ބޮޑު މުޒާހަރާގެ ވަގުތު ހަމަވިއިރު ސަރުކާރު ވައްޓައެއް ނުލެވުނު.

މިއަދުގެ ބޮޑު މުޒާހަރާގެ ތެރެއިން
މިއަދުގެ ބޮޑު މުޒާހަރާގެ ތެރެއިން

ޖޭޕީ އަދި އެމްޑީޕީ ގުޅިގެން މިއަދު ބޭއްވި ބޮޑުމުޒާހަރާގެ ވަގުތު ހަމަވިއިރު ސަރުކާރު ވައްޓައެއް ނުލެވުނެވެ.
ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އިދިކޮޅު ދެޕާޓީ ގުޅިގެން އަތޮޅުތަކުންވެސް މީހުން ގެންގޮސްގެން މިއަދު ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި މީހުންގެ ޢަދަދުވެސް ކުރިން ލަފާކުރިވަރަށްވުރެ މަދުކަމަށް މީޑިއާރިޕޯޓުތައް ބުނެއެވެ. އަދި މުޒާހަރާ އިންތިޒާމްކުރި ދެޕާޓީގެ އިސްލީޑަރުންވެސް މުޒާހަރާގެ ކުރީސަފުން ނުފެނުމުގެ ސަބަބުން މުޒާހަރާގެ ފޯރިވަނީ ވަރަށްބޮޑުތަނުން ކުޑަވެފައިކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ކުރި މުޒާހަރާ ނިމުމަކަށް ގޮސްފައިވާއިރު ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވިދާޅުވެފައިވަނީ އަޑުއިވިއްޖެކަމަށާއި، ފެނިއްޖެކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރާވާއިންތިޒާމް ކުރަމުންދާ މިފަދަ ކަންކަމަށް ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ކޮންމެއަކަސް މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ސަރުކާރަށް ޑިމާންޑްކުރި ކަންތައްތައް ވަނީ މިރޭ ސަރުކާރަށް އިއްވާފައެވެ. މުޒާހަރާގެ ބައިވެރިންވަނީ 13 ކަމަކަށް ސަރުކާރަށް ޑިމާންޑްކޮށްފައެވެ.
އެޑިމާންޑްތައް ތިރީގައި އެވަނީއެވެ.
1. ޤާނޫނު އަސާސީއާއި ޤާނޫނަކަށް ގެންނަ އިސްލާހަކުން ނަމަވެސް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހަނިނުކުރުން.

2. ރައީސް ނަޝީދު/ ކާނަލް ނާޒިމް/ އަލީ އާޒިމްގެ އިތުރުން ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުން.

3. އޯޑިޓް ޤާނޫނަށް ގެނައި އިސްލާޙް އަނބުރާ ގެންދިޔުން.

4. އެކި ފަރާތްތަކާއި މެދު ކުރަމުންދާ ސިޔާސީ ދައުވާތައް ދޫކޮށްލުން.

5. ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަޙްޤީޤްކުރުން.

6. މުދަލާއި ރަށްރަށުގެ ކަރަންޓްގެ އަގު ހެޔޮ ކުރުން. 7

7. ސަރުކާރުގެ ވައުދާއި އެއްގޮތަށް މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީޒް ދޭން ފެށުން. 8

8. ކައުންސިލްތަކުން ނިގުޅައިގަނެވިފައިވާ ބާރުތައް ދިނުމާއި، ލާމަރުކަޒީ ޤާނޫނު ތަންފީޒުކޮށް ކައުންސިލްތައް ބާރުވެރިކުރުވުން.

9. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަންފީޒު ކުރުން.

10. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ހިފަހައްޓައިދީ، ޓީޗަރުންނާއި ސިއްޙީ ދާއިރާގެ މުވައްޒަފުންނާއި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން.
11. އަލަށް ނަގަން ހަމަޖައްސާފައިވާ ތެލުގެ ޑިއުޓީ ނުނަގާގޮތަށް ހަމަޖެއްސުން.
12. މިނިވަން މުއައްސަސާތަކަށް ޤާނޫނީ ބާރުވެރިކަން ދިނުން.

13. ސަރުކާރުގެ ވައުދާ އެއްގޮތަށް ހުސްނުވާ އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުން.

މިޑިމާންޑްތައް ސަރުކާރުން ބަލައިގަތީ ކިހާމިންވަރަކަށް ނޭންގުނު ކަމުގައިވިޔަސް ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރު ވިދާޅުވެފައިވަނީ ސަރުކާރަށްވެސް ކޮށްދެވޭނީ ކޮށްދެވޭވަރުގެ ކަންތައްތައް ކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މޭޑޭގެ ބޮޑު މުޒާހަރާގައި ބައިވެރި ކައުންސިލަރުންނަށް ގޮތެއް ނިންމަނީ .

މި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑުމުޒާހަރާގައި ބައިވެރިވެފައިވާ ކައުންސިލަރުންގެ ނަންތައް ހޯދުމަށްފަހު އެ ފަރާތްތަކުން ގާނޫނާއި ޚިލާފަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz