ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ދުވަސް ލަންދޫގައިވެސް ފާހަގަކުރަނީ.

ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ ހިނގާލުމުގައި ބައިވެރިވުމުގެ ގޮތުން ނ.ލަންދޫގައިވެސް މިއަދު ހިގާލުމެއް ބާއްވާކަމުގެ ޚަބަރު ލިބިއްޖެެވެ.

މިއަދު ހަވީރު 4 ޖަހާއިރު ފަށާ މި ހިނގާލުމުގައި، ލަންދޫގައި ތިބި އެމްޑީޕީ ގެ މެމްބަރުންނާއި، ސަޕޯޓަރުން ނ.ލަންދޫ މޫންލައިޓް ގޭ ދޮށަށް މިއަދު ހަވީރު 4:00 ށް އެއްވުމަށް ވަނީ އަޑުގަދަކުރާއިން ގޮވާފައެވެ.

ނ.ލަންދޫ މޫންލައިޓް ގެއަކީ ނ.ލަންދޫ ކައުންސިލް ގެ އެމްޑީޕީ ތަމްޞީލް ކުރާހަމައެކަނި މެމްބަރ އަލްފާޟިލް މުހައްމަދު ޝުޖާއު ގެ އަމިއްލަ ގެއެވެ.

ލަންދޫ ކައުންސިލް އިދާރާގެ އަޑުގަދަކުރާއިން އެކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އެނައުންސް ކުރި އެނައުންސް މެންޓްގައި ގޮވާލީ ވީހާވެސް ގިނަ ބަޔަކު މިހިނގާލުުގައި ބައިވެރިވުމަށް އެމްޑީޕީގެ ލަންދޫ ގޮފިން އެދޭކަމަށެވެ.

މިހިގާލުމުގެ ތައްޔާރީތައް މިހާތު ނ.ލަންދޫ މޫންލައިޓް ގޭ ދޮށުގައި ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz