ރައްޔިތުންގެ މަޖްލިސްގެ ރައީސް “މަސީޙް” ގެ އިތުބާރު ނެއްކަމަށް ވޯޓުނަގަނީ

ޤައުމުގެ ޙާލަތު މިވަގުތު އޮތްގޮތުން ކަމަށްބުނެ ރައްޔިތުންގެ މަޖްލިސްގެ ރައީސް މަސީޙްގެ އިތުބާރު ނެއްކަމުގެ ވޯޓެއްނެގުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުން ދާކަމަށް  ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރައީސްކަމުން މަސީޙް ބޭރުކުރުން ލަސްވެއްޖެކަމަށާއި، މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން މަޖްލިސް މެމްބަރުންނަށް ބިރު ދައްކާ ހައްޔަރު ނުކޮށްފި ނަމަ މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބް ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ރިޔާޒް ވިދާޅުވީ، މަސީހް ބޭރުކުރަންޖެހެނީ މަސީހް މަޖްލިސްގެ ރައީސަކަށް ހުންނަވައިގެން މަޖްލިސްގެ ގަވާއިދަށް ބެއްލެވުމަށް ނެތި އަމަލް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ވުމަށް ފުރުސަތު ނުދެއްވާ އިރު ވަޒީރުންނާއި ސުވާލު ކުރުންވެސް ހަނިކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭނީ، މަދުވެގެން 15 މެމްބަރުންގެ ލިޔުން ހުށަހަޅައިގެންނެވެ. އަދި އެލިޔުންތައް މަޖްލިސްގެ އިދާރާއަށް ލިބޭތާ 3 ދުވަހުގެ ތެރޭގައި މެމްބަރުންނަށާއި، މަޖްލިސްގެ ރައީސަށް ނޯޓިސް ފޮނުވަން ޖެހޭނެއެވެ. އަދި ނޯޓިސް ލިބޭތާ 10 ދުވަހުގެ ތެރޭގައި މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ގާނޫނު ފާސްކޮށްފި.

ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ …

ޚިޔާލެއްދެއްވާ

avatar