ރޭ މިލަދޫގައި ބާއްވަން އުޅުނު ޝައިޚް ފަރީދުގެ ދަރުސަށް ބަޔަކު ހުރަސްއަޅައި ހުއްޓުވައިފި

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް މިލަދޫ ގޮތްޕާއި މިލަދޫ ހިދާޔާސްކޫލްގެ އިސްލާމް ކުލަބުން އިންތިޒާމްކޮށްގެން މިލަދޫގައި ރޭ ބާއްވަންއުޅުނު ޝައިޚް ފަރީދުގެ ދަރުސްއަށް ބަޔަކު ހުރަސްއަޅާ ހުއްޓުވައިފި ކަމަށް މައުލޫމާތު ލިބިެއްޖެއެވެ.

 މިލަދޫން މަޢުލޫމާތުދިން މީހަކުބުނީ ފަރީދުގެ ދަރުސްއަށް ހުރަސް އަޅާފައިވަނީ ޕީޕީއެމް އަށް ތާއީދުކުރާ ބައެއްކަމަށެވެ. އޭނާބުނީ ޕީ.ޕީ.އެމް ގެ މެމްބަރުން ފަރީދުގެ ޖަލްސާއަށް ހުރަސް އަޅާފައިވަނީ މިފަހަރުގެ ދަރުސް އިންތިޒާމްކުރި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ މިލަދޫ ގޮފިން 23 ޑިސެމްބަރުގެ މުޒާހަރާގައި ބައިވެރިވެފައި ނުވާތީއާއި ދާދިފަހުން ރަށުކައުންސިލުން ރާއްޔިތުންނާއި ބައްދަލްކުރުމަށް ބާއްވަން އުޅުނު ބައްދަލްވުމަށް މިލަދޫގެ އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބަޔަކު ހުރަސްއަޅާފައިވާކަމަށް ބުނެއެވެ.

މިލަދޫގައި ތިބި ޕީޕީ އެމްއަށް ނިސްބަތްވާ މީހުން މިކަން ދޮގުކުރެއެވެ. އެމީހުން ބުނަނީ ދަރުސް ހުއްޓުވާލީ ހަމައެކަނި ޕީޕީއެމްގެ މީހުން ނޫންކަމަށެވެ. އެކަން ކުރީ ގިނަ ރައްޔިތުން ތަކެއް ކަމަށެވެ.

ރޭ 08:45 ގައި މިލަދޫ ހިދާޔާސްކޫލްގައި “އެންމެ ނުރައްކާތެރިވަބާ” މިނަމުގައި ބާއްވަން އުޅުނު ޖަލްސާ ފަށަން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް ބަޔަކު އެތަނަށްވަދެ އަޑުގަދަކޮށް ހަޅޭއްލަވަން ފެށުމުން ދަރުސްކުރިއަށް ނުގެންގޮސް ވަނީ ހުއްޓާލައިފައެވެ.

ޝައިޚް ފަރީދު މިލަދޫގައި ދަރުސް ދެއްވަން ކުރެއްވި ދަތުރުފުޅުގައި ނ.މަގޫދޫ އަށް ވަޑައިގެން އިއްޔެގެ އަސުރު ނަމާދަށްފަހު އެރަށުގައި ދަރުސެއް ދެއްްވާފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިލަދޫ ފުޓްބޯޅަ ޓީމަށް ކުރި ޚަރަދުގެ ތަފްޞީލް ހާމަކޮށްފި.

ސިޔާމް – މަޢުރޫފް ސޮކަކަޕް 2017 ގައި މިލަދޫން ބައިވެރިވި ފުޓްބޯޅަ ޓީމަށް ޚަރަދު ކުރުމަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރި …

ޚިޔާލެއްދެއްވާ

avatar
މާޅެންދޫ ގާލް
މާޅެންދޫ ގާލް

ހުސްސޭކުން މިލަދޫގަނޫޅޭނެ ރަނގަޅުއެކަތިވެސް ހެހެހެހެހެހެހެހެހެހެހެހެހަލާކުވެދާނެ