ރައީސް ނަޝީދު މާލޭގެ ރައްޔިތުންގެ ހާލުބައްލަވާލައްވައިފި.

nasheedh
ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލު އަހުވާލު މިއަދު ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ހާލު އަހުވާލު ބައްލަވާލެއްވީ މިމަހުގެ 27 ވަނަދުވަހު އެމްޑީޕީ އަދި ޖޭޕީ އެއްވެސްގެން ޤާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ބާއްވަން އުޅޭ ބޮޑު މުޒާހަރާއަށް މީހުންގެ ތާއީދު ހޯއްދެވުމުގެ ގޮތުން ދޮރުން ދޮރަށް ހިންގަވަމުންނެވެ.
ރާއްޖެއެމްވީ އަށް ދެއްވި އިންޓަރވިއު އެއްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބަދަލަކަށް އެދޭކަމަށެވެ. 27 ވަނަ ދުވަހު ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޖުމްހޫރީ ޕާޓިންނާއި އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ މުޒާހަރާގައި މާލޭގައި ދިރިއުޅުއްވާ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެމަނކުފާނު ވިދާޅުވީ މާލޭގައި ދިރިއުޅުންވާ ރައްޔިތުން ދިރިއުޅެމުން ގެންދަވަނީ ވަރަށް ބޮޑެތި ދަތިތަކަކާއި އެކު ކަމަށާއި، އާންމު ދިރިއުޅުމުގައި ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން، މާލޭގައި ކުއްޔަށް ދިރިއުޅުއްވާ އެޕާޓްމެންޓް ފަދަ ތަންތަނުގެ ކުލި ބޮޑުކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން ރައްޔިތުންނަން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝިދު ވިދާޅުވީ މި ސަރުކާރުން ޑިއުޓީ އިތުރަށް ބޮޑު ކޮށްފިނަމަ ތަކެތީގެ އަގުތައް އުފުލިގެންދާނެ ކަމަށެވެ.
މިފަދަ ހާލެއްގައި ރައްޔިތުން ދިރިއުޅުމެންދާތީވެ، އެ ރައްޔިތުންނަން ދިމާވެފައިވާ ދަތިތަކުން އަރައިގަނެވޭނެ ކަމަށް އެ މަނިކުފާނަށް ގަބޫލު ކުރެވެނީ ރަނގަޅު ސިޔާސަތަކާ އެކު ސަރުކާރެއް އައުމުން ކަމަށް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރެވިފައި ނެތްކަން ރައްޔިތުންނަން ވަރަށް ބޮޑަށް ތަހަންމަލް ކުރަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން އަންނަ ކަމަށާއި، ވިޔަފާރިކުރައްވާ ފަރާތްތަކުން ހަރަކާތްތެރިވާ ގޮތް ބަދަލުވެގެން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz