ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް – މުސްޠަފާ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅަކު ކަނޑައެޅުމަށް އެޕާޓީން ބޭއްވި ޕްރައިމަރީޒްގައި ކާމިޔާބު ހޯއްދަވައިގެން ގެއްލުނު ގޮނޑި އަލުން އަނބުރާ ހޯދުމުގެ ފުރުސަތު ކުރިންވެސް އެދާއިރާ ތަމްސީލް ކުރެއްވި މުހައްމަދު މުސްތަފާ ހޯއްދަވައިފިއެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ބޭއްވި ތިމަރަފުށީ ދާއިރާގެ ޕްރައިމަރީޒް ބޮޑު ތަފާތަކުން މުހައްމަދު މުސްތަފާ ކާމިޔާބު ކުރައްވާފައިވަނީ އެޕާޓީގެ ތިން ބޭފުޅަކާއި ވާދަކުރައްވައި ތިންސަތޭކަ ފަސްދޮޅަސް ހަތް ވޯޓް ކާމިޔާބް ކުރައްވައިގެންނެވެ. މުސްތަފާ އާއި ވާދަކުރެއްވި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހުމަދު ޝަފީގަށް ލިބިވަޑައިގެންފައި ވަނީ ތިރީސް ނުވަ ވޯޓެވެ.

މިއިންތިޚާބުގައި ދެން ވާދަކުރެއްވި އަބްދުއް ރަޝީދު އަބްދުﷲ އަށް ލިބިވަޑައިގެންފައިވަނީ ސާޅިސް ނުވަ ވޯޓްއެވެ.

އަންނަ އެޕްރީލް މަހުގެ ސާދަ ވަނަ ދުވަހު ބާއްވާ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ މުހައްމަދު މުސްތަފާކަން ޔަގީންވެފައިވާއިރު، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމްއެވެ. މި ދެޕާޓީ ފިޔަވައި އެހެން ޕާޓީއަކުން އަދި ތިމަރަފުށީގެ ގޮނޑިއަށް ކެންޑިޑޭޓަކު ނެރެފައެއްނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މުސްޠަފާގެ މައްސަލަވެސް ބަލަނީ.

މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ޓީވީން ލައިވްކުރަމުން ދިޔަ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz