ބެލެނިވެރިން އަތުން ފަންބޮޑިއާއި އިލޮށިފަތި ނުނަގާ ކަމަށް ލަންދޫސްކޫލުން ބުނެފި.

ލަންދޫސްކޫލްގެ އެސްމްބްލީ އޭރިޔާ
ލަންދޫސްކޫލްގެ އެސްމްބްލީ އޭރިޔާ

ނ. ލަންދޫ ސްކޫލަށް ބޭނުންވާ ޓީވީތަކެއް ގަތުމަށް ކޮންމެ ބެލެނިވެރިޔަކު ފަންބޮޑިއަކާއި އިލޮށި ފައްޗެއް ސްކޫލަށް ގެނައުމަށް އަންގާފައި ނުވާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ލަންދޫ ސްކޫލްގެ މީޑިއާ އޮފިސަރު މޫސާ ހުސައިން ވިދާޅުވީ އެ ސްކޫލަށް ބޭނުންވާ ޓީވީ ތަކެއް ގަތުމަށް ކޮންމެ މަހަކު ފަންގަނޑަކާއި އިލޮށިފައްޗެއް ކޮންމެ ބެލެނިވެރިއަކު ގެންނަ ގޮތަށް ޕީޓީއޭގައި މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް އެގޮތަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ.
އެ މަޝްވަރާތައްވެސް ކުރެވިފައިވަނީ ސްކޫލްގެ ޕީޓީއޭގެ އެގްޒެކްޓިވް ކޮމިޓީއާއި، ބެލެނިވެރިންނާ ދެމެދު ކަމަށާއި، އެގޮތަށް އެމަޝްވަރާ ކުރެވުނު ނަމަވެސް އެކަން ސްކޫލުން ސީދާ ބެލެނިވެރިންނަށް އަންގާފައި ނުވާނެކަމަށްވެސް އެސްކޫލުންބުނެއެވެ.
ލަންދޫސްކޫލްގެ މީޑިއާ ކޯޑިނޭޓަރ މޫސާ ހުސައިން ސީއެންއެމްއަށް ވިދާޅުވި ކަމަށް އެނޫހުގައި ވަނީ އެގޮތަށް ކަންތައް ކުރުމަށް ޕީޓީއޭއިން ހުށަހަޅައިގެން ކުރެވުނު މަޝްވަރާތަކުން އެކަން އެއީ ދާއިމީ ގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވާތީ އެ ގޮތަށް އެކަން ނުކުރަން ޕީޓީއޭ އާއި، ބެލެނިވެރިން ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން މޫސަ ވިދާޅުވިކަމަށް ސީއެންއެމްގައި ވަނީ ޓީވީ ގަތުމަށް މަސައްކަތު ދުވަހެއް ފާހަގަ ކުރެވުނު ކަމަށާއި، އެ މަސައްކަތު ދުވަހުން ލިބުނު 18،000 ރުފިޔާ މިހާރު ޓީވީ ގަތުމަށް ފޮނުވާފައިވާ ކަމަށެވެ.

މިޚަބަރު ރާއްޖޭގެ މަޝްހޫރު މީޑިއާތަކަުގެ ފަލަސުރުޚީއަށް “ޙަޤީޤަތާ ޚިލާފަށް” އަރާފައިވާތީ އެކަން ދޮގުކުުރާކަމަށް ބުނެ ލަންދޫސްކޫލުންވަނީ ރޭ ބަޔާނެއްވެސް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، އެ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ލަންދޫ ސްކޫލުގެ “ބެލެނިވެރިންގެ ބޮޑު ބައިވެރިވުމާއި، އެއްބާރުލުމާއި، އެހީތެރިކަމާއި އެކު އެ ސްކޫލުގެ އެންމެހައި ކަންތައްތައް” މި ދަނޑިވަޅުގައި ދަނީ ރަނގަޅުކުރަމުން ކަމަށާއި، “ސާފުކުރަންވާ ވަރަށް ސާފުނުކޮށް ކަނޑައެޅިގެން ދޮގުމަޢުލޫމާތުތަކެއް” ފެތުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ލަންދޫކައުންސިލުން ބުނެފައިވަނީ އެކަން މީޑިއާތަކަށް އެ ކައުންސިލުން ހިއްސާކޮށްފައިވަނީ ބައެއް ބެލެނިވެރިން އެގޮތަށް މަޢުލޫމާތު ދިނުމުން ކަމަށެވެ. އެކަން ސާފުކުރަން ސްކޫލްގެ އެއްވެސް ފަރާތަކާ ނުގުޅަކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމް ލަންދުއަށް ވަޑައިގެންފި.

ނ.ލަންދޫ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz