ރައީސް ވިލިފުށްޓަށް ވަޑައިގަންނަވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވިލުފުށްޓަށް ވަޑައިގެން، ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިލުފުށްޓަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ވަރަށް ޚާއްޞަ ލޯތްބެއް އުފެދިފައިވާ ރަށެއްކަމަށެވެ.

ވިލުފުށީގެ ތަރައްޤީއަށް ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރިކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ވިލުފުށީ ޞިއްޙީ މަރްކަޒު މިއަދުހުރީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށެވެ. އަދި އެ މަރްކަޒުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި ޞިއްޙީ މަރްކަޒުން އަސާސީ ޓެސްޓްތައް ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާނެ ކަމަށާއި، ހެލްތް މިނިސްޓަރަށް އެކަން އަންގަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭނެ ދަނޑެއްގެ ކަންތައްވެސް ހަމަޖެހިގެންދިޔުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، ޔޫތު މިނިސްޓަރ މެދުވެރިކުރައްވައި، މިކަން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ޙަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކެއް އެމަނިކުފާނުގެ ސަރުކާރުގައި ބައިވެރިވެފައިވާ ކަމަށާއި އެމް.ޑީ.ޕީ.ވެސް މި ސަރުކާރުގައި ބައިވެރިވެ، ސަރުކާރާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz