ބޮޑުތަފާތަކުން ލަންދޫ ކާމިޔާބުކޮށްފި

swaydha

އިއްޔެ ހަވީރު ލަންދޫ ސްޕޯރޓްސް އެރީނާ ބަށިކޯޓްގައި މާޅެންދޫ ބަށިޓީމާއި ބައްދަލުކޮށް ކުޅެވުނު އެކުވެރި ކަމުގެ ބަށިމެޗު ލަންދޫ ބަށިޓީމުން ވަރަށް ފަސޭހަކަމާއި އެކު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

އިއްޔެގެ މި ބަށިމެޗު ލަންދޫޓީމުން ކާމިޔާބު ކޮށްފައިވަނީ 27 ލަނޑު 17 ލަނޑުންނެވެ. މިއީ މިފަހަކަށް އައިސް ލަންދޫ ބަށިޓީމުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އިއްޔެގެ މެޗުގައި ލަންދުގައި ބަށިކުޅުމަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ކުޅެފައިވެއެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗެކަށް ހޮވިފައިވަނީ ލަންދޫޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ސުވޭދާ މޫސާއެވެ.

މިފަހަކަށް އައިސް ލަންދޫގައި ބަށިކުޅުން މިވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ – ކުޑަފަރި ބައްދަލުކުރި މެޗް ކުޑަފަރި ކާމިޔާބުކޮށްފި.

ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017 ގެ މިއަދު ހަވީރު ކުޅުނު މެޗް ( މުބާރާތުގެ 3 ވަނަމެޗް) ކުޑަފަރި – …

ޚިޔާލެއްދެއްވާ

avatar