ކައުންސިލް އިންތިޚާބުގައި އެމްޑީއޭ އިން އެކަކު، ޕީޕީއެމް އިން ދެ މީހުން ކުރިމަތިލެވޭގޮތަށް ހަމަޖައްސަނީ

އަންނައަހަރުގެ ޖެނުއަރީ މަހު 14 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ކެންޑިޓޭޓުން ނެރޭނެގޮތް ހާމަކޮށްފިއެވެ. އެ ދެޕާޓީއިން ރަސްމީކޮށް މިކަން އަދި ރަށްރަށަށް އެންގިކަމެއް ނޭންގެއެވެ.

އެމްޑީއޭގެ އެތެރޭގެ ޚަބަރުތައް ވަރަށްކައިރިން ލަންދޫއިންފޯއަށް ގެނެސްދޭ ވަރަށް އިތުބާރު ހުރި ފަރާތަކުން ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށްފައިބުނީ އެމްޑީއޭގެ ކައުންސިލްގެ މީޓިންގ އެއް ރޭ ބާއްވާނެކަމަށާއި، އެމީޓިންގ އަށްފަހު މިއަދުގެ ވަގުތެއްގައި ރަށްރަށަށް އެގޮތަށް އަންގާނެކަމަށެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ނިންމާފައިވަނީ 3 މެމްބަރުން ހޮވާ ކައުންސިލްތަކަށް ޕީޕީއެމްއިން 2 މެމްބަރުންނާއި، އެމްޑީއޭގެ އެއް މެމްބަރަކަށް ޓިކެޓް ދިނުމަށެވެ. އަދި 5 މެމްބަރުން ހޮވާ ކައުންސިލްތަކަށް ވާދަކުރާ ފަރާތްތަކަށް ޕީޕީއެމްއިން 3 މެމްބަރުން ނާއި، އެމްޑީއޭ އިން 2 މެމްބަރުން ނަށް ޓިކެޓް ދިނުމަށެވެ.

ލަންދޫއިންފޯއަށް މިމަޢުލޫމާތު ތައް ހިއްސާކުރި ފަރާތުން ބުނީ ޕާޓީން އިސްކަންދޭނީ ޑިމޮކްރަސީގެ އުޞޫލަށް ކަމަށާއި، ޕާޓީގެތެރެއިން ވަކިބަޔަކު ކުރިމަތިލުމަށް ފޯސް ނުކުރާނެކަމަށެވެ. އަދި ކޮންމެ ކައުންސިލަކަށްވެސް ބޭނުންވާ އެންމެންނަށް ވާދަކުރެވޭނެކަމަށެވެ. ނަމަވެސް ޕީޕީއެމް އެމްޑީއޭ ޓިކެޓް ދޭނީ ކުރިން ބަޔާންކުރެވިފައިވާ ގޮތަށްކަމަށެވެ.

މިގޮތަށް ޕީޕީއެމް އެމްޑީއޭއިން ނިންމާފައިވަނީ އެދެޕާޓީގެ ކޯލިޝަން އެގްރީމެންޓްގައިވެސް އެގޮތަށް ވަރަށްސާފުކޮށް ބަޔާންކޮށްފައި އޮތުމުން ކަމަށާއި ، ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ޕްރަމަރީގެ ކަންތައް ފަށައިނުގަނެވި ލަސްވަމުންދަނީ ޕާޓީގެ އެންމެ އިސް ފަރާތްތަކުގެ މެދުގައި ޖެހިގެންއުޅޭ ދެބަސްވުން އަދިވެސް ހައްލުނުކުރެވޭތީކަމުގައި ކަމަށް މަޢުލޫމާތުދިން ފަރާތުން ބުނެއެވެ.

ޕީޕީއެމް އެމްޑީއޭ އިން ޕްރައިމަރީސް އަށް ތައްޔާރުވަމުންދާއިރު އިދިކޮޅު އެމްޑީޕީންވެސް މިހާރު ވަނީ އަދާލަތާއެކު ކޯލިޝަން ހަދާފައެވެ. އެދެޕާޓީގެ ޕްރއިމަރީގައި ވާދަކުރާ ފަރާތްތަކުންވެސް މިހާރުދަނީ ފޯމްތައް ހުށަހަޅަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގެ ހުރިހާ ދާއިރާއެއްގެ އަތޮކައުންސިލް ގޮނޑި ޕީޕީއެމްޑީއޭ ކޯލިޝަނުން ނަގާނަން – ޢައްބާސް

މާތްﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު ނ.އަތޮޅުގެ ހުރިހާ ދާއިރާއެއްގެ އަތޮކައުންސިލް ގޮނޑި ޕީޕީއެމްޑީއޭ ކޯލިޝަނުން ނަގާނެ ކަމުގައި އެމްޑީއޭ ކައުންސިލްގެ …

ޚިޔާލެއްދެއްވާ

avatar