ރައީސް މާދަމާ އައްޑުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ.

އެމްޑީޕީ އިން ނާއި، ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ، ރައީސް ޑރ.މުހަންމަދު ވަހީދު ޙަސަން މަނިކު އައްޑޫ ސިޓީ އަށް ވަޑައިނުގެންނެވުމަށް އިންޒާރު ދީފައިވަނިކޮށް މާދަމާގެ ހެނދުނުގެ ވަގުތެއްގައި އައްޑޫ އަށް ވަޑައިގަންނަވާނެ ކަމަށް އައްޑޫ އިއްތިހާދުން ބުނެފި ކަމަށް މީޑިއާގައި ޚަބަރު ފެތުރެމުން އެބަދެއެވެ.

އިއްތިހާދުގެ އޮފިޝަލެއް ވިދާޅުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނަނީ ރައީސް އައްޑޫއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ދެންނެވުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، އެމްޑީޕީ އިން އިންޒާރު ދިނުމުން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގަމަށް ދާން ބޭނުންވާ މީހުން މާދަމާ ހެނދުނު 7:00 ގައި ގަމަށް ގެންދަން ފަށާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް ޑރ.މުހަންމަދު ވަހީދު އައްޑޫ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު ކޮޅުއެވެ. އަދި އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެރަށަށެވެ. ރައީސް ޑރ.ވަހީދު ހިތަދޫ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރުގެ ވަގުތެއްގަ އެވެ. އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9 ޖަހާއިރެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައްޑޫސިޓީ ފޭދޫ 31 ގެއަކަށް މަރަދޫން 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއްވެއްޖެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހި، އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން މިހާތަނަށް ފޭދޫން …

ޚިޔާލެއްދެއްވާ

avatar
wpDiscuz