ބައި އިލެކްޝަންތަކުގެ ނަތީޖާ ދަށްކާގޮތުން ކާމިޔާބީ ލިބުނީ ސަރުކާރަށް….

ރައްޔިތުން މަޖިލީހުގެ ކ. ކާށިދޫ އާއި ތ. ތިމަރަފުށީގެ ބައި އިލެކްޝަންސްގެ ވަގުތީ ނަތީޖާއިން ސަރުކާރު އިއްތިހާދު ކަމިޔާބުކޮށްފިއެވެ. މިހާތަނަށް ދެއްކި ވަގުތީ ނަތީޖާތަކަށް ބަލާއިރު ކ. ކާށިދޫ ދާއިރާގެ ގޮނޑި 1107 ވޯޓުން ކާމިޔާބުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަބުދުﷲ ޖާބިރު އަދި އެގޮނޑިއަށް އެމްޑީޕީން ކުރިމަތިލެއްވި މުހައްމަދު ހަލީމް ( ދޮންބިލަތް) ލިބިލައްވާފައިވަނި 784 ވޯޓު ، ޕީޕީއެމުން ވަދަކުރެއްވި މުހައްމަދު ވަހީދަށް ލިލައްވާފައިވަނީ 141 ވޯޓު ، އަދި އެގޮޑިއަށް އަމިއްލަ މެމްބަރެއްގެ ގޮތުން ކުރިމަތިލެއްވި ކެންޑީޑޭޓް މުހައްމަދު އަފީފަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ.

މީގެ އިތުރުން ތ. ތިމަރަފުށީ ބައި އިލެކްޝަންސްގެ ވަގުތީ ނަތީޖާއިން އެންމެ ކުރީގައި ވަނީ 1755އާއި އެކު ޕީޕީއެމް ކެންޑީޑޭޓް އަހުމަދު ޝަރީފްއެވެ. އަދި އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުސްތަފާއަށް ލިބިފައިވަނީ 1327 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑީޑޭޓް  އަބްދުރަޝީދަށް އެއްވެސް ވޯޓެއް ލިބިލައްވާފައެއް ނުވެއެވެ.

މީގެ އިތުރުން މިއަދު ބޭއްވުނު ހދ. ކުމުންދޫ އަދި ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަންސްގެ ވޯޓު ވެސް ވަނީ ގުނަން ފަށާފައެވެ. އެގޮތުން ތ. ގާދިއްފުށީ ކައުންސިލް އިންތިހާބު  ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ ކެންޑިޑޭޓް ނައުޝާދު ހުސައިން އަށް ލިބިފައިވަނީ 102 ވޯޓު އަދި ޕީޕީއެމްގެ ހަސަން ޒިއާއުއަށް ލިބިފައިވަނީ 98 ވޯޓެވެ.

މީގެ އިތުރުން ހދ. ކުމުންދޫ ވަގުތީ ނަތީޖާތަކަށް ބަލާއިރު މި ބައި އިލެކްޝަނުން އެންމެ ކުރީގަވާ ޕީޕީއެމް ކެންޑީޑޭޓް މުހައްމަދު ޝާފިއުއަށް ލިބިފައިވަނީ 40 ވޯޓު އަދި ޑީއާރްޕީން ވާދަކުރެއްވި އަފްޒަލް ހަލީމަށް ލިބިފައިވަނީ 35 ވޯޓު އަދި އެމްޑީޕީން ވަދަކުރެއްވި ކެންޑީޑޭޓް އައިޝަތު ހަސަން އަށް ލިބިލައްވާފައިވަނީ 23 ވޯޓެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫ ޕީޕީއެމް ގޮފީގެ ފަރާތުން ރޭ ހަފްލާއެއް ބާއްވައިފި.

ޕީޕީއެމް ނ.ލަންދޫ ( ހިތްވަރު ) ގޮފީގެ ފަރާތުން ރޭ ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ. މިހަފްލާއަކީ މިދިޔަ ބުރާސްފަތި ދުވަހު …

ޚިޔާލެއްދެއްވާ

avatar
ފޮޓޯބެ.
ފޮޓޯބެ.

ފޮޓޯ އާއި ތިއަޅައިގަތީ މަށަށް ހީވާގޮތުން ނަތީޖާ ދެއްކި ގޮތުން. ހީކުރި ގޮތަކަށް ނޫންވިއްޔަ ދޯ ނިނުނީކީ .ހެހެހެ

އެންޑީޕީ
އެންޑީޕީ

އެ ޚަބަރަކާ ނުވަތަ ލިޔުމަކާ ގުޅޭ ފޮޓޯ ޖަހާނނަމަ ދޯ

wpDiscuz