ބޮޑު މަހާސިންތާއަށް ދިއުމަށް ހަމައެކަނި ލަންދޫންވެސް 60 ށްވުރެ ގިނަމީހުން ނަންނޯޓް ކޮށްފި.

24 ވާ ހުކުރުދުވަހު (މާދަމާ) ހަވީރު 4 ން 6 ށް މާލޭގެ ހެދިގޮޑުދޮށުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެބޮޑު މަހާސިންތާގައި ބައިވެރިވުމަށް މާލެދިއުމަށް ހަމައެކަނި ނ.ލަންދޫވެސް 60 ށް ވުރެ ގިނަމީހުން މިހާތަނަށް ނަންނޯޓު ކޮށްފާވާކަމުގައި  މަޢުލޫމާތު ލިބިއްޖެއެވެ.

މިދަތުރު އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ލަންދޫކައުންސިލްއިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަންނޯޓް ކުރަމުންދާ މީހުން ރަށްރަށުން ގިނަވުމުގެ ސަބަބުން ލަންދޫބޯޓުގައި އެއްދަތުރުން ކަތާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ.

ބޯޓުގެ ޖާގައަކީ 215 މީހުންނަކަމަށާއި، މިހާތަނަށް އެކިރަށްރަށުން ނަންނޯޓްކޮށްފާވާ މީހުންނަސް ބަލާއިރު ގާތްގަޑަކަށް 400 އާއި، ގާތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދަތުރުގައި ބައިވެރިވާ ކޮންމެ މީހަކަށް -/100ރ. ޕޮކެޓްމަނީއެއްގެ ގޮތުގައި ދިނުމުގެ އިތުރުން ކެއުމާއި، ޕެސެޖްފީ ވެސް ހިލޭ ވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:30 ގައެވެ. އަދި އެނބުރު މާލޭން އައުމަށް މާލޭން ފުރާގަޑިއެެއްކަމަށް ހަމަޖައްސާފައިވަނީ މިރޭ 8:30 އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުށް ސާބިތު ކުރުމުގައި އިޖުރާއަތަށް އިސްކަން ދޭންވީ ކީއްވެ؟

ޤާނޫނީ މާހިރުންގެ ބުނުންތަކަށް ބަލާއިރު އާއި އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ބައެއް ޙާލަތްތަކެއް ވެއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz