ރޭގަވެސް ލަންދޫގެ ގިނަބަޔަކު ކަނުއަދިރީގައި

ލަންދޫ އިންޖީނުގެ - ކުންފުނީގެ ދިދައާއި، ޤައުމީ ދިދައިގެ ދަށުގައި / ފޮޓޯ:ލަންދޫއިންފޯ

ލަންދޫއަކީ މިފަހަކަށް އައިސް ކަރަންޓްގެ މައްސަލަ އިންތިހާއަށް ދިމާވަމުން އަންނަ ރަށެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ކަރަންޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ލަންދޫގެ ރައްޔިތުން އިހްތިޖާޖުކުރުމުގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ އަހަރު ނިމެމުން ދިޔައިރު ލަންދޫއަށްވަނީ އިތުރު ދެ ޖަނަރޭޓަރު ގެނެވިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ލަންދޫ އިންޖީނުގޭގައި ރަނގަޅަށް ހިންގައި ކަރަންޓްދެވޭ ހާލަތުގައި ތިން އިންޖީނު އެބަހުއްޓެވެ. މިއަދު ކަރަންޓް ދިނުމަށް ދެއިންޖީނު ބޭނުން ކުރަމުންދާއިރު ސްޓޭންޑުބައިގައި އަބަދުވެސް މިހާރު އެއް އިންޖީނު ހުންނާނެކަމަށް ލަންދޫ އިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ. ނަމަވެސް ލަންދޫ އިންޖީނުގެއިން މަޢުލޫމާތު ދެއްވި ބޭފުޅާ ހާމަކުރެއްވި ގޮތުގައި މިވަގުތު ލަންދޫ އިންޖީނުގޭގައި ހުރި އިންޖީނުތަކަކީ މިހާރު ލަނދޫއަށް ބޭނުންވާވަރަށް ވުރެ މާ ކުދި އިންޖީނުތަކެކެވެ.

ލަންދޫއަށް ކަރަންޓް ދޫކުރުމަށް ތިން އިންޖީނު ހުރިނަމަވެސް ކުރިންވެސް އަދި މިއަދުވެސް ލަންދޫގެ ކަރަންޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަންދޫގެ މަގުތަކުގައި އަޅާފައިވާ ކަރަންޓް ކޭބަލްގެ މައްސަލައެވެ. ލަންދޫގެ މަގުތަކުގައި އާޅާފައިވާ ކޭބަލަކީ ވަރަށް ކުރިން އަޅާފައިވާ ވަރަށް ހިމަ ކޭބަލްތަކެއް ކަމަށް އިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ. މިކަމުގެ ސަބަބަން ކަރަންޓް ބޭނުންކުރާ މިންވަރު މަތިވުމުންނާއި އަދި ކޭބަލްއަށް ގިނަދުވަސް ވުމުގެ ސަބަބުން ތަކުރާރުކޮށް ކޭބަލްތައް އަދައި ބަޑިޖަހަމުންދާކަމަށް އިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ. މިކަމުގެ ސަބަބުން ގޭގަޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނަށް ތަފާތު ގެއްލުންތައް ލިބެމުންދާ ކަމުގެ ސަކުވާއަކީ ތާއަބަދު ލަންދޫ ރައްޔިތުންގެ ފަރާތުން އިވެމުންދާ ޝަކުވާ ތަކެކެވެ.

ލަންދޫއިންޖީނުގެއިން މަޢުލޫމާތު ދެއްވި ގޮތުގައި ރޭގައި ލަންދޫގެ ބޮޑުބަޔަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވެސްވަނީ ކޭބަލްއެއް ބަޑިޖހައިގެންނެވެ. މިކަން ހައްލުކުރުމަށްޓަކައި އިންޖީނުގެއިން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ.

ލަންދޫގެ މަގުތަކުގައި އަޅާފައިވާ ކަރަންޓް ކޭބަލްތައް ބަދަލްކުރުމަށްޓަކައި ލަންދޫކައުންސިލް ޢިދާރާގެ މުއައްޒަފުން ނ.ފޮއްދޫއަށް ގޮސްގެން ގެނައި ކޭބަލްތައް ޔުޓިލިޓީސް ކުންފުނީގެ ފަރާތުން މިހާރުވަނީ ލަންދޫއިން ގެންގޮސް އެހެންރަށެއްގައި އަޅާފައިކަމަށްވެސް ލަންދޫ އިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ.

ހަޤީގަތުގައި މިއަދު ލަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓްގެ މައްސަލަކަން ދަނެ މިކަންތައް ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މިވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މިއަދު މިކަންތައް އެންމެ ބާރަށް އެންމެ ރަނގަޅަށް ކުރެވޭނީ ރަށުކައުންސިލް ޢިދާރާއިން ކަމަށް ލަންދޫއިންޖީނުގެއިން މަޢުލޫމާތު ދެއްވައެވެ.

ލަންދޫގެ ރައްޔިތުނަށް ގިނަގުނަ އެތައްއެތައް ގެއްލުމެއްލިބި އަސާސީ ޒަރޫރީ އެތައްކަމަކުން މަޙްރޫމްވެ ރޭގަނޑު ކަނު އަދިރީގައި ތިބޭއިރު މިކަމަކީ ހުރިހާއެންމެންވެސް ފުންކޮށް ވިސްނާ ހައްލެއް ހޯދަންވެއްޖެކަމެއްކަމުގައި ދެކެމެވެ. ކުރިޔާ އަޅާބަލާއިރު މިއަދު މިފަދަ ކަނތައްތައް ހައްލުކުރުމަށްޓަކއި ގިރާކުރަންޖެހޭ ހުރަސްތައްވަނީ މަދުވެފައެވެ. މިކަމުގައިވެސް ބޭނުންވަނީ ރައްޔިތުންގެ ހައްޤުތައް ހޯދައިދީ ރައްޔިތުން އެބަޔަކަށްޓަކައި އިތުބާރުކޮށް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އިންތިޙާބުކޮށްފައިވާ ބޭފުޅުންގެ އިޙްލާސްތެރި މަސައްކަތްތަކެއްކަން ޔަޤީނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އަނެންކާވެސް ކަރަންޓް ކެނޑައިގެން ދިއުން އާއްމު ކަމަކަށް ވެއްޖެ

އަނެންކާވެސް ލަންދޫން ކަރަންޓް ކަނޑައިގެން ދިއުން އާއްމުކަމަކަށް ވެއްޖެއެވެ. މި ގޮތުން ރަށުގެ ދެކޮޅުންވެސް ދޭތެރެ ދޭތެރެއިން ( ދުވާލެއްގެ …

ޚިޔާލެއްދެއްވާ

avatar
nahson
nahson

molhuthakeh vaane kamah bayakaa havaalu kuree, miothee ekkala dhuvas ais jehifa, dhen vaanee emeehun koh dhiniyyaaa, ihthijaaj kohggen athulaifiyyaa anekka rashu emmen baqeen nah vaanee heheh. miotheevaa qaumeh, alhamdh lillahi. allah aharemen mi museebaaiy thakun salaamaiy kuravvaa ebbaeh kamuga lavvaashi. aaameen

މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި
މުޙައްމަދު ފަވާޒް / އަރިއަތޮޅު އުތުރުބުރީ މަތިވެރި

އަހަރެންވެސް ވަރަށް ދެރަވޭ ލަންދޫގެ ރައްޔިތުން ތިހާލުގައި އުޅޭތީވެ!!

ާޢަލީ ޒިޔާދު
ާޢަލީ ޒިޔާދު

ލަންދޫގެ ރައްޔިތުންނޭ ! އަޅުގަނޑުމީ ތިތަނުގައި މަސައްކަތް ކުރި އެކަކު، އެދުބަސްތަކުގައިވެސް ވަރަށް އުނދަގޫތަކާއި ކުރިމަތިވި، މުޅިންވެސް ކޮށްދޭނަމޭ، ކޮށްދޭނަމޭ ކިޔައިގެން ދޮގުތައް ހަދަމުންދިޔައީ… ދުވަހަކު ކޮއްދެވުުނުތަނެއް ނާދެ، އޮފީހެއް އަޅައިދޭށޭ ބުނީމަ، ހެދިގޮތް ފެންނަން އެހެރީ…. ލަންދޫ ރައްޔިތުންނޭ ހޭ އަރާ،،،، އެމީހުން ޒިންމާދާރުކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރޭ، ނަމަނަމަ އެމީހުންއަތުން އެތަން އަތުލަން ނަހަދާތި… އެމީހުން އެތަނުގައި ބައިތިއްބައިގެން ޒިންމާދާރު ކުރޭ… ވަރަށް ދެރަވޭ ލަންދޫރައްޔިތުން ޙާލުގައި އުޅޭތަން ފެނުމުން…..

wpDiscuz