“ރައީސް ޔާމީނަކީ ރައްޔިތުން ބަލައިގަންނަ ކަހަލަ ސިފަތަކެއް ހުރިމީހެއްނޫން” މަޚުލޫފް

 

އިކޮނޮމިސްޓެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް މަޝްހޫރުވެފައިވާ އަދި %25 ވޯޓާއެކު ރާއްޖޭގެ ވެރިކަމުގައި މިހާރުހުންނެވި އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ފަތިފުށް، ރައްޔިތުންގެ ޢިއްޒަތްތެރި މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރ އަޙުމަދު މަޚުލޫފް ކިޔައިދެއްވައިފިއެވެ. ވީޓީވީގެ “ފަސްމަންޒަރު” ޕްރޮގުރާމްގައި ރޭ ރައްޔިތުންގެ ޢިއްޒަތްތެރި މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރ އަޙުމަދު މަޚުލޫފް ވިދާޅުވިގޮތުގައި ރައީސް ޔާމީނަކީ ރައްޔިތުން ބަލައިގަންނަ ކަހަލަ ސިފަތަކެއް ހުރިމީހެއްނޫނެވެ.

މިގޮތުން ރައީސް ޔާމީން ވެރިކަމަށް ކުރިމަތިލެއްވިއިރުވެސް ރައްޔިތުންނަށް އެމަނިކުފާނު ރަނގަޅަށް އެނގިވަޑައިގެންފައިނުވާކަމަށާއި، ކެމްޕޭން ކުރެއްވުމަށް ރަށްރަށަށްގޮސް އެމަނިކުފާނު ވިއްކަންޖެހުނީ އިކޮނޮމިސްޓެކޭ ކިޔައިގެންކަމުގައި މަޚުލޫފް ވިދާޅުވިއެވެ. “ޑޯރ ޓް ޑޯރ” ވަޑައިގަތުމަށްވެސް ފަސްޖެހިވަޑައިގެންނެވިކަމަށާއި، އަދި ވެރިކަން ލިބިވަޑައިގަތުމުން ރައްޔިތުންނަށް ޝުކުރުދަންނަވަން ވަޑައިގަންނަވާށޭ ދެންނެވުމުންވެސް “ފަޔަށްތަދުވާތީއޭ” ކިޔައި ވަޑައިނުގެންނެވިކަމަށްވެސް މަޚުލޫފް ވިދާޅުވިއެވެ.

މީގެއިތުރުން ވެރިކަމަށް ވަޑައިގަތީ ޤާސިމް އިބުރާހީމްގެ ވަރަށްބޮޑު ހިއްސާއެއް އެކުލެވިގެންކަމަށާއި އެމަނިކުފާނު ގިނިކަންޏާ ވަޑައިގެން އެކަމަކީ ކުރެއްވޭނެކަމެއްނޫންކަމުގައި ވިދާޅުވިއެވެ. އިއްޔެ ރިޔާސީ ބަޔާން އިއްވަވާ ނިންމެވުމަށްފަހު “ތަންބްސް ޑައުން” ދެއްކެވީ މަޚުލޫފާދިމާއަށް ކަމަށާއި އަދި އިރާދަކުރެއްވިއްޔާ 2018 ވަނައަހަރު ރައީސް ޔާމީނަށް “ތަންބްސް ޑައުން” ދައްކާލަދެއްވާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން ރައީސް ޔާމީން 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ހޮވިވަޑައިގަތަނުދިނުމަށްޓަކައި ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައިވެސް މަޚުލޫފް ވިދާޅުވިއެވެ.

ވެރިކަން ލިބިވަޑައިގަތުމުން ރައީސް ޔާމީން ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ މުށުތެރެއަށްލައި ބޮނޑިކޮށްލައްވަމުންގެންދަވާކަމަށްވެސް މަޚުލޫފް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މެދުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އޮތް ތާއީދު ފެނި އެމަނިކުފާނުގެ މައްޗަށް ކުއްލިއަކަށް ޓެރަރިޒަމްގެ ދައުވާކޮށް ސިޔާސީ ބޭފުޅުން ހައްޔަރުކޮށްގެން އުޅޭއުޅުމަކީވެސް ރައީސް ޔާމީންގެ ނާޤާބިލްކަން ކަމުގައި މަޚުލޫފް ވިދާޅުވިއެވެ.

ރޭ ވީ ޓީވީ އަށްދެއްވި ބަސްދީގަތުމުގައި މަޚުލޫފް އިތުރަށް ވިދާޅުވީ މިހާރުގެ ޓްއަރިޒަމް މިނިސްޓަރ އަޙުމަދު އަދީބަކީ އެމަނިކުފާނަށް ހުރި ބިރެއްކަމުގައެވެ. މިގޮތުން ބިރުދެއްކުމުގެ ގޮތުން “އަލްހާން ފަހުމީއަށް ވީ ގޮތް ވާނެ މީހެކޭ” ވެސް މަޚުލޫފާއި ދިމާއަށް އަދީބް ވިދާޅުވެފައިވާކަމަށް ތުހުމަތުކުރެއްވިއެވެ.

މަޚުލޫފް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އެމަނިކުފާނު ވަނީ ވެރިކަން ކުރާ ޕާޓީ ޕީ ޕީ އެމް އިން ވަކިވެވަޑައިގެންފައިކަން ފާހަގަކޮށްލެވެއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަޚުލޫފް އަނެއްކާވެސް އެމްޑީޕީއަށް!

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަނެއްކާވެސް އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރެން …

ޚިޔާލެއްދެއްވާ

avatar
wpDiscuz