ރަމަޟާންމަހާއި ގުޅުންހުރި ވަރަށް ސަޅި ވެބްސައިޓެއް

އިސްލާމިކް ފައިންޑަރ ވެބްސައިޓަކީ އިސްލާމްދީނުގެ ކަންކަމާއި ގުޅިލާމެހިފައިވާ އެތަކެއް ދީނީ މަޢުލޫމާތުތަކެއް އެއްތަނަކުން ލިބިގެންދާ ވަރަށް ފުރިހަމަ ވެބްސައިޓެކެވެ.

ނަމާދު ވަޤުތާއި އިސްލާމްދީނަށް ނިސްބަތްވާ މުހިންމު ތަންތަނުގެ މަޢުލޫމާތާއި ދުޢާތަކާއި ޛިކުރުތައްވެސް ހިމެނޭ މި ވެބްސައިޓުގައި ރަމަޟާންމަހާއި ގުޅުންހުރި ވަރަށް މުހިންމު ފައިދާކުރަނިވި މަޢުލޫމާތުތަކެއް އަޕްޑޭޓްވަމުން ދެއެވެ.

އެގޮތުން ރަމަޟާންމަހާއި ގުޅުންހުރި އާރޓިކަލް ތަކާއި ރަމަޟާންމަހުގެ ކައުންޓު ޑައުންވެސް މި ވެބްސައިޓުން ފެނިގެންދާއިރު، މިސައިޓުގައި ޒަކާތަށް ޚާއްޞަ ކަލްކިއުލޭޓަރއެއްވެސް ހިމަނާފައިވެއެވެ.

މިސައިޓުގައި އިނދެގެން ޤުރްއާން ކިޔަވާލަން ބޭނުންވެއްޖެނަމަ އެކަންވެސް ކުރެވެއެވެ. ދުޢާއެއް ކިޔާލަން ބޭނުންވެއްޖެނަމަ އެކަންވެސް ކުރެވެއެވެ. ނަމާދު ވަޤުތުބަލަން ބޭނުންވެއްޖެނަމަ އެކަންވެސް ކުރެވެއެވެ. ދެން ނަމާދު ވަޤުތުޖެހެން ބާކީ އިންނަ ވަޤުތުވެސް މި ވެބްސައިޓުން ދައްކުވައިދެއެވެ.

މިހެންގޮސް ކިޔާނެކަމެއްނެތެވެ. ވަރަށް ގިނަ ގުނަ މަޢުލޫމާތުތައް އެކުލެވޭ މިވެބްސައިޓަކީވެސް ވަރަށް މުހިންމު ވެބްސައިޓެއްކަން އަޅުގަނޑުހަމަ ފާހަގަކޮށްލަމެވެ.

ވެބްސައިޓަށް ޒިޔާރަތްކޮށްލުމަށް މި ލިންކަށް ކްލިކް ކުރައްވާ

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

ޤުރުއާން ކިޔަވަން ދަސްކުރަން ވަރަށް ފަސޭހަ ސައިޓެއް.

ރިސައިޓް ޤުރުއާން (recitequran.com)  އަކީ ޤުރުއާން ކިޔަވަން ދަސްކުރާ ކުދިންނަށާއި، ބޮޑެތި މީހުންނަށްވެސް ވަރަށް ބޭނުންތެރި ފުރިހަމަ އެހާމެ ފަސޭހަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz