ރޯދަ ރޯގާ!

ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް މިއަހަރު މިއޮތީ ވަރަށްވަރުގަވަ ރޯދާއެއް ލައްވައިލާފައެވެ. މިދެންނެވި ރޯގާއަކީ މުޅިން އާދަޔާޚިލާފު ބައްޔެކެވެ. މިކަމުގެ ފަރުވާއަކީ ވަކިމިވެނިކަމެކޭ ދަންނަވަން ޑޮކްޓަރުންނަށްވެސް ވަނީ ދަތިކަމަކަށްވެފައެވެ. ސަބަބަކީ އެބައްޔަކީ ރޯދަމަހަށް ތައްޔާރުވާންޖެހޭގޮތްފިޔަވާ އެހެންގޮތަކަށް ތައްޔާރުވުމުގެ ސަބަބުން ނުވަތަ ބައެއްފަރާތްތަކުން އެމަހަށްތައްޔާރުނުވެތިބުމުގެ ސަބަބުން ޖެހިފައިވާ ބައްޔެއްކަމަށް ދުވަސްވީ ބައެއްމީހުން ބުނެއެވެ. އާދެ، އެއީ ސިޔާސީ ރޯގާއެވެ.

ޢިލްމުވެރިން އަޅުގަނޑުމެންނަށް އެމަހަށްތައްޔާރުވުމަށް އިރުޝާދުދެއްވާގޮތަކީ އެމަހުގެ ހުރިހާފަރުޟު ނަމާދުތައް ހުރަތަމަ ޖަމާޢަތުގައި ކުރުމާއި، ޤުރުއާންކިޔެވުން ގިނަކުރުމާއި، ޝަޢުބާންމަހު ގިނަގިނައިން ސުންނަތްރޯދަހިފުންފަދަ ކަންތައްތައް އިތުރުކުރުމަށެވެ. ނަމަވެސް މިދެންނެވިކަންތައްތަކާއި ޚިލާފަށް އަޅުގަނޑުމެންގެތެރެއިން ބަޔަކު އެއްބައެއްގެ ސިޔާސީ ހަތުރުންނަށްވެ، މިކަމަށްގޮސްހުސްވެފައިވުމަކީ މިދެންނެވި ރޯގާގެ ޢަލާމާތެކެވެ. މިކަމުގެތެރެއަށް ވަދެއްޖެމީހަކަށް ސަލާމަތްވުމަކީ ވަރަށްދަތި އުނދަގޫކަމެއްކަމުގައި ތަޖުރިބާކާރު މީހުން ބުނެއެވެ.

ކޮންމެއަކަސް އެމަހުގެ ފުރަތަމަ ދިހަޔަކީ ރަޙުމަތެވެ. ދެވަނަ ދިހަޔަކީ ފާފަފުއްސެވުމެވެ. އަދި ތިންވަނަ ދިހަޔަކީ ނަރަކައިން މުއްތިކުރެއްވުންކަމުގައި މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދުދެއްވާފައިވެއެވެ. ވުމާއެކު އެމަހުގެ ރަޙުމަތާއި ބަރަކާތްތެރިކަމަށްޓަކައި އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ދެކޮޅުވެރިކަމެއްވާނަމަ، އެކަމަކުން ދުރުހެލިވުމަކީ އަޅުގަނޑުމެންގެމައްޗަށް ވާޖިބުވާކަމެކެވެ. އެއްވެސްމީހަކަށް އަޖަލުހަމަވާނޭ ވަޤުތެއްނޭންގެއެވެ. ވުމާއެކު ނިމުމެއްނުވާ އާޚިރަތަށްތައްޔާރުވުމަށްތަކައި މިދެންނެވިފަދަ ރޯގާތަކުން ދުރުހެލިވަމާހިންގަވާށެވެ. އަވައިގާ ވާގޮތަށް އަތުގުޅާލާ އެންމެހައި ދިވެހީން އެކީ އާބަސްބުނަމާތޯއެވެ. އެކުރެިަކަމަކީ ގަދަފަދަބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

115 މިލިއަން ރުފިޔާ ނޮޅިވަރަމުގެ ތަރައްޤީއަށް މިސަރުކާރުން ޚަރަދު ކުރައްވާފައިވާނެ – ރައީސް

ނޮޅިވަރަމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ މުހިންމު ރަށެއްކަމަށާ، މިސަރުކާރުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގެތެރޭގައި 115 މިލިއަން ރުފިޔާ …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

ރަނގަޅު ވާހަކައެއް. މާޝާ ﷲ، ޔާ ﷲ އަޅަމެންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮކަން މިންވަރު ކުރައްވާޝިއެވެ.

ބުންވަރު
ބުންވަރު

ވަރަށް ރަގަޅު ލިޔުމެއް. އަހަރެމެން މިވަނީ ޣާފިލުކަމުގެ ނިދީގައި.