ރައީސް ވަހީދުގެ ތްރީޑީ މަގުޗާޓް

                         އަޅުގަނޑު މިލިޔުމުގައި ބަލައިލެވޭތޯ މަސައްކަތް ކުރާނީ 7 ފެބުރުއަރީގައި މިރާއްޖޭގެ ވެރިކަން ބަދަލު ވުމައްފަހު މިއަދާއި ހިސާބަށް ރައީސް ވަހީދުގެ ސަރުކާރުން ހާސިލް ކޮށްފައިވާ ” އާއުސްމިން ” ތަކަށެވެ. ކޮންމެޔަކަސް 23 ޑިސެމްބަރ އިއްތިހާދު ކިޔާބަޔަކާއި ރައީސް ނަޝީދުގެ ނައިބުރާއީސް ވަހީދު ހަސަން އާއި ވެރިކަމުގެ ބައިޔަތު ހިފާ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ރައީސް ނަޝީދުގެ ވަރަައްގިނަ ކުއްތަކެއް ދައްކާ މާތްވެގެންވާ އިސްލަމީ ރިވެތި އުސޫލުން ހިންގާ ހިޔޮލަފާ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ކޮށްދިނުމުގެ ނަމުގައެވެ.

       23 ޑިސެމްބަރ އިއްތީހާދުގެ މީހުން ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި މަސްހޫރު ބައެއްދީނީ ދަންނަބޭކަލުންލައްވާ އެންމެ ގަދަޔަށް ދައްކަމުން ގެންދެވި ވާހަކަ ތަކަކީ ރައީސް ނަސީދުގެ ސަރުކާރު ލާދިނީ ވާ ވާހަކަޔާއި، އިޒުރޭލް ފުލައިޓެއް މިރާއްޖެއަށް ޖައްސަން އުޅޭވާހަކަޔާއި ، ރައްޔިތުންގެ އަތުން ޖީ އެސް ޓީ ނަގާވާހަކަޔާއި ، ޑޮލަރު މައްޗައްދާ ވާހަކަޔާއި، އެމެރިކާގެ ގުއަންޓާނާމޯބޭ ޖަލުން ގޮތްނޭގޭ ކުއްވެރިންތަކެއް ރައްޖެއަށް ގެންނަ ވާހަކަޔާއި، ކަރަޕްޝަން ހައްދުފަހަނައަޅާ ގޮސްފައި ވާވާހަކަޔާއި، މީސް މީހުންނަށް ރިސޯޓް ހެދުމަށްޓަކައި ރައްތަށް ބަހަމުން ދާވާހަކަޔާއި، އަދި މަސްހޫރު އަބުދުﷲ ގާސީ ރަހީނުކުރި ވާހަކައެވެ. މިކަހަލަ މިކަހަލަ ވާހަކަ ތަކެކެވެ.

             ސުވާލަކީ: ރައީސް ވަހީދު ހަސަންގެ ވެރިކަމުގައި  7 މަސް ފާއިތުވެ ދިޔައިރު ރައީސް ނަޝީދުގެ ވެރިކަމުގައި ކުރެވިފައި ނުވާ ، ރައްޔިތުންނަށް ފައިދާހުރި ކޮންކަމެއްތޯ މިހާރު ރައީސް ވަހީދާއި 23 ޑިސެމްބަރ އިއްތިހާދުން ނުވަތަ މަދަނީ އިއްތިހާދުން ރައްޔިތުންނަށް ކޮށްދެނީ! މިސުވާލުގެ ޖަވާބު ދޫކޮށްލަން ޖެހެނީ އަޅުގަނޑުގެ ލިޔުންތަކަށް ކޮމެންޓްސް ދެއްވާ ބޭފުޅުންނަށެވެ. އެގޮތަކީ މަދަނީ އިއްތިހާދުގެ އިސްލާމީ ހިޔޮވެރިކަމުގެ (ރައީސް ވަހީދުގެ މިވެރިކަމުގެ) މަސައްކަތު ނާމާގެ ތެރެއިން  ރައްޔިތުންނަށްޓަކައި 7 މަސް ފާއިތުވެދިޔައިރު ކޮށްދެއްވަމުންގެންދަވާ މާގިނަ ކަންތަށްތަކެއް ” މިވަގުތު ” އަޅުގަނޑަށް ފާހަގަ ނުކުރެވޭތީއެވެ. ނުވަތަ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންނަށް ދެމުންއައި މުހިންމު ގިނަޙިދުމަތްތަކެއް ދޯހަޅިވަމުންދާތީއެވެ. އެހެން ނަމަވެސް ހާއްސަ ހަލަތެއް ދިމާވެގެން ކަމައްބުނެ ސަރުކަރުގެ މުއަޒަފުންގެ މުސާރައިން އުނިކުރިބައި މިމަހު ދޭންފެށިކަން ފާހަގަ ކުރަމެވެ.

        އިސްލާމީ ރިވެތި އުސޫލާއި އެއްގޮތަށް ތަރައްގީއާއި އަދުލު އިންސާފް ގާއިމް ކޮށްދެއްވާނެ ކަމުގައި ބުނަމުންއައި ޕީޕީއެމް އާއި އަދާލަތު އިސްވެއޮވެ ގެނައި ރައީސް ވަހީދުގެ ވެރިކަމުގެ 7 މަސްދުވަހުގެ ތެރޭގައި ކާމިޔާބު ކަމާއިއެކު އަމިއްލަ އެދުމައް ކުރައްވާފައިވާ ބައެއް ކަންތަކުގެ ވާހަކަތައް ކޮންމެސް ވަރަކަށް ލިޔެލާނަމެވެ.

1-     އިޒުރޭލުގެ ފުލައިޓް މިރާއްޖެއަށް ޖެއްސިއަ ނުދޭން މަސައްކަތްކުރި މީހުން އިޒުރޭލުގެ ފުލައިޓް  އައްޑޫ އަތޮޅަށް ޖައްސާ މިކަން ދިވެހިރައްޔިތުންނަށް އޮޅުވައިލުން.

2-     ޖީ އެސްޓީ ކަޑަކަމުގައި ބުނިމީހުން އިތުރު ޓެކްސް ނެގުމަށް ތައްޔާރުވަމުންދިއުން.

3-     ރައީސް ނަސީދުގެ ސަރުކާރުން ރައްޔަތުން ދަރުވައިލި ކަމަށްބުނި މީހުން އިތުރު 500 މިލިޔަން ޑޮލަރުގެ ލޯނެއް ޗައިނާގެ އެގްޒިމް ބޭކުން ނަގަން ތައްޔާރުވުން.

4-     ރައީސް ނަޝީދުގެ ސަރުކާރުން ކުރިސްޓިއަންދީން މިރާއްޖެއަށް ގެންނަން އުޅޭކަމަށްބުނި މީހުންގެ ******* ދިވެހިރާއްޖެއަށް ބައިބުލް އެތެރެކުރުން ، އަދި ************* ހިންދޫދީނަށް ވަދެ ކާލީމާކިޔާ ބުދަކަށް އީމާން ވާކަން އިއުލާންކުރުން.

5-     ތިރީސް އަހަރުގެ ވެރިކަމެއް ނިންމަވާލެއްވި ކުރީގެ ރައީސް މައުމޫނުގެ ކޮށްކޯފުޅު އަލްގީން ސްނާމީގައި ލިބުނު ގެއްލުމަށް ޖަޕާނު ސަރުކާރުން ހަދިޔާގެ ގޮތުގައި ދެއްވި އެތައްބައިވަރު ފައިސާޔަކަށް ހިޔާނާތްތެރި ވެފައިވާކަމައްބުނާ މައްސަލައެއްގައި ކޯޓުން ހުކުމަކާއި ހިސާބަށް ގޮސްފައިވަނިކޮށް އެމައްސަލަ އަބުރާގެނެސް ދެވަނަ ގާޟީއަކާއި މައްސަލަ ހަވާލުކޮށް ސާބިތުނުވާކަމަށް ކޯޓުން ނިންމާ އަލްގީނަކީ ސާފް ބޯކިރުފޮދެއް ކަމުގައި ހެދުން.

6-     ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް ( ޖ.ނާޒިމް) ގެ މައްސަލަވެސް  ކޯޓުން ސާބިތުނުވާ ކަމުގައި ނިންމުން. އަދި ރެޑްވޭވް ސަލީމުގެ މައްސަލަވެސް ސާބިތުނުވާ ކަމައްބުނެ ނިންމާލުން.

7-    2012 ވަނަ އަހަރުގެ ބަޖެޓްގައި ޖަހާފައިނުވާ 300 މިލިޔަން ރުފިޔާ މާލިއްޔަތު ގަވައިދާ މުޅިން ހިލާފަށް ********** ވެރިކަން ބަދަލުކޮށް ދިނީތީ މުސާރައިގެ ގޮތުގައި ހަދިޔާކުރަމުން ދިއުން .

8-     އެމްޑީޕީ މެނިފެސްޓޯގެ ވައުދުގެ ތެރެއިން ނިކަމެތި ރައްޔިތުންނަށް ދިނުމަށް ހުޅުމާލޭގައި އަޅާ 1000 ފުލެޓްގެ ތެރެއިން ސިފައިންނަށް 50 ފުލެޓް ދޭނެކަމަށް އިއުލާނުކުރުން.

9-     ސިފައިންގެ ފުއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުންދެއްވި ތަބުރުދޫ އައިލެންޑް 7 ފެބުރުއަރީގައި ސަރުކާރު ބަދަލުވީގޮތް ބެލުމަށް ނެސަނަލް އިންކްއަރީ ކޮމިޝަނުގައި ހިމެނުއްވި ސިންގަޕޯރުގެ ޖަޖް މިސްޓަރ ސެލްވަންގެ އަނބިކަނބަލުންގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ތަބުރުދޫ ވަހީދުގެ ސަރުކާރުން އަވަސް އަރުވައިލައިގެން ދިންކަމުގެ މައުލޫމާތު ލިބެމުންދިއުން. އަދި މިނޫނަސް ކުރީގެ އިމިގުރޭޝަންގެ ކޮންޓްރޯލަރ އިލިޔާސް ހުސޭނުގެ ބޯޑަރ ކޮންޓްރޯލްގެ ރިސްވަތުނާމާ އެދަނީ އެންޓި ކޮރަޕްޝަނުން ތަހުގީގު ކުރަމުންނެވެ.

 ކޮންމެޔަކަސް ރައީސް ވަހީދު ހަސަން ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ޕަބުލިކައްދެއްވި މެސެޖަކީ މިސަރުކާރުގެ ބޭނުމަކަށް ވާނީ ހުރިހާ ރައްޔިތުން ހަމަހަމަވާގޮތަށް ގާނޫނު އަސާސީގެ މިނިވަންކަން ދިނުމާއި އަދި ގާނޫނު އަސާސީ ދެމެހެއްޓުމާއި ނެގެހެއްޓުން ކަމުގައެވެ. ގާނޫނު އަސާސީގެ ބޭރުން ހަމަ އެއްވެސް ކަމެއް ތިމަން މަނިކުފާނު ނުކުރައްވާނެ ކަމުގައެވެ. އާއެކޭ! އަޅުގަނޑުވެސް ދަންނަވަނީ އެވިދާޅުވީ ހަމަ އެމަނިކުފާނު ވިދާޅުވާންޖެހޭ ވާހަކަ ފުޅެވެ. ކޮންމެޔަކަސް އެވިދާޅުވި ބަސްފުޅާއި ، މަގުހުރަސްވެފައިވާ ވަހުމުން ފުރިފައިވާ މަގުޗާޓެއް ރައިސް ވަހީދު ވުޖޫދައް ނެރުއްވާފައިވާތީއާއި އަދި ދެ އޮރެންޖަކާއި ، އައިޕެޑަކާއި ، ތިރީސްހާސް ޑޮލަރުގެ ވާހަކައެއް އިންކްއަރީން ފެންމަތިވެފައިވާތީ ، ރައީސް ވަހީދު އެވިދާޅުވި މިވާހަކަފުޅާއި ބެހޭގޮތުން އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނެ ” ހަނުހުރުމައްފަހު ” ދޫކޮއްލާނީ ކިޔުންތެރިންނަށެވެ.

ލިޔުނީ: އަދުނާނު އިބްރާހީމް / ނ.މާޅެންދޫ

ސިޔާސީވިޔަސް ސަމާސާވިޔަސް އެންމެންގެ ފިކުރާ ގުޅޭނޭހެން ލިޔުންތައް ލިޔުމަކީ އަދުނާނަކަށް މާބޮޑުކަމެއްނޫންކަން ލަންދޫއިންފޯގައި އަދުނާން ޝާއިޢުކުރާލިޔުންތަކުން އެނގެއެވެ. އަދުނާނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
މޯޑެކްސް
މޯޑެކްސް

ރީންދޫހުން ޖެހުނީމާ ވާނެގޮތް ތިހިރީ ވެނިމިފައެވެ. ނޯނީ ރިޕޯޓް އާންމުކުރުމުގެ ކުރިން އަދުނާނު ލިޔުނު ލިޔުން ހަނދާނަށް ގެނެސް ބަލާށެވެ. ބަގާވާތެކޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ދެއްކި ވާހަކަތަށް އެންމެފަހުން ފަނުފުލުން ދިޔައިއެވެ. އަދިވެސް މައިތިރިވާކަށް ނުވޭ ހެއްޔެވެ. ﷲ ގެ އިރާފުޅުން އަބަދުވެސް ނަޞްރު ލިބޭނީ އިންސާފަށެވެ.

މާސިއާ
މާސިއާ

އަސްލު މި އުޅޭ ބައިގަނޑަށް ހަޤީގަތާ އެއްކޮޅަށް އެއްޗެއް ލިޔުނީމަ ހަޖަމް ކުރަން ދަތިވަނީ،،، މަނަދޫ އަހުމަދު މެން ހަޖަމް ކުރަން ދަސްކޮށްބަ….

މަނަދޫ އަހުމަދު
މަނަދޫ އަހުމަދު

ޅޮހީ އަހުމަދުމެންނަށް ހަގީގަތް އެނގުނެއް ކަމަކު ހަގީގަތް ހާމަކުރާކަށް ނުކެރެއެވެ.

ޅޮހީއަހުމަދު
ޅޮހީއަހުމަދު

އެކަމަކު ދޯ މަނަދު އަހުމަދާ! ލަދިނާ ދިނާވެސް ތިޔައޮލުވާއިލީ! ހަގީގަތަށް އެއްޗެއް ލިޔުނީމަ އަދުނާނުދޯ ތިޔަގޯސްވީ! ތިޔޮށްހުރިހާ ފަތިވަރު ލިޔުނުއިރު އަދުލުއިންސަފުގެ ވާހަކަ ހިތައްވެސް ނައިވިއްޔަ ވ.ސަލާމް.

މަނަދޫ އަހުމަދު
މަނަދޫ އަހުމަދު
މިއަދު އަދުނާނުމެންނަށް ވަހީދުގެ ގޯސްކަންތައްތައް ފެންނާތީ އަޅުގަނޑުމެން އުފާވެއެވެ.ނަމަވެސް ނަސީދު ބުދުބެހެއްޓި ތަން ނުފެނުނީމަ ދެރަވޭ. އަދި ބުނީ ތިމަންނާގެ ވެރިކަމުގައި ދީންމަތިވެރިކޮށް، ޝަރީޢަތް ޤާއިމުކޮށް، ދަންނަބޭކަލުން ބުނިހާގޮތަކަށް ހަދައިގެން އުޅެނޭކަމަށްބުނެ މިރާއްޖޭގެ އިތުބާރުހިފޭ ދަންނަބޭކަލުންގެ ފަހަތުންދުވެ، އާދޭސްކޮށް ހެދީ ކާކު.އިސްލާމްދީނުގެ ޙައްޤުގައި ދީންމަތިވެރިކުރުމަށްޓަކައި، ދަންނަބެއިކަލުންގެ އިރުޝާދާއެއްގޮތަށް ޤައުމުހިންގުމަށްޓަކައި،ރައްޔިތުން އިތުބާރުކޮށް ވެރިކަން ޙަވާލުކުރިއެވެ. ދެންހެދިގޮތަކީ ދަންނަބޭކަލުންނާއި ރައްޔިތުންކުރި އިތުބާރު ސިޔާސީ ހަތިޔާރަކަށް ހަދައިގެން އޭގެނިވަލުގައި އިސްލާމްދީން ފޮހެލަން އުޅެގަތީއެވެ. ދިވެހި ދަންނަބޭކަލުން ބައިނަލްއަޤުވާމީ މީޑިއާގައި ފަޞީހަތްކުރީއެވެ. އިހުގައި ހިންގެމުންއައިހައި މުންކަރާތްތައް މެކުހަށްޖެހީއެވެ. ނުވިތާކަށް ވަށައިގެންއުޅޭ ދޮޅަހަކަށް ސަފީހުންނާއިގެން މަގުމައްޗަށްނިކުމެ މާތް ﷲ އަށް ގޮންޖަހާ، ސަލާމާއި ސަލަވާތްލެއްވި އިތުރު ސާހިބާގެ ކީރިތި ޙަޟުރަތަށް ފުރައްސާރަކޮށް، ކުފުރު ފާޅުކޮށްގަތީއެވެ. އިސްލާމްދީނަށްޓަކައި ރައްޔިތުން ކުރިއިތުބާރު ސިޔާސީ ހަތިޔާރަކަށް ހަދައިގެން ތިމާގެ ލާދީނީ އެޖެންޑާ ޙާސިލުކުރަން އުޅެގަތީއެވެ. އިސްލާޙަށް ގޮވާލާ މިރާއްޖޭގެ ދަންނަބޭކަލުން ޙައްޤުބަސް އިއްވެވުމުގައި ދެމިތިއްބަވާނެއެވެ. ދީން ޙިމާޔަތްކޮށް ދުނިޔޭގެ ސިޔާސަތު ހަމަމަގަށް އެޅުވުމަށްޓަކައި… Read more »
ކަމަނަ
ކަމަނަ
އަދުނާނެވެ ލިއާ އެއްޗެހި ވިސްނާގެން ލިޔާށެވެ.އެމްޑީޕިއަށް ލިބޭ ނާކާމީޔާބީއެއް އެންމެ ފަހުން ގޮސް ނިމެނީ ދީނާއެވެ. ތިޔަބޭފުޅުންނަށް ނިމިދިޔަ ތިންއަހަރުގެ ތެރޭގައި ވެރިކަން ލިބުން ފިޔަވާ ފާހަގަ ކޮށްލެވޭނޭ ގިނަ ކާމިޔާބީތަކެއް ލިބުމުގެ ބަދަލުގައި ލިބުނު ނާކާމިޔާބީ ތައް ގިނަގުނައެވެ. ހުރިހާވެސް ކަމަކީ ދީނެވެ. ވެރިކަމުގެ ނިޒާމުގެ ވޯޓުލުމާއި، މަޖިލިހާއި، ކައުންސިލްތަކާއި، މީގެއިތުރުން ދާދިފަހުން ވެރިކަން ނިމިގެންދިޔުމަސް ހިނގި ހާދިޘާ ހިނގައިދިޔަ ކަންތައްތަކުންވެސް އެމްޑީޕީއަށް ލިބިފައިވާ ކާމިޔާބީ ތަކަށްވުރެ ލިބުނު ނާކާމިޔާބީ ބޮޑެވެ. މިކަންތައްތަކުގެ ހަގީގީ ސަބަބަކީ އަސާސީ ގަވާއިދުގައި އެވާ މާއްދާ އަށް ބޯނުލެނބުމެވެ. އެކަމުގެ ދިފާއުގައި އެމްޑީޕީއިންވެސް ބޭނުން ކުރަން ޖެހޭނޭ ބާރުގަދަ ހަތިޔާރަކީ ދީނެވެ. އެނޫން ހަތިޔާރެއް އެމްޑިޕީއިން ބޭނުންކޮށްފިކަމުގައި ވާނަމަ އެމްޑީޕީއަކަށް ނަޞްރެއް ނުލިބޭނެއެވެ. ޙައްޤު ހޯދުމަށް ކުރިމަތިލާކަމުގައިވާނަމަ ހައްޤު ގޮތުގައި ތިބެގެން މެނުވީ ކާމިޔާބީއެއް ނުލިބޭނެއެވެ. އެމްޑީޕީގައި ކިތަންމެ ގިނަ އަދަދެއްގެ މެމްބަރުން ތިބި ކަމުގައި ވިއަސް ނަޞްރު ލިބޭނީ ހައްޤަށެވެ. އެމްޑީޕީ ހައްޤުގޮތުގައި… Read more »
ބިސްމަޅިބެ
ބިސްމަޅިބެ

އަދުނާނޫ ކަލޭ ދޭބަލަ މަހަށް….. ޑެން ތިކުރަން އުޅޭ އެވެސް ކަމެއް ނުވަަނެ …. ދެން ތެޔޮރުމާ ބޮލުގަ އަޅައިގެން ނަށަންފަށާ…. ދެން ލަލަލާ … ދެން ލަލަލާާ

wpDiscuz