ރިޔާޒުގެ 2 ގޯލުން ހޮޅުދޫ ފައިނަލަށް

holh-vsmfc

މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހޮޅުދޫ އާއި މާފަރު ބައްދަލުކުރި މެޗުގައި ހޮޅުދޫ ޓީމުގެ ޖާޒީނަމްބަރ 21 މުޙައްމަދު ރިޔާޒު ކާމިޔާބުކޮށްދިން 2 ގޯލާއި އެކު 2-1 ގެ ނަތީޖާއަކުން މޮޅުވެ ހޮޅުދޫއިން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް މޮޅުކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮޅުދޫޓީމަށް ދެ ގޯލް ކާމިޔާބުކޮށްދިން ރިޔާޒެވެ.

މިއަދުގެ މެޗުން ބަލިވި މާފަރަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތް އިރު މާފަރު ބައްދަލުކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މާދަމާ ކެނދިކުޅުދޫ އާއި މިލަދޫ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

މާދަމާ މިލަދޫ އާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗު ފަށަނީ ހަމަ 3:50 ގައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން …

ޚިޔާލެއްދެއްވާ

avatar