ކުރުމަށް ނަސީމާ އާއްމުކޮށް އަބަދުވެސް މޫދަށް ދިޔަ ނަމަވެސް މިއަދު އޭނާ ދިޔައީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު ކަމަށެވެ. ރަނގަޅަށް ފަތަން ދަންނަ ނަސީމާއާ އެކު އޭނާގެ އެކުވެރިން އެހެން ބައެއް އަންހެނުން ވެސް މޫދަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިއްދޫ ސިއްހީ މަރުކަޒަށް ނަސީމާ ގެންދިޔަ އިރު ކޮންމެވެސް ވަރަކަށް ނޭވާލި އެވެ. އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

ނަސީމާ މަރުވި އިރު ދަރިއަކާއި މާމަ ކިޔާ ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz