ޅ.މަޑިވަރުގައި އަޅަންނިންމި އެއާޕޯޓާއި،ހޮޓާ ކޮބާ؟..

ޅ.މަޑިވަރުގައި އަޅަންނިންމި އެއާޕޯޓާއި،ހޮޓާ ކޮބާ؟..

ސިފައިންގެ ޓުރެއިނިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންއައި ޅ.މަޑިވަރުގަ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެއާޕޯޓަކާއި،ހޮޓަލެއް އެޅުމަށްވަނީ ނިންމާފައެވެ.އަދި މި މިމަސަތްކަތް ކުރިއަށް ގެންދިއުމަށްޓަކާ މަޑިވަރު ހޯލްޑިންގ ކޮމްޕެނީގެ ނަމުގައި ދިވެހި ސަރުކާރާ ވިޔަފާރިވެރިން އެކުވެގެން ވަނީ ކުންފުންޏެއް އުފައްދަވާ އަދި އެކުންފުނީގެ ޗެއާރމަނަކަށް ބަންދު އިބުރާހިމް ސަލީމް ހަމަޖައްސަވާފައެވެ.

މަޑިވަރުގައި އެއާޕޯޓާއި،ހޮޓާ ތަރަށްގީކުރުމަށްޓަކާ،އެރަށުގައި ކުރިން ސިފައިން ބޭނުންކުރަމުންއައިސްފައިވާ ގެތަކުގެ ބަދަލެއްގެ ގޮތުން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ މަޑިވަރު ހޯލްޑިންގ ކޮމްޕެނީން ސިފައިނަށް ދިނުމަށްފަހުގައިވެސް އެކުންފުނީގެ ބޯޑުން ނިންމާ 27 މިލިއަން ރުފިޔާގެ އިތުރުންވަނީ ފައިސާ ސިފައިންނާ ހަވާލުކޮއްފައެވެ.

ކަންމިހެން އޮތްހިނދު މި މަސަތްކަތް ނުނިމި މިހާގިނަ ދުވަސް ވާންވީ ސަބަބެއްނެތްކަމަށް މިއަދު ދިވެހި ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެއެވެ.ނަމަވެސް ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދުގެ ވެރިކަން ނިމުނުފަހުންވެސް އެތައްދުވަހެއް ވެފައިވާއިރު އެމް.ޓީ.ސީސީ އާއި އެޑްވާންސަށް ބިންހިއްކުމުގެ ފައިސާ ހަވާލުކޮއްފައި ވީނަމަވެސް އެމް.ޓީސީސީ އަށާއި މަޑިވަރު ހޯލްޑިންް ކޮމްޕެނީއަށް އަދި މިވަނީ މިިމަސަތްކަތް ނުފެށިިކަން ފާހަގަކޮއްލަންޖެހެއެވެ.

ދެން އުފެދޭ އަނެއް ސުވާލަކީ ސަރުކާރުން ޕޮރޮޖެކްޓު ކުންފުންޏަކާ ހަވާލުކޮއްފައިވީއިރު ދިވެހިގައުމުގެ ޒައާމަތަށް ޕޮރޮޖެކްޓު ހަވާލުކުރިފަހުން ދެބޭފުޅަކު ވަޑައިގަންނެވިއިރުވެސް އަދިވެސް މި މިޕޮރޮޖެކްޓުގެ އަމަލީ މަސަތްކަތް ނުފެށިލަސްވަނީ ކީއްވެބާއޭ؟..އަދި މިއަދު ޅ އަތޮޅާއި،ވަށައިގެންވާ އެހެން އަތޮޅުތަކުގެ ރައްޔިތުން އެކަމަށް އުންމީދު ކުރަމުންއަންނަ އެއާޕޯޓް ގެ މަސަތްކަތް ރައީސް ޑރ.ވަހީދުގެ ސަރުކާރުން ކުރިއަށް ގެންދަވާނީ ކޮންގޮތަކަށްކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ.އަދި މި  މަސަތްކަތް ނުފެށި ގިނަދުވަސްތަކެއް ވެފައިވީއިރު މި މިޕޮރޮޖެކްޓާމެދު މިއަދު ރައްޔިތުން މިވަނީ ސުވާލުތަކެއްގެ ތެރޭގައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ …

ޚިޔާލެއްދެއްވާ

avatar
އަލިބެ
އަލިބެ

ކޮން ކަމެއްތަވަނީ އެއްކަމެއްވެސް ނުވާނެ. ކާފައަށްވެސް ވާނީ ހަމަ މާމައަށްވެސް ވީވަރު.

wpDiscuz