ރާއްޖޭއަކީ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ބޭނުން-ޕޮލިސް

ރާއްޖޭއަކީ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް އާއްމުންގެ އެއްބާރުލުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

ފަހަކަށް އައިސް މާރާމާރީއާ ވައްކަމާ ފޭރުން ފަދަ ޖިނާއީ ކުށްތައް ހީނުކުރާހާ މިންވަރަށް އިތުރުވަމުން ދިއުމާ ގުޅިގެން އެކަންތައްތައް ހުއްޓުމަކަށް ގެނައުމަށް ފުލުހުންވަނީ ވޭތުވެދިޔަ މާޗްމަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަންތަކެއް ފައްޓާފައެވެ. އަދި އޮޕަރޭޝަންތައް މިހާރު އިތުރަށް ވަރުގަދަ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިންވަނީ ބުނެފައެވެ.

ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒް ވިދާޅުވީ، މާލެއާ އަތޮޅު ތެރޭގައި އަމަން ގާއިމު ކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް ކުރިއަށް ދިއުމަށް ތައްޔާރަށް ފުލުހުން ތިބި ކަމަށާ، އަދި މާރާމާރީއާ ވައްކަމާ ފޭރުން ފަދަ ކުށްތައް ކުރަމުން ގެންދާ ފަރާތްތައް ހިފާހައްޔަރުކޮށް އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ނަވާޒް ވިދާޅުވިއެވެ.

މިއަހަރުގެ ފާއިތުވީ ތިން މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާރާމާރީ ހިންގުމާ ތަންތަނަށް ގެއްލުން ދިނުމާ ވައްކަމާ ފޭރުން ފަދަ ޖިނާއީ ކުށްތައްވަނީ އިންތިހާއަށް އިތުރުވެފަ. ފުލުހުން މައުލޫމާތުދޭ ގޮތުގައި މާރާމާރީއާ ވައްކަމާ ފޭރުން ފަދަ ކުށްތައް އިތުރުވެފައިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަން ޖެހޭ ގިނަ ބަޔަކު މުޖުތަމައަށް ދޫވެފައި ތިބުމުގެ ސަބަބުންނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފި.

ފުލުހުންނާ ސިފައިންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ޕީޕީއެމް އިން ގޮވާލައިފިއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ހިންގާ ސިލްސިލާ ކަންތައްތަކުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz