ރަޝިއާ އިން ބެލުންތެރިން ހިނިތުން ކުރުވައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިއާ ކުޅުނު ފުރަތމަ މެޗުގައި ދެއްކި މޮޅުކުޅުމާއި އެކު ޔޫރޯގެ ބެލުންތެރިން ހިނިތުން ކުރުވައިފިއެވެ. ގިނަ ބަޔަކު ޤަބޫލްކުރާ ގޮތުގައި ރޭގެ މެޗުގައި ރަޝިއާ ޓީމްގެ ފަރާތުން ފެނިގެން ދިޔަ މޮޅު އެޓޭކިންގ ފުޓްބޯޅައަކީ މި މުބާރާތުގައި ބެލުންތެރިން އެންމެ ދެކެން ބޭނުންވިފަދަ ކުޅުމެކެވެ. ރޭގެ މެޗުގައި ރަޝިއާ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ރީތި ޕާސްތަކާއިއެކު ހަލުވި މޮޅު ކުޅުމެކެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރަޝިއާ ރޭ ބައްދަލްކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ޓީމާއެވެ. މި މެޗު ރަޝިއާއިން ކާމިޔަބު ކޮށްފައިވަނީ  4- 1 ލަނޑުންނެވެ.

ގިނަ ބަޔަކު މުބާރާތުގެ ކުރިން ވެސް އުއްމީދުތަކެއް ކުރި ރަޝިއާ އިން ލީޑު ނެގީ  15 ވަނަ މިނެޓުގައި ޒަގޮއެވްގެ ލަނޑުންނެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ  24 ވަނަ މިނެޓުގައި ރޯމަން ޝިރޯކޮފް އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ސޯވިއެޓް ޔޫނިއަނުގެ ބައެއްގެ ގޮތުގައި ކުރިން އޮތް ރަޝިއާ އިން ދެ ލަނޑު ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލިއިރު، ޗެކް ރިޕަބްލިކުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހާފަ އެވެ. މި ލަނޑު  52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވަކްލަވް ޕިލާ އެވެ.

ރަޝިއާ އިން ތިން ޕޮއިންޓް ކަށަވަރުކުރީ  79 ވަނަ މިނެޓުގައި ޒަގޮއެވް ޖެހި ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރަޝިއާގެ ތިން ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ ރޯމަން ޕަވްލެޗެންކޯ އެވެ. ޔޫރޯ  2008 ގައި ވިދާލި ޕަވްލެޗެންކޯ މި ލަނޑު ޖެހީ ޗެކް ރިޕަބްލިކުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފަ އެވެ.

މި މުބާރާތް ހުޅުވުމުގެ ގޮތުން ޕޮލެންޑާއި ގްރީސް ބައްދަލްކުރި މެޗް ނިމިގެން ގޮސްފައިވަނީ 1 – 1 ލަނޑުން ދެޤައުމް އެއްވަރުވެގެންނެވެ. މިމެޗުގައި މުބާރާތުގެ ފުރަތަމަ ރަތްކާޑާއިއެކު ދެރަތްކާޑު ފެނިގެން ގޮސްފައި ވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz