ރާއްޖެ ޓީވީ އަށް ފުލުހުން އެއްބާރުލުންދޭން ނިންމައިފި

ދިވެހި ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާގޮތަށް ހަޤީޤަތް އޮޅޭގޮތަށް ރާއްޖެޓީވީން ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާކަމަށް ތުހުމަތުކޮށް  ރާއްޖެ ޓީވީއަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ދިނުން 24 ޖުލައި 2012 ވަނަ ދުވަހު ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިއަދުން ފެށިގެން ރާއްޖެ ޓީވީ އަށް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުންދޭން ނިންމައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ރާއްޖެ ޓީވީ އަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އެއްބާރުލުންދޭން ނިންމީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ ޓީވީން ދިވެހި ފުލުހުންނާއި ގުޅޭގޮތުން ގެނެސްދެމުންދާ ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމުގައި ކުރިއާއި ޚިލާފަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމުގެ އުޞޫލުތަކާއި ހަމަތައް ހިފަހައްޓަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއަށް ޤަބޫލު ކުރެވޭތީ ކަމަށް ބުނެފައި ވެއެވެ.

ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން އަނެކުންގެ ކަރާމަތާއި ޢިއްޒަތަށް އުނިކަމެއް ނުލިބޭނެގޮތަށް ބޭނުންކޮށް ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ނޯޅޭނެފަދަ ގޮތަކަށް ހުރިހާ މީޑީއާތަކުންވެސް މަސައްކަތް ކުރުމަކީ ދިވެހި ފުލުހުން އަބަދުވެސް އެދޭކަމެއް ކަމަށާއި އެފަދަ ފަރާތްތަކަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާނެކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުށްވެރިން ނަށް ފިލަން އެހީތެރިވެދޭނަމަ ފިޔަވަޅު އަޅާނަން – ޕޮލިސް

މާރާމާރީއާއި ރޭވިގެން ހިންގާ ކުށްތައް ކުރާ ފަރާތްތައް ފިލަން އެހީތެރިވެދޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz