ރޯދަމަހު ނަމާދަށް ދާތީ މަލާތްކުރުމަކީ ބޮޑުވެގެންވާ ނުބައިކަމެއް!

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާ ހަޤީޤަތެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ވެފައިވާ އާދައަކީ ރޯދަމަސް އަޅުގަނޑުމެންނާ ބައްދަލުވެއްޖެނަމަ ދުނިޔަވީ މަސައްކަތްތައް އެއްފަރާތް ކޮށްލުމަށްފަހު ދީނީ ކަންކަމަށް އެނބުރުމެވެ. ދުވާލު ރޯދަހިފުމާއި، ރޭގަނޑު ރޭއަޅުކަން ކުރުން ގިނަކުރުމެވެ.

މިފަހަކަށްއައިސް ޒުވާނުން މިގޮތުގައި (އަޅުކަމުގައި) އިތުރުވަމުންދާ ތަން ފެންނަމުން އެބަދެއެވެ. އަދި އެފަދަ ޒުވާނުންގެ ތެރެއިން ގިނަކުދިންނަކީ ރޯދަމަސް ނޫން މަސްތަކުގައި ވަރަށްމަދުންނޫނީ ނަމާދަށް ނުދާ ކުދިންނެވެ. އަދި އަމުދުން ޤުރުއާން ފޮތުގެ އެތެރެ ނުވެސް ފެންނަ ކުދިންނެވެ. މިކުދިންވެސް ރޯދަމަސް އަތުވެއްޖެނަމަ ކުރިންވެސް މިދެންނެވި ފަދައިން މިސްކިތަށްގޮސް ޤުރުއާން ކިޔަވާ ބަރާބަރަށް ފަސްނަމާދު ކޮށްހަދައެވެ. އަދި ރަވާތިބު ސުންންތައްތައް ވެސް ބަރާބަރަށް ކޮށްހަދައެވެ.

މިހެން މިކަންދިމާވުމުން އަޅުގަނޑުމެންގެ ތެރެއިން ހެޔޮވިސްނޭ ހަރުކުލައިގެ މީހުން ކުރާކަމަކީ އެކުދިންނާއި، ފުރައްސާރަކޮށް މަލާމަތްކުރަނީއެވެ. ރޯދަމަހަށް ނޫނީ ނަމާދު ފަރުޟު ނުކުރައްވަނީހޭ ، ޤުރުއާން ކިޔަވަން ނުވަނީހޭ، ރޯދަމަސް ދިޔުމާއި އެކީ މިސްކިތްތައް ފަޅުވެގެން ދާނޭ . މިފަދަ އިބާރާތްތަކުން މުޚާތަބު ކުރަނީއެވެ. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ކޮށްގެންވާނޭ ކަމެއްނޫނެވެ. ދަންނަވަން ތޯއެވެ. މާތްﷲ ތެދުމަގު ދައްކަވަން ނެތް އަޅަކަށް ތެދުމަގު ލިބޭނޭ ހަމައެއްވެސް ގޮތެއްނުވެއެވެ. އަދި ހަމައެހެންމެ އެކަލާންގެ ތެދުމަގުދައްކަވައިފި އަޅަކު މަގުފުރެދިގެންދާނެ ހަމަ އެެއްވެސް މަގެއް ނުވެއެވެ.

މިފަދަ ކަންކަމުން ދުރުހެލިވެ ގަތުމަށް ބާރުލިބިދެނީ ކީރިތި މާތް ރަސޫލު (صلى الله عليه و سلم) ގެ މާތް އިރުޝާދެވެ. ސަލްމާނުލް ފާރިސީ (رضى الله عنه) ވިދާޅުވެފައި ވެއެވެ. ޝަޢުބާން މަހުގެ ފަހު ދުވަހުގައި ކީރިތި ރަސޫލާ (صلى الله عليه و سلم) ޚުޠުބާއެއް ދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. ” އޭމީސްތަކުންނޭވެ! މަތިވެރިކަމާއި ބަރަކާތުން ފުރިގެންވާ މަހެއް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. މިމަހުގައި އެއްހާސް މަހަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ރެއެއް ވެއެވެ. މިމަހުގެ ރޯދަ ﷲ ސުބްޙާނަހޫ ވަތަޢާލާ ފަރުޟުކުރެއްވިއެވެ. މިމަހުގެ ރޭތަކުގެ ޤިޔާމުކުރުން އަޅުކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތަޤައްރުބު ހާސިލުކުރުމަށް މީހަކު ސުންނަތް އަޅުކަމެއް ކޮށްފިއްޔާ އެހެން ދުވަސްތަކުގައި އަދާކުރެވޭ ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. ފަރުޟެއް އަދާކޮށްފިއްޔާ އެހެން ދުވަސް ތަކުގައި އަދާކުރެވޭ 70 ފަރުޟާއި އެއްވަރަށް ދަރުމަ ދެއްވައެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް ވާންވީ ނަމާދަށް ދާ ކުދިންނަށް ފުރަސައްރާކުރުމުގެ ބަދަލުގައި އެކުދިންނަށް ވިސްނައިދީގެން ރަމަޟާން މަހުވެސް އަޅުކަން އެ އަދާކުރާފަދައިން އެހެނިހެން މަސްމަހުވެސް އަޅުކަމުގައި އުޅެންޖެހޭނެކަން ވިސްނައިދީގެން ކުދިން ހަމަ ހަމަމަގަށް އެޅުވޭތޯ މަސައްކަތް ކުރާ ބަޔަކަށެވެ.

ތިމާއަކީ މާގިނައިން ނަމާދަށް ދެވޭ މީހަކަށް ތިމާގެ އަމިއްލަ ޒަމީރު ޤަބޫލުކުރާތީ އެކަން އިސްތިހާރު ކޮށް ދެއްކުމަކީ ބޮޑުވެގެން ވާ ނުބައިކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރަމަޟާން މަހު ސްކޫލްތަކުގެ ގަޑިތައް ހަމަޖެހިފައިވާ ގޮތް ހާމަކޮށްފި.

އަންނަ ރަމަޟާންމަހު ސްކޫލްތަކުގެ ކިޔަވައިދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީން ނެރެފައިވާ …

ޚިޔާލެއްދެއްވާ

avatar
ޢަލީ ޒިޔާދު
ޢަލީ ޒިޔާދު

މާޝާ ﷲ ވަރަށް ސަޅި ލިޔުމެއް… ކީއްކުރާނީ ދޯ..މީހުންގެ ހުންނަ ނާޤާބިލިއްޔަތުކަން… އެމީހުންނަށް ހީވެފައި އޮންނަނީ ފަސްވަގުތު މިސްކިތައް އެރުނީމަ ނިމުނީއްޔޭ ސުވަރުގެ ދެވުނީޔޭ…. އެއްގޮތަކަށްވެސް އެހެނެއްނޫންދޯ… އެންމެ ކުޑަވެގެން ނަމާދު ކުރެވުނު ގޮތާއި ދޭތެރޭ ވިސްނާލެވެނީ ކިތައް މީހުންނަށްބާ ؟؟؟ އެކުރެވުނު ނަމާދުގެ ފުރިހަމަ ޘަވާބު ލިބޭނެކަން ކާކަށް އެނގެނީ ؟؟؟؟ ޔާ ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން