ބާޖަމާލުއްދީން ހުސްކުރަން އެންގުމާގުޅިގެން ޔުނިވަރސިޓީން ސަރުކާރަށް ފާޑުކިޔައިފި.

MNU
ޤައުމީ ޔުނިވަރސިޓީގެ ގިނަ ފެކަލްޓީތަކެއް މިހާރުވެސް ހިންގަމުންގެންދާ ބާ ޖަމާލުއްދީން ނުވަތަ ޖީ ބްލޮކް ހުސްކުރަން ސަރުކާރުން އެންގުމާގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެކަން ކުށްވެރިކުރައްވާ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނިވާސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދު ވިދާޅުވީ ސަރުކާރުން ޔުނިވަރސިޓީގެ ފެކަލްޓީތައް ހިންގަން ދީފައިވާ އިމާރާތްތަކާއި ބިންތަކަކީ ދާއިމީ ގޮތެއްގައި ދީފައިވާ ތަންތަން ނޫންކަމަށް އެތަންތަން ދިންއިރު ވިދާޅުވެފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެތަންތަނުގައި ކިޔަވައިދޭން ފެށި މަތީ ތަޢުލީމު ދެވޭނެ ގޮތްތަށް ޤާއިމް ކުރެވުމުން އެތަންތަން ހުސްކުރަނީ ކޮންމެވެސް އެހެން މަޞްލަޙަތެއް އޮވެގެން ކަމުގައި ޑރ ހަސަން ހަމީދު ވިދާޅުވި އެވެ.
އެގޮތުން ހައުސިން މިނިސްޓަރަށާއި ސަރުކާރަށް ފާޑު ވިދާޅުވެ އޭނާ ވިދާޅުވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އަހުމަދު ފާއިޒަށް ފެކަލްޓީ އޮފް އެޑީޔުކޭޝަންގެ ޑީންގެ މަޤާމު ލިބި ވަޑައިނުގަތުމަކީ ޔުނިވަރސިޓީގެ ކިޔަވާކުދީން މަގުމަތި ކުރަންޖެހޭނެ ސަބަބެއް ނޫންކަމަށެވެ.
ޑރ. ޙަސަން ޙަމީދު ވިދާޅުވީ ރައީސް ޔާމީން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވިއިރު ބާ ޖަމާލުއްދީން އިމާރާތް ހުސްކުރުމަށް އޭރު އޮތް ސަރުކާރުން އެންގުމުން އެފަދަ ފެކަލްޓީއެއް ހިންގުމަށް އެކަށީގެންވާ ތަނެއް ނުދެނީސް ނުނިކުތުމަށް ވިދާޅުވެ އިރުޝާދު ދެއްވި ކަމުގަ އެވެ.
އަދި ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލް ކުރުމަށްޓަކާ ޔުނިވާސިޓީގައި މިއަދު ނުވަހާސް ދަރިވަރުން ކިޔަވަމުން ދާއިރު މިއަދަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި އިރު މިހާރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އޯގާތެރިކަން ދެއްކެވި ގޮތް ފެންނަންވީ ދުވަސްކަމުގައި ހަސަން ހަމީދު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ޔުނިވަރސިޓީގެ ދެން ތިއްބެވި ވައިސް ޗާންސެލަރުން ވިދާޅުވީ ޔުނިވަރސިޓީގެ ފެކަލްޓީތަށް ހުސްކޮށް ދަރިވަރުން މަގުމަތިވެދާނެ ކަމުގެ ބިރު ހީވެފައި އޮތް އިރު މިހާރުވެސް ސޯސަންގޭގައި ސައިންސާއި އިނޖިނިއަރިންގ ކިޔަވައިދިނުން ހުއްޓިފައިވާކަމަށެވެ. އަދި މިހާރު ހަފްތާއެއްގެ ތެރޭގައި ބާޖަމާލުއްދީންގައި ހިނގަމުންދާ ތިން ފެކަލްޓީ ހުސްކުރުމަށް އަމުރު ނެރެފައިވާއިރު އެތަނުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިންކަންވެސް އެނގުނީ މާފަހުން ކަމުގައި ޔުނިވަސިޓީންވަނީ ބުނެފަ އެވެ. އަދި ޖީ ބްލޮކް ކަމަށް ބުނާ ބާ ޖަމާލުއްދީން އިމާރާތަކީ ބޭނުންކުރުމަށް އެކަށީގެންނުވާ ތަނެއް ކަމަށް ވިދާޅުވެފައި އަނެއްފަހަރު އެތަން އެންމެ ރަނގަޅުތަނަކަށް ވާގޮތެއް އެނގިވަޑައިނުގަންނަވާކަމަށްވެސް އެބޭފުޅުން ވިދާޅުވި އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

31 ދަރިވަރަކަށް ޤައުމީޔުނިވަރސިޓީން ސްކޮލަރޝިޕް ދީފި.

ޤައުމީ އުނިވަރސިޓީ، އެމް.އެން،ޔޫ ގެ 31 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ދީފިއެވެ. މިއީ ތައުލީމީ ގޮތުން ކުރިއަށް ދިޔުމުގެ މަގުފަހި …

ޚިޔާލެއްދެއްވާ

avatar
wpDiscuz