ޅޮހީޓީމުން ލަންދޫޓީމް މޮޅުވިޔަނުދީ ހިފަހައްޓައިފި

lhohi-vs-landhooމިމަހުގެ 26 ގައި ކެނދިކުޅުދޫގައި ފެށުމަށް ހަމަޖެހިފައިވާ ޝިޔާމް- މަޢުރޫފްކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ލަންދޫ އާއި ޅޮހީގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން ލަންދޫޓީމު މޮޅުވިޔަނުދީ ޅޮހީޓީމުން ހިފަހައްޓައިފިއެވެ. މިއީ މިފަހަކަށް އައިސް ލަންދޫޓީމާއި އެކުކުޅެ ޅޮހީޓީމަށް މިފަދަ ނަތީޖާއެއް ހޯދުނު ފުރަތަމަ ފަހަރެވެ.

މިއަދު ހަވީރު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޅޮހީ ފުޓްބޯޅަ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ޅޮހީޓިމަށް ލިބުނު ހިލޭޖެހުމެއް ލަންދޫޓީމުގެ ގޯލކުރިމައްޗަށް ހުރަސްކޮށްލުމުން ޅޮހީޓީމުގެ ކުޅުންތެރިއަކު ބޮލުން ލަންދޫޓީމުގެ ގޯލުތެރެއަށް ވައްދާލައި އެޓީމުގެ ލަނޑު ކާމިޔާބު ކުރިއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1 ލަނޑު 0 ލަނޑުން ޅޮހީޓީމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއި އެކު ލަންދޫޓީމުން ދިޔައީ ފުލްފުލްގައި ޅޮހީޓީމުގެ ޑިފެންސްލައިނަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު ލަންދޫޓީމުގެ ޒުވާން ފޯވާޑު އިބުރާޙިމް ނިހާން (ކަޅޭ) ލަންދޫޓީމަށް ލަނޑެއްޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. ލަންދޫޓީމުން މިގޯލްޖެހުމާއި އެކު ޅޮހީޓީމުގެ ގިނަކުޅުންތެރިން ފަހަތައްޖެހި ޑިފެންސްކުރަން ފެށިކަން ފާހަގަކުރެވުނެވެ. މިހާފުގައި ލަންދޫޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޓީމުގެ ކެޕްޓަން ޖަވާ ޖެހި ޕެނަލްޓީވަނީ ހުރަސްދަނޑިމަތިން ބޭރަށްގޮސް ނާކާމިޔާބު ވެފައެވެ.

ލަންދޫގައި މިވަގުތު ފުޓްބޯޅަކުޅޭ ގިނަކުޅުންތެރިންތަކެއް ތިބިއިރު މިއަދުގެ މެޗުގައި ލަންދޫޓީމުން ދެއްކި ކުޅުމަށް ގިނަބަޔަކުވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. ހާއްޞަކޮށް ޓީމުގެ ތެރޭގައި ގުޅުންކުޑަވުމާއި މޮޅުވުމުގެ ރޫހް ކުޑަކަން ގިނަބަޔަކު ފާހަގަ ކުރިއެވެ.

މިފަހަކަށް އައިސް ލަންދޫޓީމުން ލަންދޫގައި ކުޅޭ ގިނަމެޗުތަކަކުން އަންނަނީ ބަލިވަމުންނެވެ. މިހެންކަމާއި އެކު ލަންދޫފަސްގަނޑުގައި ލަންދޫގެ ސަޕޯރޓަރުންގެ ކުރިމަތީގައި ލަންދޫގެ ފުޓްބޯޅައިގެ ފެންވަރު ދަށްކާލާނެ ދުވަހަކަށް ލަންދޫގެ ސަޕޯރޓަރުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar