ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް…

ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް އިއްޔެ ފޮނުވައިފިއެވެ. މި މައްސަލަ އެ ކޮމެޓީ އަށް ފޮނުވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 34 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލުގެ ދަށުން އެއީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ގެ ނަމުގައި ދެ މިނިސްޓްރީއެއް އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތަށް އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓުގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ނަމަށް ބަދަލުކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އަނބުރާ ފޮނުވާލި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލް ދިރާސާ ކުރުމަށްޓަކައި އިޖުތިމާއީ ކޮމެޓީ އަށް ފޮނުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އަދި ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓުގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ރާއްޖެ ބައިވެރިވުމުގެ މައްސަލަ ވެސް ގައުމީ ތަރައްގީއާ ބެހޭ ކޮމެޓީ އަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެއްސެވި ގަޑީގައި އެމްޑީޕީއަށް ނިސްބާތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހުރަސްއެޅުމުގެ ސަބަބުން ބައެއް މެމްބަރުންވަނީ ނަންއިއްވައި ސިފައިންގެ އެހީގައި މަޖިލީހުގެ ޗެމްބަރުން ނެރެފައެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ސިފައިންގެ އެހީގައި މަޖިލީސް ޗެމްބަރުން ނެރެފައެވެ.

އިއްޔެގެ ޖަލްސާ ނިންމާލުމުގެ ކުރިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދިޔަ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މީގެ ކުރިން ނަން އިއްވާ މެމްބަރުން ސިފައިންގެ އެހީގައި މަޖިލީހުން ނެރެނީ އެ މެމްބަރުންގެ ގައިގައި އަތްލައި އަދި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ނަން އިއްވާ މެމްބަރުން މަޖިލީހުން ނެރުމުގެ ތެރޭގައި އެހެން މެމްބަރުން ވެސް ޝާމިލުވެ އެ މެމްބަރުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަސީހު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިސްތިއުފާ ނުދެއްވާކަމަށް ރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ރޭ ބޭއްވި …

ޚިޔާލެއްދެއްވާ

avatar
މިހާސް
މިހާސް

ސުރުހީ ތަންކޮޅެއް ދިގީދޯ !

wpDiscuz