ކަމެއް ރަނގަޅު ވެއްޖެނަމަ އެއީ މަގޭ މޮޅުކަމުންނެވެ.!! ގޯސް ވެއްޖެ ނަމަ އެއީ ނަޝީދު ނުވަތަ މައުމޫނުގެ ނުބައިކަމުންނެވެ.!!

 މަގޭ ދޮށީ ދަރި ޕީ އެޗްޑީ ހެދީ މަގޭ މޮޅޫކަމުންނެވެ. މަގޭ ހަގުދަރި ފަތްބޮއެގެން، މާރާމާރީ ހިންގައި ދުވަނީ ނަޝީދުގެ ސަނަބުންނެވެ. އަދި ރާއްޖޭގެ ފުލުހުން މިހާރުވެސް އޭރުވެސް ޖަލުގައި އަނިޔާ ކުރަނީ މައުމޫނު އަންގައިގެންނެވެ.

މައުމޫނު ވެރިކަން ކުރި ތިރީސް އަހަރުވެސް މި ދުނިޔެ އޮތީ ހަމަ 2008 ކާއި ހަމައަށް ތަރައްޤީ ވެފައެވެ. އެހެން ކަމުން ފަން ޖިފުޑި ތަކަކުން ޒަމާނީ ޕެލަސް ތަކަކަށް ބަދަލު ވުމަކީ ތަރައްޤީ އެކޭ ނުބުނާނަމެވެ. 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ބޭފުޅަކަށް މި އަށްވުރެ ބޮޑު ތަރައްޤީއެއް މި ރާއްޖެއަށް ގެނެވެން ޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ.

އަޅުގަނޑު މި ލިޔުން ލިޔަމުން ދާއިރު ފަހަރެއްގައިވެސް މި ލިޔުމުގައި މި ބުނާ އެއްޗެއް ހަޖަމު ނުކުރެވޭ ފަރާތެއް ހުރެދާނެކަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. މައުމޫނުގެ ވެރިކަމުގައިވެސް އަދި ނަޝީދުގެ ވެރިކަމުގައިވެސް ޤަބޫލުކުރަން ދަތި އެއްގޮތްކަންތައްތަކެއް އެބަހުއްޓެވެ.

ވޭތުވެ ދިޔަ އެ ވިދާޅުވާ “ރަން 30” އަހަރުވެސް ތަރައްޤީ ގެ ރޮނގުން ކިތައްމެ ކުޑަ ކަމެއް ކޮށްފައިވީ ނަމަވެސް އެއީ ކޮނަމެވެސް ބަޔަކު މުޒާހިރާ ކޮށްގެން ނުވަތަ ކޮންމެވެސް  ފަރާތަކުން މަޖުބޫރު ކޮށްގެން ކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް ތަނެއްގައި ހަމަ ނުޖެހުން ހިންގައި، ތަނެއްގައި ހުޅު ޖަހައިފި ނަމަ އެހީ މައުމޫނު ބުނެގެންނެވެ. އެއީ މައުމޫނު ގެ ނުލަފާކަމެވެ.

ދެން އައީ ” ހެޔޮ ވެރި ކަމުގެ 3 އަހަރު” އެވެ. ރަށެއްގައި ފްލެޓް އަޅައި، ދަތުރު ފަތުރުގެ ނިޒާމު ޤާއިމު ކުރީ ވެވިފައިވާ ވައުދެއްގެ ސަބަބުން ލޮލަށް ނިދި ނައީސް ގެންނެވެ.އެއްގޮތަކަށް ވެސް ޤައުމަށް ހެޔޮއެދިގެނެއް ނޫނެވެ. ފަޅު ރަށްރަށް ވާލަ ބިސް އަޅަން ދޫކޮށްނުލައި، ތަރައްޤީ ކުރުމަށް ފަރާތްފަރާތް ތަކަށް ދޫކުރީ، ކައިރީގައި އުޅޭ މީހުން އުނދަގޫ ކުރަން ފެށުމުންނެވެ. އެކަމަކު، ތަންތަން ރޯކޮށް، މީހުންނަށް އަނިޔާ ކުރަނީ ނަޝީދުގެ ގޮތްކުޑަކަމުންނެވެ. ހަޔާތްކުޑަ ކަމުންނެވެ………….ނަމަވެސް ހަޤީޤަތަކީ ރައްޔިތުންގެ ވިޔާނުދާކަމާއި ގޮތްކުޑަކަމެވެ…

ލިޔުނީ: ޒަހީން ޢަބުދުﷲ

ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގެ މެޖޯރިޓީ “އަންނި” އަށް.

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިއާސީ އިންތިހާބްގެ ވަގުތީ ނަތީޖާ އިން ނ.އަތޮޅުގެ މެޖޯރިޓީ ކުރީގެ ރައީސް އަދި …

ޚިޔާލެއްދެއްވާ

avatar
ހަސަނު
ހަސަނު

މީތި ކަޑައޭ! ތަނެއް ދޮރެއް ބަލައިނުލާ ލިޔެ ބާލަނީ…. މިސޮރު އަނދަގޮނޑި ޖަހަންވީ.

Anonymous
Anonymous

ސަޅި ޒަންޑަ ލިޔުމާއިގެން ކުރިޔަށް

މާކުންބެ
މާކުންބެ

ޒަހީނުގެލިޔުންތަކާމެދު ރައްޔިތުން ސަމާލުވާން އެބަޖެހޭ. އެއްފަހަރު ރައީސް ނަޝީދުއަށް ތާއީދު ކުރިއްޔާ އަނެއްފަހަރު މިއޮންނަނީ މައުމޫނަށް ތާއީދުކޮށްފަ. މިދެން ވަރަށް ހެއްވާކަމެއް.