ބަގާވާތް މެދުވެރިކުރުވި ސައިތޯނީ ވަސްވާސް

      ލަންދޫ އިންފޯ އާއި އަޅުގަނޑު ކުޑަދުވަސް ކޮޅަކު ދުރުގައި އަޅުމަށްފަހު އަނެއްކާވެސް ލަންދޫ އިންފޯގެ ކިޔުންތެރިންނާއި ހިސާބައް ސިޔާސީ ގޮތުން ކޮންމެވެސް އެއްޗެއް ހިއްސާ ކޮށްލުމުގެ އުފާ ﷲ އިރާދަފުޅު ކުރެއްވިއްޔާ ހޯދަމެވެ. އަދި އެހެން ނޫނަސް މިދުވަސް ވަރަކީ ސިޔާސީ ގޮތުން އެއްޗެއް ލިޔުމަށް ދިވެހި ތާރީހުދުއް އެންމު މުހިންމު ދުވަސްވަރުކަމުގައި ވުމުން ލަންދޫ އިންފޯގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ވިސްނުން ހިއްސާ ކޮށްލުމަކީ އަލުގަނޑަށްލިބޭ ވަރައްބޮޑު އުފަލެކެވެ. މިދުވަސް ވަރަކީ މިފަހަކަށްއައިސް ސިޔާސީ ގޮތުން ދިވެހިރާއްޖެދުއް އެންމެ ހަލަބޮލި ، ހަމަނުޖެހުންބޮޑު ދުވަސްވަރު ކަމުގައި ދެންނެވިދާނެއެވެ. އެހެންކަމަށްވުމުން ދަންނަވަންޖެހެނީ މިދުވަސް ވަރުގެ ތާރީޙު އޮލަވެފައި ފައްކާ ކަމުގައެވެ.

07 ފެބުރުއަރީ 2012 ގައި މިރާއްޖޭގައި ހިނގާދިޔަ ބަގާވާތާއި ބެހޭގޮތުން އަޅުގަނޑުގެ ނަޒަރުގައި މިކަންތަށްގަނޑު ދެންބަދަލު ވެގެންދާނީ ކިހިނެއްކަން މެދުނުކެނޑި ލަންދޫ އިންފޯގެ ކިޔުންތެރިންނާއި ހިއްސާ ކުރަމުންއައި މީހަކީމެވެ. އެހެން ކަމަށްވުމުން އަޅުގަނޑު މިދަންނަވަން އުލޭއެއްޗެއް ކުރިން ލިޔެފައިވާ އާޓިކަލް ތަކާއި ފުށުނާރާކަހަލަ ގޮތަކަށް މިއާޓިކަލްވެސް ލިޔެވޭތޯ މަސައްކަތް ކުރާނަމެވެ.

7 ފެބުރުއަރީ 2012 ގައި ސިފައިންނާއި ފުލުހުން ހިންގާ ދިޔައީ ބަގާވާތެއްތޯ ނޫނީ ނޫންތޯ މިއީ އަޅުގެ ނަޒަރުގައި މިވަގުތު ސުވާލެއްނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި ސުވާލަކީ ” ކޯނީގެ ” ރިޕޯޓަށްފަހު ބަގާވާތެއް ކަމަށް ނިންމައިފިނަމަ ދެންވާނީ ކިހިނެއްހޭ ! އަޅުގަނޑުގެ ޖަވާބަކީ އިންކްއަރީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން ބަގާވާތެއް ކަމަށް ނިންމައިފިނަމަ ކޮމަންވެލުތުންނާއި ، އދ.މަޖިލީހުންނާއި ޔޫރަޕިޔަން ޔުނިއަންނުންނާއި އަވައްޓެރި ގައުމުތަކުން ބައިނަލް އަގުވާމީ ހަމަތަކުގެ މަތީން ކުރީގައޮޔް ރައީސް ނަޝީދުގެ ވެރިކަން  އަބުރާ އިޔާދަކުރުމަށް ވަގުތުން އަންގާނެއެވެ. ނުވަތަ ރައީސް ވަހީދު އިސްތިއުފާ ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެރިކަމަށް ލުމަށްފަހު މިހާރު ސަރުކާރުގައި ތިއްބެވި ހުރިހާ ސިޔާސީ ވެރިން މަގާމުތަކުން ދުރުކުރުމަށްފަހު ސިވިލްސާވިސްގެ ޒިންމާދާރު ވެރިންނާއި ސަރުކާރު ހަވާލު ކުރުމަށްފަހު ދެމަސް ދުވަހުގެ ތެރޭގައި އިންތިހާބަކަށް ދިއުމެވެ. މިފަދަ އެންގުމަކަށް ތަބާނުވެ ދިވެހިސަރުކާރަށް ކުރެވޭނެ އަދި ކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ބައިނަލް އަގުވާމީ ގޮތުން އަންގާ މިފަދަ އެންގުންތަކަށް ދިވެހި ސަރުކާރުން އިޖާބަ ނުދީފިނަމަ ސިޔާސީ ގޮތުން މިރާއްޖެ އެކަހެރި ކުރުމައްފަހު ބަގާވާތާއި ގުލުންހުރި މިގައުމަށް ގައްދާރުވި ބަގީންގެ ސަރީއަތް ބައިނަލް އަގުވާމީ ތަނެއްގައި ކުރުމަކީ ނުވުމަށްވުރެ ވުން ގާތްކަމެކެވެ. ކުޑަކުޑަ މިސާލެއްވެސް ދަންނަވައި ލާނަމެވެ. މިދޭތެއަކުން މާލީ ކިޔާ ގައުމެއްގައި ސިފައިން އިންތިހާބީ ވެރިމީހާ ބަގާވާތަކުން ބަދަލުކުރިތަން ދުށީމެވެ. ކަންތަށް ވެގެންދިޔަގޮތް އަޅުގަނޑަށް ނޫނަސް ތިޔައެންމެ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެހެން ނަމަވެސް އެމް ޑީ ޕީ ކިތަންމެ ނުރުހުނަސް ކޯނީގެ ރިޕޯޓްގައި ބަގާވާތެއް ނޫންކަމަށް ބުނެފިނަމަ ވެރިކަން މިއޮތްގޮތަށް 2013 އަށް ދެމިގެން ދާނެއެވެ.

ކޯނީގެ ރިޕޯޓްގައި ބަގާވާތެއް ކަމަށް ނިންމައިފިނަމަ މިބަގާވާތް ކުރުމުގައި އެންމެ އިސްކޮށް އުޅެފައިވާ މަދަނީ އިއްތިހާދު މިކިޔާ މީހުންނާއި ، ޕީޕީ އެމާއި ، އަދާލަތު ޕާޓީ އަށް މިކަންވެގެންދާނީ ހިތިޒަހަރެއް ކަހަލަ ވިހަޔަކަށެވެ. އެހެންނަމަވެސް މިކަމުގައި ޑީ އަރ ޕީ ގެ ސްތޭންޑަކަށް ވާނީ އަވަސް އިންތިހާބަކުން ރައްޔިތުންގެ ވެރިޔަކު އިންތިހާބު ކުރުމަށެވެ. އެގޮތަކީ އަވަސް އިންތިހާބެއްގެ ދެވަނަބުރުން އެމް ޑީ ޕީ އާއި އެކު ޖާގަލިބޭނެ ބަޔަކީ ޑީ އަރ ޕީ ކަމުގައި އަހުމަދު ތަސްމީނު އަލީއަށް ގަބޫލު ކުރެވުމެވެ. މިވަގުތު ވެރިކަމުގެ ފެންސިރު ހަސަންސައީދު ހުންނެވީވެސް ތަސްމީނު އަލީއާއި އެކުގައި ކަމުގައި ވާތީއެވެ.

ކޯނީގެ ރިޕޯރޓް ނެރުމުގެ ކުރިންވެސް އަޅުގަނޑު ބަގާވާތެކޭ މިދެންނެވީ ބަގާވާތުގެ އެންމެ އިސްލީޑަރުން ހަދާނެގޮތް ހުސްވެ މޫނުމަތިން މާޔޫސްކަން ވެރިވެ ކޯނީ ރިޕޯޓުގެ ސައްހަކަން ނަގައިލަން އެކިހުއްޖަތް ދައްކާ ތަފާތު މަސައްކަތް ކުރާތަން ފެންނާތީއެވެ. ނުވަތަ މިރިޕޯޓް ބަގާވާތަކަށް ނިންމައިފިނަމަ ގަބޫލު ނުކުރާނެކަން ފާޅުގަ ބުނަމުން އަންނާތީއާއި ބަގާވާތުގެ ކޮމާންޑް ސެންޓަރ ހިންގި ކަމަށް އަމިއްލަޔަށް އިއުތިރާފު ވެފައިވާ އުމަރު ނަސީރު ކޯނީއަށް މައުލޫމާތު ދިނުމަށްވެސް އުޒުރުވެރި ވެފައިވެއެވެ.

ނެސަނަލް އިންކްއަރީ ރައީސް ވަހީދު ހަސަން އުފެއްދެވީ 2012 ޖަނަވަރީ 14 އިން ފެބުރުއަރީ 07 އަށް މިރާއްޖޭގައި ހިނގާދިޔަ ކަންތަށް ބެލުމުގެ ނަމުގައެވެ.  ނުވަތަ މިތަރީޙުގައި ހިނގަދިޔަ ކަންތަށް މަސްހުނި ގަނޑަކަށް ހަދައިލާއިގެން ނިންމައި ލެވިދާނެ ކަމުގެ އުފަލުގައެވެ. އެހެންނަމަވެސް ކޮމަންވެލުތު އޮތީ ރައީސް ވަހީދު ހަސަންގެ ގުއިރޯނުގައި ޖެހޭގޮތަކަށް ނޫނެވެ. އަދި ރައީސް ނަޝީދަކީ ސިޔާސީ ގޮތުން ދުނިޔެވީ އާޖުފާޖު މޮޅަށް ދެނިލައްވާ ބޭފުޅަކަށް ވުމެވެ.

މިރާއްޖޭގައި ސިފައިންނާއި ފުލުހުން ލައްވާ ބަގަވާތް ކުރުވުމަށް ސައިތޯނުންގެ ފަރާތުން ވަސްވާސް ދިނުމެ މަސައްކަތާއި ހަވާލުވެ ތިބިބަޔަކީ އަދާލަތުޕާޓީގެ ރައީސް އިމުރާނާއި، އިލިޔާސާއި ، ނައިބުރައީސް ޑޮކްޓަރ މައުރޫފުއާއި، ސަންދާނު އަހަންމައިދީދީ ކަމުގައި ދަންނަވަން ޖެހެއެވެ. އިމުރާނާއި އިލިޔާސަކީ ވަރައް މަސްހޫރު ދޫފަސޭހަ ދެއިލުމުވެރިން ކަމުގައިވުމުން ސިފައިންނަސާއި ފުލުހުންނަށް ވަސްވާސް ލައިދިނުމަކީ މިދެބޭފުޅުންނަށް މާއުދަގޫ ކަމަކަށް ނުވިއެވެ. ކޮންމެޔަކަސް މިއީ ހިތާމަހުރި ވާހަކައެކެވެ. ދީނީއިލުމް ވެރިޔަކަސް މަސްވެރިޔަކަސް ކުށެއް ކޮށްފިއްޔާ އެކަމެއްޖެހޭނީ ފާހަގަ ކުރާށެވެ. އަދާލަތުޕާޓީއަކީ ސިޔާސީ ގޮތުން ހަހާސް މެމްބަރުންވެސް ހަމަވާ ޕާޓީއެއް ނޫނެވެ. އަދި ސިޔާސީ ގޮތުން ދުނިޔޭގެ އެއްވެސް ބަޔަކު ބަލައިގަތްފައިވާ ޕާޓީއެއްވެސް ނޫނެވެ. އަދި މިދިޔަ ލޯކަލް ކައުންސިލުންވެސް އަދާލަތަށް ލިބިފައިވަނީ ގާތްގަޑަކަށް 9 ގޮނޑިއެވެ. އެހެން ކަމަށްވުމުން އަދާލަތުގެ ސިޔާސީ އިސްކޮޅުގަ މިވަގުތު ހުރީ ތިންފޫޓް ތިންއިންޗި ކަމުގައި ދެންނެވިދާނެއެވެ، ކޮންމެޔަކަސް އިންތިޒާރުގެ ވަގުތު މިހާރު އެދަނީ ގުނެމުން ކުޑަތަން ވަމުންނެވެ، މިމަހުގެ 31 އަށްއިންތިޒާރު ކުރަމާ ހިނގާ ބަހީއެވެ. ހަމަޔަގީނުންވެސް އަޅުގަނޑުމެން ތިބެނީ ކުލިޖަހާ މޮޅުވާ ބަޔަކު ބަލާށެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

އިންކްއަރީ ކޮމިޝަންގެ ބޭނުމެއް މިހާރަކުނެތް…..!

މިއަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވާ ރާއްޖޭގެ ރައީސްކަމުގެ …

ޚިޔާލެއްދެއްވާ

avatar
ޅޮހީހަސަނު
ޅޮހީހަސަނު

ބގަވާތް ގެންނަން މީހުންގެ ބޮލަސް ސައިތޯނި ވަސްވާސް ވެއްދުމުގެ މަސައްކަތައި ހަމަ ހަވާލުވީ އަދާލަތުން !

ތަކުރު
ތަކުރު
އެއްކަލަ އަދުނާނު…. 1. “ﷲ އަކުބަރު ގޮވުމާއި، ކުއްލިއަކަށް މީސްތަކުން މޫދު ލޮނުގަނޑުން އަތްފައި ދޮވެ (ވުޟޫކޮށް) އެމައިދާނުގައި ބިމައްތިރިވުމުން(ސަޖިދަޖެހުން) މޭކަރައިގަނެގެން އުޅޭނީ ޝައިތާނުން… 2. 24ގަޑިއިރުގެ ތެރެއިން ކޮންމެވެސް އެއްވަގުތެއްގައި މުސްލިމަކު ހަމައިން ނައްޓަން (މަސްތުވަން) ޖެހިދާނެކަމަށް ވަސްވާސްދޭނީ ޝައިތާނުން 3. ބަނގުރާ ބޯންޖެހޭނެޔޭ.. ބޮވެން ޖެހޭނެޔޭ ގޮވާނީ ޝައިތާނުން 4. ނަމާދުވަގުތެއް އެހެން ވަގުތެއް ނުބަލާ މީހުންގެ ބޮލަށް ޗިޕުޖަހަމުން ދުވާނީ ޝައިތާނުން 5. ބުދު ބަހައްޓާ އެހެން ދީންތަކުގެ ޝިޢާރު ޤާއިމްކުރާނީ ޝައިޠާނުން 6. ނަރަކައާއި ސުވަރުގޭގެ ވާހަކަ ދައްކާތީ ކަންބޮޑުވެގެން “އަނެއް ފިކުރު” (ﷲ އާއި އާޚިރަތަށް އީމާން ނުވުމުގެ) ފެތުރުމަށް ގޮވާނީ ޝައިތާނުން 7. ރަސޫލާ (ޞ) ގެ ސުންނަތަށް މަލާމަތްކޮށް ފުރައްސާރަކުރާނީ ޝައިޠާނުން 8. ﷲގެ ޝަރީޢަތާއި ޙައްދުތަކަށް އިންކާރުކުރާނީ ޝައިޠާނުން 9. ޣައިރު ދީންތަށް ދިވެހިރާއްޖޭގައި ފަތުރަން މަސައްކަތްކޮށްގެން ޑީޕޯޓްކޮށްފައިހުރި “ހާޑިންހަމް” ފަދަ މީހުންނާއި، ނަޞާރާ ދީން ފެތުރުމަށް ދިވެހިބަހުން އަޑުއެޅި… Read more »
އިބްން އިބްރާހީމް
އިބްން އިބްރާހީމް

މަނަދޫ އަހައްމަދަށް ވަރަށް ސަލާމް

މަނަދޫ އަހުމަދު
މަނަދޫ އަހުމަދު
ކަލުޓް ލީޑަރ އަދުނާނުމެންނަށް ނުވިސްނެނީއެވެ.އެގާރަ ނޮވެމްބަރު ދެހާސް އަށެއް ވަނަދުވަހުން ފެށިގެން ތަސްވީރުތައް އަތުރަމުން އައިސްފިނަމަ ހޯދަންއުޅޭ ސުވާލުގެ ޖަވާބު ހޯދަން ލައްކަތަނުން ފަސޭހަވާނެ އެވެ. ހަތެއް ފެބުރުއަރީ ދެހާސް ބާރަވީދުވަހު މެންދުރު އެކެއްޖަހާ އެހާކަށްހާއިރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަގުތުން ދުރަށް ދައްކަމުންދިޔަ މަންޒަރު އެކަނި ބަލައިގެން މިމައްސަލާގެ އަސްލެއް ނުހޯދޭނެ އެވެ.އެގާރަ ނޮވެމްބަރު ދެހާސް އަށެއް ވީދުވަހު ހުވާކުރައްވާ ދިވެހި ވެރިކަމުގެ ސިންގާސަނާގައި ރެނދަލިކުރެއްވުމަށް ފަހު ރައީސް ނަޝީދު، ޤަވާޢިދުތަކާއި ޤާނޫނުތަކާއި ޚުދު ޤާނޫނުއަސާސީ އާވެސް ޚިލާފުވެވަޑައިގެން ޝަރުޢީ ކޯޓުތަކުގެ އަމުރުތައް މުގުރުއްވަމުން ވަޑައިގެންނެވިކަމީ އިންކާރު ކުރެވޭވަރަށްވުރެ މާބޮޑަށްވެސް ހާމަކަންބޮޑު ޙަޤީޤަތެކެވެ. ނަމަވެސް ޤާނޫނީ ނިޒާމަށް އެމަނިކުފާނުގެ ކިބައިން އަމާޒުވިއެންމެ ބޮޑު ޖަރީމާއަކީ ސުޕްރީމް ކޯޓުގައި ތަޅުއަޅުއްވާ ޝަރުޢީ ދާއިރާގެ އެންމެ އިސް ވެރިޔާ، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރުންނަށް ފަނޑިޔާރުގެއަށް ނުވަދެވޭނެހެން ފަނޑިޔާރުގެ ބަންދުކުރެއްވި ކުރެއްވުމެވެ. އެޖަރީމާގެ ސަބަބުން މުޅިދައުލަތް ދުސްތޫރީ ހުސްކަމެއްގެތެރެއަށް ވެއްޓި، ޤާނޫނުއަސާސީގެ… Read more »
ބެއްޔާ
ބެއްޔާ

އަދުނާނު، އެކޮއި، އަނެއްކާވެސް ކުރީގެ ހާލަތަށް ބަދަލުވީ ދޯ . ދެންވާ އެމްޑީޕީ ގަދަވެދާނެހެން ހީވީމާ މިހާރު ތިޔަ އޮޑިއަނބުރާލީ . ތިހެން ނުހަދާ ދެފުއްކެހެރި ނުވޭ. ހުންނަ ކޮންމެވެސް އެއްގޮތެއްގައި ދެމިހުރެވޭތޯ ބަލާ

ހެހެކެކެ
ހެހެކެކެ

ކޯނީ ރިޕޯޓުގަ އޮތީ ބަގާވާތެއް ނޫންކަމަށް.. އޭތި މިހާރު ލީކުވެއްޖެ

މީމު
މީމު

ކަލޯ އަދުނާނޫ އަނެއްކާ ހަމަ ރަނގަޅަށް ރީދޫ ހުންޖެހުނީ ދޯ ! ރީދޫހުން ފިލަން އުޅެނިކޮށް ސައިޠާނީ ވަސްވާސް ބޮލަށް ވަދެ ، ލާދީނީ ބައިގަނޑު ކޮޅަށް ދީލާ ލެވުނީދޯ ، އަޅެ އެންމެ ފަހަރަކު ނަމަވެސް ދީނީ ނަޒަރަކުން ތިޔަ ވިދާޅުވާ ގ. ކެނެރީގޭ މުޙައްމަދު ނަޝީދު އާއި މެދު ވިސްނާލަ ބަލަ ، އެބޭފުޅާ މިތަނަށް އެހެންދީންތައް ގެންނަށް އެ ކުރާ މަސައްކަތާއި މާތްވެގެންވާ އިސްލާމް ދީނަށް ކުރާ ފުރައްސާރަ އާއި މަލާމާތް ފިސާރި ރަނގަޅަށް އޭރުން އެނގޭނެ

wpDiscuz