ރައީސް ކަމުގައި ހުންނެވީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރި ދެމީހުންގެ ތެރެއިން އެކަކު: ރައީސް ވަހީދު

މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަކީ 2008 ވަނަ އަހަރު ރައްޔިތުންގެ ތެރެއިން ފަންސާސް ތިންހާސް މީހުން ވޯޓު ދީގެން ގައުމުގެ ރިޔާސަތަށް އައްޔަން ކުރި ދެމީހުންގެ ތެރެއިން އެކަކު ކަމަށާއި ނަމަވެސް ބައެއް މީހުން މިހާރު އެކަން ހަނދާންނެތިފައިވާ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެއްޖެއެވެ.

 ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައްޔިތުން ރާއްޖޭގެ ރިޔާސަތަށް އިސްކުރި ދެމީހުންގެ ތެރެއިން އެކަކު އިސްތިޢުފާ ދެއްވުމުން މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވީ އެމަނިކުފާނު ކަމަށާއި އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނަށް ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ސާބިތުކަމާއެކު ތަފާތު ކުރުމެއް ނެތި ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ މިހާރުގެ ސަރުކާރަކީ އެސަރުކާރެއްގައި ރާއްޖޭގެ މައިގަނޑު ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ، ދިވެހިރާއްޖޭގެ މުޅި މެޖޯރިޓީ އެސަރުކާރެއްގެ ފަހަތުގައި އޮތް ސަރުކާރެއް ކަމަށެވެ. އެހެން ކަމުން ބަޔަކު ކުރާ ޕްރެޝަރަކުން ދައްކާ ވާހަކައަކުން ސަރުކާރު ފަހަށް ނުޖެހޭނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz