ކައުންސިލްތަކުގެ ހިންގާ ޤާވާއިދަށް ގެނެވުނު ބަދަލަށް މަރުޙަބާ

އޮފީހަށް ނުނިކުންނަވާ ދުސްދުވަހަށް ކައުންސިލަރުންނަށް މުސާރަ ނުދޭގޮތަށް ކައުންސިލްތަކުގެ ހިންގާ ގަވާއިދަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ ( އެލްޖީއޭ ) އިން ގެނައި އިސްލާހަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

އެހެެނީ ގާނޫނުގެ ރޫހަށް ބަލާއިރު ކައުންސިލަރުންގެ ވަޒީފާއަކީ ފުލްޓައިމް ވަޒީފާއެއް ކަމަށް ވުމާއި އެކުވެސް މިއަދު އަޅުގަނޑުމެންގެ ތެރޭން ބައެއްކައުންސިލްތަކުގައި މަސައްކަތް ކުރައްވާ ކައުންސިލަރުންނަކީ މިކަމުގައި ވަރަށް ފަރުވާ ކުޑަ އެވަގުތަކު ހިތުހުރި ގޮތަކަށް ކަން ކުރަމުން ގެންދާ ބަޔަކަށް ވެފައި، މިއަދު މިގެނެވުނު ބަދަލުން މިކަންތައް ހައްލުކުރެވި ކައުންސިލަރުން ޒިންމާދާރު ކުރެވޭނެތީއެވެ.

ގިނަ ބަޔަކު ފާހަނގަކުރަމުން އައި ގޮތުގައި ބައެއްރަށްރަށުގެ ކައުންސިލަރުންނަކީ ހަފްތާއަކު ދެދުވަހު ނުވަތަ ތިން ދުވަހު މަސައްކަތައް ނިކުންނަވާ ބޭފުޅުންނެވެ. ހަމަ އެހެންމެ އަނެއްބައި ކައުންސިަލަރުންނަކީ ވަޒީފާއަށް ނިކުންނަވާފައިމެ ގެއަށް ވަޑައިގެން އަމިއްލަ މަސައްކަތްތަކުގައި މަސްޣޫލްވެ އުޅުއްވާ ބޭފުޅުންނެވެ. ދިވެހި ސިވިލްސާރވިސް މުއައްޒަފުންނެކޭ އެއްފަދައިން ކައުންސިރުން ޒިންމާދާރު ކުރެއްވުމަށްޓަކއި އެލްޖޭއިން އެޅުއްވި މިފިޔަވަޅަށް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން މަރުޙަބާ ކިޔަމުންދާކަމަށް އެލްޖީއޭ ވެސް އިން މަޢުލޫމާތު ދެއްވައެވެ.

އަޅުގަނޑުމެން އުއްމީދުކުރަނީ ކައުންސިލްތަކުގެ ޤަވާޢިދަށް މިގެނެވުނު ބަދަލާއި ގުޅިގެން ކައުންސިލްތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ ، ރައްޔިޔުންނަށް ޚިދުމަތް ކުރުމަށްޓަކައި ދިވެހި ރައްޔިތުން އިންތިޙާބު ކޮށްފައިވާ ކައުންސިލަރުންގެ ފަރާތުން ޒިންމާދާރު ، އިޙްލާސްތެރި ރަނގަޅު މަސައްކަތްތަކެއް ފެނިގެން ދާނެކަމަށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz