ކައުންސިލްތަކުން ގާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ( އެލްޖީ) އިން ކައުންސިލްތަކަށް ގޮވާލާއިފި.

ރާއްޖޭގެ ރައްތަކުގައި އުފެދިފައިވާ ކައުންސިލްތަކުން ގާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ( އެލްޖީ) އިން ކައުންސިލްތަކަށް ގޮވާލާއިފިއެވެ.

އެލްޖީ ފުރިހަމައަށް އުފެދި އެ އޮތޯރިޓީން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލް ޖީ ގެ ބޯޑު މެމްބަރު އަހުމަދު  ފައިސަލް ވިދާޅުވީ މިހާރު ކައުންސިލްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތުން އެ ކައުންސިލްތަކުގެ މަސައްކަތް ކުރިއަށްދަނީ ގާނޫނާއި އެއްގޮތަށްކަމާއި މެދު ސުވާލު އުފެދޭކަމަށެވެ. އަދި ކައުންސިލްތަކުގެ ކައުންސިލަރުން ތަންކޮޅެއް ހަރުދަނާ އުސޫލަކުން ހަރަކާތްތެރިވާން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ކައުންސިލެއް ވެސް ގަނޫނީ ތަރަހައިގެ ތެރެއިން އެ ދައިރާ ތަރައްގީ ކުރުމަށްޓަކައި ވަކި ހާއްސަ ވިޝަންތަކެއް އެކުލަވާލައިގެން ސަރުކާރުން ލިބޭ އެހީ އާއި އެކީ ކުރިއަށް ދިއުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ފައިސަލް ވިދާޅުވީ ގާނޫނާއި ހިލާފަށް ހަރަކާތްތެރިވާ ކައުންސިލްތަކުގެ މައްސަލަބަލައި އެމައްސަލަ ހައްލުކުރާނެކަމަށެވެ. ފައިސަލް ވިދާޅުވީ ލޯކަލް ގަވަމެންޓް ނިޒާމް ރާއްޖޭގައި ހިންގުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި ރަނގަޅަށް ނިޒާމް ހިންގުމަށް ގިނަ ދުވަސްތައް ނަގާނެކަމަށާއި އެކަމަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ދައުލަތުގެ ބިން ކައުންސިލްތަކަށް މިލްކު ކުރެވޭގޮތަށް ޤަވާއިދެއް އެކުލަވާލައިފި

އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް ދައުލަތުގެ ބިން ކައުންސިލްތަކަށް މިލްކު ކުރެވޭގޮތަށް ޤަވާއިދެއް ހައުސިންގ މިނިސްޓްރީން އެކުލަވާލައިފިއެވެ. ދިވެހިރާއްޖޭގެ އިދާރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz