ބޭބޭ!!ބޭބޭ!! މަދިރި މައްސަލަ! ބޮރު މައްސަލަ ހުންނަނީ!!!

 ޑެންގޫ ހުމަކީ ކޮބާ؟

ޑެންގޫ ހުމަކީ މަދިރީގެ ސަބަބުން ފެތުރޭ ވައިރަސް އަކުން ޖެހޭ ހުމެކެވެ. ޑެންގޫ ހުން ފެތުރެނީ ޖަރާސީމު އަށަގެންފައިވާ އަންހެން މަދިރީގެ ޒަރީޢާއިންނެވެ.

ތާރީޚުގެ ތެރެއިން ޑެންގޫހުން

ޑެންގޫ ހުން ފެންނަން ފަށާފައިވަނީ މީލާދީން 50 ގެ އަހަރުތަކުގައެވެ. މިބައްޔަކީ އެކަށީގެންވާގޮތަށް ފަރުވާ ނުކުރެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މިހާރު މިބައްޔަކީ އޭޝިޔާ ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކެއްގެ އާއްމު ޞިއްޙަތުގެ ނުރައްކަލަކަށް ވެފައިވާ ބައްޔެކެވެ.

ޑެންގޫ ހުމުގެ އަލާމާތްތައް

* ގަދައަށް ހުންއައުން ( އާންމު ގޮތެއްގައި 105 ފެރެންހައިޓަށް ހުންގަދަވުން )

* އާދަޔާ ޚިލާފަށް ބޮލުގަޔާއި، ގައިގައި ރިއްސުން

* ގައިގައި ބިހިނެގުމާއި، ކަހާ ހިރުވުން

* ހިރުގަނޑުންނާއި ނޭފަތުން ލޭއައުން

* ހުޅުހުޅުގަޔާއި، މަސްތަކުގައި ރިއްސުން

* މޭނުބައިކުރުން

* ހޮޑުލުން

* ކާހިތްނުވުން

ޑެންގޫ ހުމުގެ ފަރުވާ

ޑެންގޫ ހުމަށް ވަކި ޚާއްޞަ ފަރުވާއެއް ނެތެވެ. އެހެން ނަމަވެސް، ހުން ކޮންޓްރޯލް ކުރުމަށާއި، ފެންމަދުވިޔަނުދީ ބެލެހެއްޓުމާއި، ދިމާވާ އެހެންކަންކަމަށް ފަރުވާ ކުރަންޖެހެއެވެ. މިގޮތަށް ފަރުވާ ނުދެވިއްޖެނަމަ ބަލިމީހާގެ ފުރާނައަށް ނުރައްކާވެއެވެ.

* ޑެންގޫހުމުގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދައްކަވާ ފަރުވާ ހޯއްދަވާށެވެ.

* ހުމުގައި އުޅޭ ކުދިން ބޭރަށް ނެރުމާއި، މީހުންގިނަވާ ތަންތަނަށް ނުގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

* ސަމާލުކަމަށް:

– ޑެންގޫހުން ފަތުރާ މަދިރި ބިސްއަޅާ ދަރިފަސްކޮޅު އިތުރުކުރަނީ ސާފު އޮޔެ ނުދެމޭ ފަނުގައެވެ.

– މިމަދިރި ހަފަނީ އާންމުކޮށް ދުވާލުގެ ވަގުތުތަކުގައެވެ. ޚާއްޞަ ގޮތެއްގައި ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ.

– ހުންއަންނަނަމަ އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. ޑޮކްޓަރަށް ދެއްކުމެއްނެތި އަމިއްލައަށް ބޭސް ނުކާށެވެ.

– ޑެންގޫހުމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ އެންމެންގެވެސް ޒިންމާއެކެވެ. މިކަމަށް މުޅި މުޖުތަމަޢު އެކީގައި މަސައްކަތް ކުރަމާ ހިނގާށެވެ

– އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމަޢު މި ބަލިން ސަލާމަތް ކުރަމާތޯ!!!!!

ލިޔުނީ: ޒަހީން ޢަބުދުﷲ

ޒަހީނު އަކީ ލިޔުންތެރިކަމުގެ ރޮގުން ޚާއްޞަކޮށް ސިޔާސީ ފިކުރުގެ ލިޔުންތައް ލިޔުމަށް ޝައުޤުވެރިކަންހުރި މިފަންނުގައި ކުރިއަށްދާން މަސައްކަތްކުރާ ހީވާގި ކެރޭ ހަރުދަނާ ތަޢުލީމީ ޒުވާނެކެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
އިބުނު ނުއުމާން
އިބުނު ނުއުމާން

މި ކަހަލަ ލިޔުންތައް ވަރަށް ގިނައިން މިއަދު އެބަބޭނުންވޭ. އެންމެންވެސް ލިޔަނީ އަމަލީ ސިފައެއް ނާދޭ.

އިބްން އިބްރާހީމް
އިބްން އިބްރާހީމް

ވަރަށް ރަނގަޅު ލިޔުމެއް. މިކހަލަ ލިޔުންތައް ގިނައިން ފެނުން އެދެވެނީ. މިހާރު އާ ލިޔުންތެރިންތަކެއް ލަންދޫއިންފޯއިން ފެންނާތީ ވަރށް ހިތްހަމަޖެހޭ.

wpDiscuz