ބޯއަޅާ ބާލީހުގެ ސަބަބުން ސިކުނޑީގެ ބާރުދައްވާކަން އެނގޭތަ؟

ނިދާއިރު ބޯއަޅާ ބާލީހުގެ ސަބަބުން ތިބާގެ ސިއްޙަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެ އަދި ސިކުނޑީގެ ބާރު ދައްވާކަން އަހަރެމެންގެ ތެރެއިން އެނގެނީ ކިތައްމީހުންނަށްބާއެވެ.

ނިދާއިރު ބޯއަޅާ ބާލީހަކީ އެމީހަކާ އެކަށީގެންނުވާ އުސް ބާލިހަކަށްވިޔަސް އަދި ތިރި ބާލީހަކަށްވިޔަސް ނުވަތަ މާބޮޑަށް ހަރު ނުވަތަ މަޑު ބާލީހަކަށްވިޔަސް ތިބާއަށް އޭގެން ނުހަނު ބޮޑެތި ގެއްލުންތައް ލިބި މުޅި ޙަޔާތުގައިވެސް އެވޭނުގައި އުޅެންޖެހިދާނެއެވެ. އެހެންކަމުން ތިބާ ބޯއަޅާ ބާލީހަކީ ކިހާ މުހިއްމު އެއްޗެއްކަން ވިސްނާ ކޮންސައިޒެއްގެ ، ކިހާ ހަރުމިނެއްގެ ބާލީހެއްކަން އަމިއްލައަށް ދެނެގަންނަން އެބަޖެހެއެވެ.

އެކަށީގެންނުވާ ބާލީހެއްގައި ބޯއަޅައިގެން އާދަވެގެން ނިދާމީހަކަށް ކަރު ނުވަތަ ކަނދުރާގައި ރިއްސުމާއި، ބުރިކަށީގައި ރިއްސުމާއި، އަދި ސިކުނޑީގެ ބާރު ދައްވުމުގެ ނުރައްކާތެރި ކަމާއި، ކުރިމަތިލާން ޖެހުމުގެ ފުރުޞަތު ވަރަށްވެސް ބޮޑެވެ.

އަދި މިނޫނަސް ނުރައްކާތެރި އެތައްބަލިތަކަކާ ކުރިމަތި ލާންޖެހިދާނެއެވެ. އޭގެ ތެރޭގައި :

ބޮލުގައި ރިއްސުން

ހޮޑުލެވުން

ފެއިންޓްވުން

ފިކުރުބޮޑުވުން

ޑިޕްރެޝަން

އަބަދު ވަރުބަލިވެފައި ހުރެވޭކަމުގެ އިޙްސާސްވުން ހިމެނެއެވެ.

plilow-possisionބާލީސް އުފައްދާ ފެކްޓްރީއަކުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެމީހުން ސުވާލުކުރި މީހުންގެ ތެރެއިން %82 މީހުންނަކީ އެމީހުން ނިދާއިރު ބޯއަޅާ ބާލީސް ބާވެގެން އާ ބާލީހެއް ގަންނަން ޖެހޭނީ ކިހާދުވަކުންކަމާއި، އަދި ބާލީހުގެ އުސްމިނާއި، ތިރިމިން ހުންނަންޖެހޭނީ ވަކިވަރެއްގައި ކަން ނޭންގޭ މީހުންނެވެ.

އާދަވެގެން ބޯއަޅާ ބާލީސް މާބޮޑަށް އުސްވެއްޖެނަމަ ކަރުގެ މަސްލުތައް ކުރުވެ ފޮޓޯގައި އެފެންނަ ގޮތަށް، ކަނދުރާއާއި ހިސާބުން މައިކަށި ލެނބި ތަދު އިހްސާސް ކުރެވެންފަށާނެއެވެ. އަދި ޚާއްޞަ ކޮށް އަންހެނުންގެ ކަނދުރާގެ މައިކަށި މިގޮތަށް ލެނބި ބޮޑަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

ތިބާ ނިދަނީ އެއް އަރިއަކަށް އޮވެގެން ކަމަށްވާނަމަ ތިބާގެ ކޮނޑުކަށިގަނޑު ގޮދަޑީގައި ޖެހިފައި އޮންނައިރު ކަނދުރާ ކަތި ނުކޮށް ބާލީހަށް ކުޑަކޮށް ބާރުވާ މިންވަރަކަށް އުސްމިން ހުންނަ ބާލީހެއް އިޚްތިޔާރު ކުރާށެވެ. ބާލީހުގެ ސައިޒް ބަލާނީ ކަނދުރާއާއި، ގޮދަޑިއާއި ދެމެދު ހުންނަ އުސްމިނެކެވެ.

ތިބާ ނިދަނީ އުށްޑުން އޮވެގެން ކަމުގައިވީނަމަވެސް ކުރިން މިދެންނެވި ގޮތަށް ކަނދުރާ މާބޮޑަށް އުފުލިފައި ނޯންނާނެހެން ތުނި ބާލީހެއް އިޚްތިޔާރު ކުރާށެވެ.

އެހެންވީމާ އަރިއަށް އޮވެގެން ނިދާމީހަކާ އުށްޑުން އޮވެގެން ނިދާމީހެއްގެ ބާލީސް އުސްތިރިމިން ތަފާތުވެދާނެއެވެ. އެމީހަކަށް ހެޔޮވަރުގެ ބާލީހެއް އެންމެ ރަގަޅަށް އިޚްތިޔާރު ކުރަން އެނގޭނީ އެމީހަކަށެވެ. ވިސްނާލަންވީ ޕޮއިންޓަކީ އޮށޯވެ އޮންނައިރު ހަށިގަނޑާ ބޮލާ ލެވެލް ދާދި އެއްވަރެއްގައި ބެހެއްޓުމަށެވެ.

މިކަމުގެ ސިއްޙީ މާހިރުން ވިދާޅުވާގޮތުން ތިބާ ބޯއަޅާ ބާލީހަކީ އާދައިގެ ޕޮލިސްޓަރު ( އަގުބޮޑުނޫން ) ބާލީހެއްނަމަ ކޮންމެ 6 މަހަކުން ބާލިސް ބަދަލުކުރުން ރަގަޅުވާނެއެވެ. ބާޒާރުން ލިބެންހުންނަ އަގުބޮޑު މޮޅުބާލީސް ( މެމޮރީ ފޯމް ޕިލޯ ) ނަމަ ބާލީސް ބަދަލުކުރަން ޖެހޭނީ ކޮންމެ 18 މަހަކާ 36 މަހަކާ ދެމެދުއެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
މުސްތަފާ ހިންނަވަރު
މުސްތަފާ ހިންނަވަރު

ވަރަށް ރަގަޅު ލިޔުމެއް މިފަދަ ލިޔުންތައް ގިނައިން ޖެހުމަށް ގޮވާލަން.