ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގގެ 9ވަނަ އަދި 10ވަނަ ޕްރޮގްރާމް ނިންމައިލައިފި

ޢާންމު ޚިދުމަތްތައް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގގެ 9ވަނަ އަދި 10ވަނަ ޕްރޮގްރާމް ނިންމައިލައިފިއެވެ. 71 ބައިވެރިންނާއެކު ދެ ފިޔަވައްސަކަށް ބަހައިލައިގެން 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް އެހީތެރިވެދިނުމެވެ.

މި ޓްރޭނިންގ ނިންމުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން އަންދާޒާކުރެވޭ މިންވަރަށް ވުރެ މުޖުތަމަޢުގައި ޢާންމުކަމަށެވެ. އަދި އެ ފަރާތްތަކާ މުޢާމަލާތުކުރެވޭނޭ ގޮތެއް ނެތުމަކީ، ނުވަތަ ނޭނގުމަކީ، އެ ފަރާތްތަކާމެދު ވެވޭ ވަރަށް ބޮޑު އިހުމާލެއްކަމުގައި ފާހަގަކުރައްވަމުން، ޢާންމު ޚިދުމަތްދޭ ފަރާތްތަކަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މުޢާމަލާތުކުރަން އެނގެންވާނޭކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ޖަނަވަރީ މަހުގެ 30އިން ފެބުރުވަރީ މަހުގެ 26ގެ ނިޔަލަށް ހިންގި މި ޓްރޭނިންގގެ 10ވަނަ ޕްރޮގްރާމަކީ ހޮސްޕިޓަލްތަކުގައާއި ކްލިނިކްތަކުގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންނަށް ޚާއްޞަކުރެވިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. އެ ގޮތުން، ޞިއްޙީ ދާއިރާއާ ގުޅުންހުރި 9 މުއައްސަސާއަކުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. މި ތަންތަނުގެ އިތުރުން މި ޕްރޮގްރާމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އައިލެންޑް އޭވިއޭޝަން ސަރވިސަސް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، އާސަންދަ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މޯލްޑިވްސް ރޯޑް ޑެވަލޮޕްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ އިތުރުން ޣިޔާސުއްދީން ސްކޫލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުން ބައިވެރިވިއެވެ.

މި ދާއިރާއިން މިހާތަނަށް 260 އަށްވުރެ ގިނަ މީހުން މިނިސްޓްރީން ވަނީ ތަމްރީނުކޮށްފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ފިތުރު ޢީދު ފާހަގަކުރައްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް …

ޚިޔާލެއްދެއްވާ

avatar