ކައުންސިލްތަކުގެ އައު ޤަވާޢިދު މިއަހަރު ނެރެވޭނެ – އެލްޖޭއޭ

ލިޔުނީ: ފަންރިޔާ

ރާއްޖޭގެ އަތޮޅުތަކުގައި އުފެދިފައިވާ ކައުންސިލް ތަކަށް އިންތިޙާބުވެވަޑައިގެންފާ ކައުންސިލަރުން އެއްއުސޫލެއްގެ ދަށުން އަމަލްކުރެއްވުމުގެ ބޭނުމުގައި ކައުންސިލްތަކުގެެ ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި ޤަނޫނުން ބާރުލިބިގެން އުފައްދަވާފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ތައްޔާރު ކުރައްވަމުން ގެންދަވާ ކައުންސިލްތައް ހިންގުމުގެ އައު ޤަވާޢިދު މިއަހަރުގެ ތެރޭގައި ނެރެވޭވަރު ވާނެކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެލް.ޖޭ.އޭ ގެ ފަރާތުން މަޖުދާ މަޢުލޫމާތުދެއްވި ގޮތުގައި މިއަދު އެއޮތޯރިޓީއަށް އެންމެގިނައިން ސަކުވާލިބެމުންދަނީ ކައުންސިލަރުންގެ ޢަމަލްތައް ހުންނަގޮތާއި ބެހޭގޮތުންނެވެ. މިގޮތުން ބައެއްރަށުގެ ކައުންސިލަރުން ބަރާބަރަށް މަސައްކަތައް ނުނިކުންނަވާ މުސާރަ ބަރާބަރަށް ނަންގަވާކަމުގެ ޝަކުވާ އާއި ބައެއް ކައުންސިލަރުން ހިތައް އަރާވަޑައިގެންނެވުމުން އޮފީހަށް ވަޑައިގެން ސޮއިކުރައްވާ ވާހަކައާއި ރަސްމީ ދުވަސްދުވަހު އަމިއްލަ މަސައްކަތްތަކުގައި އުޅުއްވަމުން ގެންދަވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި އެ އޮތޯރިޓީއަށް ލިބެމުންދާކަމަށް މަޖުދާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބައެއްރަށްރަށުގެ ކައުންސިަލަރުން ރަށުގެ ތަރައްޤީއަށް އެއްވެސްކަމެއް ކޮށްނުދެއްވާކަމަށް ބުނެ ކުރާސަކުވާތަކަކީ ދުވާލް އެތައްފަހަރަކު އެ އޮތޯރިޓީއަށް އަންނަމުންދާ ޝަކުވާތަކެއް ކަމަށް މަޖުދާ ފާހަގަ ކުރެއްވިއެވެ.

މަޖުދާ ފާހާގަ ކުރެއްވި ގޮތުގައި މިއަދުވެސް އުސޫލެއްގެ ގޮތުން ކޮންމެ ކައުންސިލަރަކުވެސް ހެނދުނު 8 ން ހަވީރު 4 އަށް ޖުމުލަ 8 ގަޑިއިރު މަސައްކަތް ކުރައްވަން ޖެހިލައްވާނެއެވެ. ” ހަޤީގަތުގައި ކައުންސިލް ޤަނޫން ބުނާގޮތުން އެބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭނެ ގަޑިއަކާއި އެބޭފުޅުން ޢަމަލްކުރައްވާނެ ޤަވާޢިދެއް އެބޭފުޅުން އަމިއްލައަށް ހައްދަވަން މިޖެހެނީ އެހެންނަމަވެސް އުސޫލެއްގެ ގޮތުން އެބޭފުޅުންވެސް 8 ގަޑިއިރު މަސައްކަތް ކުރައްވަން ޖެހިލައްވާނެެ ދެއްތޯ ” މަޖުދާ އިތުރަށް ސާފްކޮށްދެއްވިއެވެ.

މަޖުދާ އިތުރަށް ސާފްކޮށްދެއްވިގޮތުގައި ހުރިހާކައުންސިލަރުންނަށް އަމާޒްކުރެވިގެން ހެދޭ ޤަވާޢިދު ޑްރާފްޓްކުރެވި މިހާރު ކުރިއަށްދަނީ އެ ޤަވާޢިދު މުރާޖަޢާކުރުމުގެ މަސައްކަތެވެ. އެޤަވާޢިދު ތަންފީޒް ކުރެވުމުން މިއަދު ކައުންސިލަރުންގެ ކިބައިން ފެންނަމުންދާ ނުރަނގަޅު މަންޒަރުތައް ފެންނަމުން ނުދާނެކަމަށް މަޖުދާ ފާހަގަ ކުރެއްވިއެވެ.

” ޙަޤީގަތުގައި މިއަދުވެސް ރައްޔިތުން ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ހޮއްވާވާފަައި އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް މާތްﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވި ބޭފުޅުންތަކެއްވީމަ ހުރިހާ ކައުންސިލަރުންވެސް މަސައްކަތް ކުރައްވަންވާނީ ޒިންމާދާރުކަންމަތީ އިޙްލާސްތެރިކަމާއި ތެދުވެރިކަމާއި އެކު ދެއްތޯ ” ކައުންސިލަރުންގެ ޢަމަލްތައް ބައްޓަންވެފައި ހުންނާނެގޮތާޢި ބެހޭގޮތުން މަޖުދާގެ ޚިޔާލް ފާޅުކުރެއްވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz