ކަރަންޓް ސަބްސިޑީސް އަށް ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި.

ލަންދޫ އައު އިންޖީނުގެ / ފޮޓޯ: ޒީރޯ
ލަންދޫ އައު އިންޖީނުގެ / ފޮޓޯ: ޒީރޯ

ސަރުކާރުން ދެއްވަމުން ގެންދަވާ ކަރަންޓްގެ ސަބްސިޑީސް އަށް އަލުން ރަޖިސްޓްރީވުމަށް ނ.ލަންދޫ ރައްޔިތުންނަށް ލަންދޫ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ލަންދޫކައުންސިލުގެ އިންފޮމޭޝަން އޮފިސަރ އަލްފާޟިލް ފަޒީލް ޙަސަންގެ ރަސްމީ ފޭސްބުކު ޕޭޖްގައި ބަޔާންކޮށްފައިވަނީ ވަގުތު ކުޑަތަންވުމުގެ ކުރިން ސަބްސިޑީސް އަށް ރަޖިސްޓްރީ ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހުސްވި ފެބްރުއަރީ 10 ން ފެށިގެން އެޕްރީލް 9 އާއި، ހަމައަށް ރަސްމީ ގަޑިތަކުގައި ކައުންސިލް އިދާރާއިން އެކަމާބެހޭ ފޯމް ދޫކުރުމާއި، ބަލައިގަތުން އޮންނާނެކަމަށްވެސް އޭނާ ލިޔުއްވާފައި ވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކަރަންޓް ސަބްސިޑިސް އަށް އަލުން ރަޖިސްޓްރީ ކުރަން ސަރުކާރުން ނިންމީ މިކަމާބެހޭގޮތުން ހެދިފައިވާ ޑޭޓާބޭސްގައި ސާފުނޫން މައުލޫމާތު ހުރުމުގެ ސަބަބުން ކަރަންޓް ސަބްސިޑީސް ލިބެން ނެޖެހޭ ބަޔަކަށް އެ ފައިސާލިބެމުންދާކަން ފާހަގަކުރެވިފައިވާތީ އެކަންކަން ހައްލުކުރުމުގެ ބޭނުމުގައެވެ.
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވެފައިވަނީ ކަރަންޓް ސަބްސިޑީސްއަށް ރެޖިސްޓްރީ ކުރުމަށް ހުޅުވާލާ ފުރުސަތުގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މިހާރު ދެމުން ގެންދާ ސަބްސިޑީސް ނުލިބޭނެކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޖަނަވަރީ 2018ގައި ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް ހާމަކޮށްފި

ޖަނަވަރީ 2018ގައި ޖުމުލަ 224 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބު …

ޚިޔާލެއްދެއްވާ

avatar
wpDiscuz