ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހޭނެކަމަށް ތަސްމީނު ވިދާޅުވެއްޖެ

ދެހާސް ތޭރާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ނަހަދައި، ވަކިން ނިކުތްނަމަވެސް އިންތިހާބް ކާމިޔާބް ކުރެވޭނެކަމަށާއި ކޮންމެ ގޮތަކަށް ކުރިމަތިލިނަމަވެސް ރިޔާސީ އިންތިހާބްގެ ދެވަނަ ބުރަށް ދާންޖެހޭނެކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތާއީދު ކުރާ ހުރިހާ ޕާޓީއަކުން ކޯލިޝަނެއް ހަދައި އެއްކެނޑީޑޭޓެއް ނެރުމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ތަސްމީނު ވިދާޅުވީ ކޮންމެހެން ހުރިހާ ޕާޓީއެއް ކޯލިޝަނެއް ހަދައި ކެންޑިޑޭޓުން ނުނެރެ، ވަކިވަކިން ވާދަކުރެއްވިނަމަވެސް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބްގައި ކިތަންމެ ގިނަ ޕާޓީއެއް ކުރިމަތި ލެއްވިވަނަމެސް ދެވަނަ ބުރަށް ދާންޖެހޭނެކަމަށާއި، ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭވަރުގެ ޕާޓީއެއް އަދި މިރާއްޖޭގައި ނެތްކަމަށް ތަސްމީނު ވިދާޅުވިއެވެ.

ތަސްމީނު ވިދާޅުވީ އެމްޑީޕީއާ އެއްކޮށް ދެވަނަ ބުރަށް ކޮންމެ ޕާޓީއެއް ދިޔަ ނަމަވެސް އެޕާޓީއަކަށް ދިވެހި ރައްޔިތުން ވޯޓް ދެއްވާނެކަމަށާއި އެކަން ގަބޫލުކުރައްވަން ޖެހޭނެކަމަށެވެ. އަދި ދެވަނަ ބުރަށް ޕީޕީއެމް ގޮސް ކޯލިޝަން ހަދަންޖެހިއްޖެނަމަ އެކަން ކުރައްވާނީ ޕާޓީގެ ކައުންސިލުންކަމަށް ތަސްމީނު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށްޓަކައި ޑީއާރްޕީއާއި އެމްޑީޕީ ކޯލިޝަން ހެދުމަށް ތައްޔާރުވަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ތަސްމީނު ވިދާޅުވީ މި ވާހަކަތަކަކީ ޕީޕީއެމްއާއި އެމްޑީޕީން ދައްކަމުން ގެންދާ ދޮގުވާހަކަތަކެއްކަމަށެވެ. އަދި ޕީޕީއެމްއަކީ ސިޔާސީ ގޮތުން ޑީއާރްޕީ ބަލިކަށި ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންދާ ޕާޓީއެއްކަމަށް ތަސްމީނު ވިދާޅުވިއެވެ.

ތަސްމީނު ވިދާޅުވީ ޑިއާރްޕީން އިދިކޮޅު އެމްޑީޕީއާއެކު ކޯލިޝަން ހަދާ ދުވަހަކީ އެނާ ޑީއާރްޕީން ވަކިވެވަޑައިގަންނަވާ ދުވަސްކަމަށެވެ.

ޚަބަރު: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޢަބްދުﷲ ޝާހިދު ޕާޓިން ވަކިވި ކަމެއް ނޭނގޭ: ތަސްމީން

ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީއާ ގުޅިވަޑައިގަތް ކަމެއް އަދި ޑީއާރުޕީން ވަކިވެވަޑައިގަތް …

ޚިޔާލެއްދެއްވާ

avatar
wpDiscuz