ރާޅު ގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާއި ހަވާލުކުރަން ޖެހޭކަމަށް ގަބޫލެއްނުކުރަން -އަލިބެ

މާލެ ލޮނު ޒިޔާރަތްކޮޅު ރާޅު ގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާއި ހަވާލުކުރަން ޖެހޭކަމަށް ގަބޫލް ނުކުރާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކައުންސިލްގެ މޭޔާރ އަލިމަނިކް ( އަލިބެ ) ވިދާޅުވީ ހައުސިން މިނިސްޓްރީން ކައުންސިލަށް ބިން ދޫކުރި އިރު އަންގަވާފައިވާ އުސޫލުތަކާއި ހިލާފަށް ކައުންސިލުން އަމަލު ކުރައްވަނީ ކަމުގައި ވަނީނަމަ ލޮނި ޒިޔާރަތް ސަރަހަދު މިއަންނަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭވެކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން އެބިން ހައުސިން މިނިސްޓްރީއާއި ހަވާލުކުރުމަށް ނުނިންމާކަމަށާއި އެގޮތައް އަމަލުކުރެވޭނީ ބަލަންވީ ކަންތައްތައް ބަލަންވާ މިންވަރަށް ބެލުމަށްފަހުގައި ކަމަށް އަލިބެ ވިދާޅުވިއެވެ. އަދި އެކަމާއި ބެހޭގޮތުން ވަކިއެއްޗެއް އެމްޑީޕީއަށް ވެސް އަންގާފައި ނުވާނެކަމަށް އަލިބެ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ރާޅުގަނޑު ސަރަހައްދު އެމްޑީޕީއަށް ދިގު މުއްދަކަށް ދޫކޮށްފައިވަނިކޮށް އެ ސަރަހައްދުގައި ގާނޫނާއި ހިލާފަށް ކަންކަން ކުރަމުން ދާކަމަށް ބުނެ މިދިޔަ މަހުގެ ނަވާރަ ވަނަ ދުވަހު ފުލުހުންނާއި ސިފައިން ވަނީ އެސަރައްދުގައި ހުރި އެމްޑީޕީގެ ކޭމްތައް ރޫޅާލާއި އެސަރަހައްދު ސާފްކޮށްފައެވެ. އަދި މިމައްސަލަ އެމްޑީޕީން ވަނީ ކޯޓަށް ވައްދާފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz