ރީ ރަޖިސްޓަރ ކުރުމަށް އިތުރު މުއްދަތު ދީފި.

ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ މީހުން ރީ ރަޖިސްޓްރީކުރުމަށް އިތުރު ވަގުތު އެލެކްޝަންސް ކޮމިޝަނުން ދީފިއެވެ. އިތުރުމުއްދަތު އެ ކޮމިޝަނުން ދީފައިމިވަނީ މުއްދަތު ދިނުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރުމުންނެވެ.

ސިވިލް ކޯޓުން މިއަމުރު ނެރެފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިއަމުރުގެ ތަފްސީލެއް އެލެކްޝަނުން އަދި ނުދެއްވައެވެ.

އެލެކްޝަނުން ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ އަމުރާއި ގުޅިގެން ރީ ރަޖިސްޓްރީ ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ މީހުން ރީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހުޅުވާލި މުއްދަތު ހަމަވާނީ މާދަމާގެ ވަގުތެއްގަ އެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިންތިހާބުގެ އިސްތިޢުނާފް އަނބުރާ ނެގުމަށް އީސީން ނިންމައިފި

މިއަންނަ އހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2 މަސްދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz