ރައީސް ނަޝީދު ސިފައިންނާ ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުވެއްޖެ

 ދަށުކޯޓުތަކަށް އައްޔަންކޮށްފައި ތިބި ފަނޑިޔާރުން އައްޔަން ކޮށްފައި ތިބީ ގާނޫނާ އެއްގޮތްވާ ގޮތަށް ނޫންކަމަށްވާތީ ދަށުކޯޓުތަކުގެ ފަނޑިޔާރުން ކުރާ ހުކުމްތަކަށް ތަބާނުވަން ނިންމާފައިވާ ކަމަށާއި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ނުދީ ހިފަހައްޓަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުހަންމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅެއްގެ އޯޑިއޯއެއް މީޑިއާއަށް ލީކްވެއްޖެއެވެ.

ބަންޑާރަ ކޮށީގައި ސަލާމަތީ ބާރުތަކުގެ ސިފައިންނާ ބައްދަލު ކުރައްވައި ދެއްކެވި ކަމަށް ބުނާ މިއޯޑިއޯ ރެކޯޑްކުރި ފަރާތެއް ނުވަތަ ރެކޯޑް ކޮށްފައިވަނީ ކޮންތާކު ކޮންވަގުތެއްގައި ކަން މީޑިއާއަށް ކަށަވަރު ނުވި ނަމަވެސް ރައީސް ނަޝީދު ބުރާސްފަތި ދުވަހު ސިފައިންނާ ބައްދަލު ކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތަކެއް ހާމަކުރައްވާފައިވާކަން ގައުމީ ސަލާމަތާބެހޭ ބާރުގެ މީޑިޔާ އޮފިޝަލް ވަނީމީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ. ރައީސް ނަޝީދު ސިފައިންނާ މުހާޠަބު ކުރައްވައި ދެއްކެވި ކަމަށް ބުނާ މިއޯޑިއޯގައި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ހިފެހެއްޓުމަށް ފިނޭންސް މިނިސްޓަރަށް އަންގަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

 އަދި ދައުލަތުގެ މުއައްސަސާތަކުން އަމަލު ކުރަމުން ގެންދަނީ ގާނޫނާ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިފައިންނަށް ދޭ ކޮމާންޑާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމުން އެބޭފުޅުންނަށް ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެ ކަމަށެވެ.

މި އޯޑިއޯ ވަނީ ރޭ ދި ޓިވީއިން ފޮނުވާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar