ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނީ ރާއްޖެތެރެއަށްވެސް ސަމާލްކަން ދެވިގެން

އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމުގައި އެންމެބޮޑު ތަރުޙީބެއް ލިބޭ އެންމެ ގިނަބަޔަކު އެކުޅިވަރެއްކުޅޭ އަދި އެންމެ ގިނަ ބަޔަކު ޝަޢުޤުވެރިކަމާއިއެކު އެކުޅިވަރެއް ބަލާ ކުޅިވަރަކީ ކޮބައިތޯ އަހައިފިނަމަ ޝައްކެއްނެތް ގޮތުގައި އެންމެންވެސް އިއްތިފާޤުވާނީ އެއީ ފުޓްބޯޅަ ކަމުގައެވެ.

ޒަމާނުންސުރެ އަޅުގަނޑުމެން ދިވެހީންނަކީ ފުޓްބޯޅައަށް ނުހަނު ޝަޢުޤުވެރިވާ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދިޔަ ބައެއްނަމަވެސް މިއަދު މިވަނީ އެޝަޢުޤުވެރިކަމާއި އެފޯރި ދަށްވާން ފަށާފައެވެ. ޚާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކުގައި އަދި ވަކިން ޙާއްޞަކޮށް ކުދި ކުދި އާބާދީތައް ހިމެނޭ އަތޮޅުތަކުގައި ފުޓްބޯޅައިގެ ފޯރިމިވަނީ އެތައްތަނަކުން ދަށްވެފައެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ސީޒަނެއްފެށިގެންދާއިރު އަޅުގަނޑުމެން ވިސްނާލުން މުހިއްމު ނުކުތާއެކެވެ. މިއަދު ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލޭގައި ތަފާތު ނަންނަމުގައި ތަފާތު ޢުމުރުފުރާތަކުގެ މެދުގައި ތަފާތު މުބާރާތްތައް ބޭއްވެމުންދާއިރު ރާއްޖެތެރޭގައި ދިރިއުޅޭ ކުދިންނަށް އެންމެފުރިހަމަ ގޮތުގައި މިފުރުޞަތު ނެތްކަން ހިތާމައާއި އެކު ފާހަނގަކޮށްލަން ޖެހެއެވެ. ހަމަ މިއާއިއެކު ރާއްޖެތެރޭގައި ދިރިއުޅޭ ފަރާތްތަކުން އެފަރާތްތައް އަމިއްލައަށް ފުޓބޯޅައިގެ ހަރަކާތްތަކެއް ރޭވިކަމުގައިވިޔަސް ސަރުކާރުން މާބޮޑު އެހީތެރިކަމެއް ލިބިގެނެއް ނުދެއެވެ.

މީގެ ދެތިން އަހަރުކުރިން ރާއްޖެތެރޭގައި ދިރިއުޅެމުންގެންދާ ރަށްރަށުގެ ފުޓްބޯޅަ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު މާލޭގައި ދައްކާލުމުގެ ފުރުޞަތު ލިބިގެންގޮސްފައިވީނަމަވެސް މިއަދު މިވަނީ އެފުރުޞަތުވެސް ނުލިބިފައެވެ. ރާއްޖެތެރޭގައި ބޭއްވޭ އަތޮޅުފުޓްބޯޅަ މުބާާރާތްތަކުގައި ވާދަކޮށް ޒޯން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން މާލޭގައި އޮންނަ ދިވެހިލީގުބުރުގައި ކުޅުމުގެ ފުރުޞަތު ލިބުމުން ރާއްޖެތެރޭގެ ގިންރަށްތަކުގެ ފުޓްބޯޅައަށް ދިރުންލިބި ފުޓްބޯޅައިން ކުރިއަށްދިއުމަށް އާ ހިތްވަރެއް ލިބިގެންދެއެވެ. ހަމަ އެހެންމެ ރާއްޖެތެރޭގައި ދިރިއުޅެމުންގެންދާ ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ރާއްޖޭގެ އެންމެމަތީ ފަންތީގައި ދަށްކާލުމަށް ޖާގަލިބިގެންދެއެވެ. މިއަދުވެސް ރާއްޖެއިން އެންމެބޮޑަށް ފާހަގަކުރެވޭ ކުޅުންތެރިންގެ ތެރޭގައި މިފަދަ ކުޅުންތެރިން ހިމެނޭކަން މިފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.

މިހެންކަމާއިއެކު ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ދިރުވާ އާލާކުރަން ބޭނުންކަމަށްވާނަމަ ރާއްޖެތެރޭގައި ދިރިއުޅެމުންގެންދާ ފުޓްބޯޅަ ކުޅުންތެރިންނަށްވެސް މިހާރަށްވުރެ ގިނަ ފުރުޞަތުތަކެއް ހޯދައިދީ މިކުޅުންތެރިންގެ ބައިވެރިކުރުން އިތުރުކުރަން ޖެހެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޤަތަރު ޓީމް ރާއްޖެ އަތުވެއްޖެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބާއްވާ ވާލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯނުގެ ދެ ވަނަ ބުރުގެ ގްރޫޕް ސީ ގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz