ރައީސް ނަޝީދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި މިހާރު ހިނގަމުންމިދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިގިރޭސިވިލާތުގެ ސަރުކާރުގެ އިސްބޭފުޅުންނާއި އަދި ޕާލިމެންޓްގެ މެމްބަރުންނާއި ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.

އަދި ކޮމަންވެލްތު ސެކެޓްރީ ޖެނެރެލްއާއި ކޮމަންވެލްތް ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް ލަންޑަން އަދި ސްކޮޓްލެންޑްގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ގުޅޭގޮތުން ތަގުރީރުކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އެކިއެކި ޖަމްޢިއްޔާތަކާވެސް ބައްދަލުކުރައްވާނެ ކަމަށާއި، މިދަތުރުފުޅުގައި ރައީސް ނަޝީދު އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރ އަލްފާޞިލް އަހުމަދު ނަސީމާއި އެމް.ޑީ.ޕީގެ ޗެއަރޕަރސަންގެ ނައިބު (މާލީ) އަލްފާޞިލް އަހުމަދު މައުސޫމް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
ސާމަރާ... ނ.ލަންދޫ
ސާމަރާ... ނ.ލަންދޫ

ތިޔައީ އަޅުގަނޑުމެން އަދިވެސް ފަޚުރުވެރިވާ ރައީސް. ތިޔަ ކުރައްވާ މަސައްކަތްޕުޅުގައި މާތްﷲ ރަޙުމަތް ލައްވާށި. މުޅި މިޤައުމުވެސް މަނިކުފާނަށްޓަކައި ފަޚުރުވެރިވޭ. އަދިވެސް އަޅުގަނޑު އަދި ޢާއިލާ އަދި ރައްޓެހިވެސް ވޯޓްދޭނީ މަނިކުފާނަށް. ސާބަސް ފަޚުރިވެރި ރައީސް މުޙައްމަދު ނަޝީދު. ހިތްވަރުގަދަ ޤާބިލް ބޭފުޅެއް. މިކަމަށްޓަކާ ފަށްފަށުން ޝުކުރުވެރިވަން. ސާބަހޭ އިންތިޚާބީ ރައީސުލްޖުމުހުރިއްޔާ.ތިކުރައްވާ މަސަތްކަތަށް ﷲ ބަރަކާތް ލައްވާންދޭ.އަޅުގަނޑް މަނިކުފާނާ އެކުގަ އަބަދުވެސް ވާނަން

wpDiscuz