ރައްޔިތުންނަށް ހަމަޖެހުން ލިބޭނީ ކޮންދުވަހަކުންބާ !!!؟

ދިވެހިރާއްޖޭއަށް މަލްޓިޕާރޓީ ސިސްޓަމް ތަޢާރަފް ވީންސުރެން މިއަދާއި ހިސާބަށް ދިވެހިންނަށް ހިތްހަަޖެހުމާއި ހާއުފާވެރިކަން ލިބިފައިވޭބާވައެވެ ؟  މަލްޓި ޕާރޓީ ސިސްޓަމްގެ ތެރެއިން ފުރަތަމަ ފަހަރަށް ބޭއްވުނު ރިޔާސީއިންތިޙާބުގައި ރައްޔިތުން އެމްޑީޕީ ކޯލިޝަންއަށް ވޯޓްލާން ނިކުމެ އެމްޑީޕީ ކޯލިޝަންއަށް ވޯޓްލައިފައިވަނީ ވަރަށް ފޮނި އުއްމީދަކާއި އެކުގައެވެ. ޙާއްޞަކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވުމަށް ބުރަމަސައްކަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ( އަންނި)  ދިވެހިރާއްޖޭގެ ވަލިއްޔުލް ޢަމުރުކަމަށް އިންތިޙާބުކުރީ ރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ހާއުފާވެރިކަމާއި އެކު މިޤައުމުގައި އުޅެވޭނެކަމުގެ ވަރަށް ފޮނި އުއްމީދަކާއި އިތުބާރަކާއި އެކުގައެވެ.

ނަމަވެސް އަންނިގެ ވެރިކަމަށް 3 އަހަރުވެގެން ގޮސްފައިވާއިރު ރާއްޖެއިން ފެނިގެން ގޮސްފައިވަނީ ދިވެހިން އުއްމީދުކުރިފަދަ މަންޒަރުތަކެކޭ ދެންނެވޭކަން ނެތެވެ. މަލްޓިޕާރޓީ ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި ދުވަސްވަރަށް ވުރެ ރާއްޖޭގެ ރައްތަކުގައި މިވަނީ ފިތުނަ ފަސާދައުފެދި ބައިބައިވުން އިތުރުވެ އެކަކުއަނެކަކަށް ކުރާ އިހުތިރާމް ނެތި ގޮސްފައޭ ދަންނަވަން ޖެހެއެވެ.

ހަމަ އެހެންމެ ރާއްޖޭގެ ގިނަ ޤާނޫނީ މާހިރުންނާއި ދީނީ ޢިލްމްވެރިން ވިދާޅުވާގޮތުންނަމަ ވޭތުވެދިޔަ ދެތިން އަހަރަކީ ރާއްޖޭގެ ތާރީޙްގައި މިހާތަނަށް ދިވެހި ސަރުކާރަކުން ދިވެހިރާޢްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފް ނުވާމިންވަރަށް ޤާނޫނާއި ޚިލާފްވެ، ރާއްޖޭގައި މިވާ ސައްތައިން ސައްތަ އިސްލާމްކަން ބަލިކަށިކޮށްލުމަށް މަސައްކަތް ކޮށްފައިވާ ތިން އަހަރެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގައި ކަރަޕްޝަންގެ ޢަމަލްތައް މިއިންދުވަހަކު މައްޗަށް ނުދާމިންވަރަށް ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ގޮއްސްފައިވާކަމަށް ިކަންތައްތައް ދިރާސާކުރައްވާ ފަރާތްތަކުން ހާމަކުރައްވައެވެ.

ކަންމިހެން ހުރުމާއިއެކު މިދިޔަ މަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ރައީސް ނަޝީދުމިވަނީ އިސްތިުފާ ދެއްވާފައެވެ. ރައީސް ނަޝީދުގެ އިސްތިޢުފާއަށްފަހު ދެން މިހާރު ފެނިގެން މިދާ މަންޒަރުތަކަކީ އަދި މިހާތަނަށް ދިވެހިތާރީޙް ދެކެފައި ނުވާފަދަ ހަމަނުޖެހުންބޮޑު ހިތްދަތި ދުވަސްތަކޭ ދަންނަވަން ޖެހެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުން އަޅުގަނޑުމެންކަހަލަ ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިއަދު މިވަނީ އެތައްއެތައް އުދަގޫ ތަކަކާއި ކުރިމަތި ލާންޖެހިފައެވެ. ޚާއްޞަކޮށް މިއަދު ރާއްޖޭގައި ހިނގަމުންމިދާ ސިޔާސީ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް އަންނަނީ ނަފްސާނީގޮތުން އެތައްއެތައް ގެއްލުންތަކެއް ލިބެމުންނެވެ. ދޭދޭއަފްރާދުންގެ މެދުގައިވާ ގުޅުންތަކަށް ބުރޫއަރާ ، ގިނަރަށްތަކުގައިވާ ކުދިކުދި ޢާއިލާތައް މިދަނީ ބައިބައި ވަމުންނެވެ.

މިހެންކަމާއިއެކު ސިޔާސީ ދާޢިރާގައި މިއަދު ހަރަކާތްތެރިވެލައްވާ އެންމެހާ ބޭފުޅުން އެންމެހާ ދިވެހި ރައްޔިތުންނާއިމެދު ވިސްނާ ފިކުރުކުރަން ވެއްޖެއެވެ. ހުރިހާ ފަރާތްތަކުންވެސް ދޫދީ ދިވެހިރައްޔިތުންނަށް ހަމަޖެހުމާއި ހާއުފާވެރިކަން ލިބޭނެގޮތެއް ހޯއްދަވައިދެން ވެއްޖެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ – ރިޔާސީ ބަޔާން

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ …

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

thiya kureveny noos veri kameh noon dharinne thiya kureveny mihaar cempain, thivaru ves nudhanna bayakah thikaneh nuvaaane. hama hama nukureven yaa avahah nuvaane bunefa dhurah dhamaa hingavaa

ކުޑަބެ
ކުޑަބެ

ހަޖަމް ނުވަންޏާ ގެރިކިރު ދަޅެއް ބައްލަވައިގަނެގެން ގެއަށް ދުރުވޭ. ފަހަރެއްގަ ތަންކޮޅެއް ފަސޭހަ ވެދާނެ.

wpDiscuz