ރައީސް ނަޝީދު ކުމުންދޫއަށް ވަޑައިގެން ހިންގެވި ހަރަކާތްތަކާ ގުޅިގެން ގެއްގައި ރޯކޮށްފި

މިމަހުގެ ސާދަވަނަ ދުވަހު ހދ. ކުމުންދޫގައި ބާއްވާ ރަށު ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ކެންޕެއިން ކޮށްދެއްވުމަށް، ކުރީގެ ރައީސް މުހަންމަދު ނަޝީދު އިއްޔެ ކުމުންދުއަށް ވަޑައިގެން ހިންގެވި ހަރަކާތްތަކާ ގުޅިގެން، އެރަށުގައި ހަމަނުޖެހުން ހިނގައި، ގެއެއްގައި ރޯކޮށްލައިފިއެވެ.

ހދ. އަތޮޅުގެ އެކި ރަށްތަކުގައި ދިރިއުޅޭ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއެކު ނަޝީދު އިއްޔެ ކުމުންދޫއަށް ވަޑައިގެން ހިންގެވި ހަމަނުޖެހުންތަކުގައި ރޯކޮށްލާފައިވަނީ، ޑީއާރުޕީ ޓިކެޓްގައި ހދ. އަތޮޅު ކަންސިލް މެންބަރުކަމަށް ހޮވޮވަޑައިގެންނެވި، ކުމުންދޫ ޒަކަރިއްޔާ ހަސަންގެ ގޭގައި ކަމަށް ދިޓީވީގެ ވެބްސައިޓްގައި މިއަދު ލިޔެފައިވެއެވެ.

އިއްޔެއާއި ރޭ ކުމުންދޫގައި އެމްޑީޕީން ހިންގި ހަމަނުޖުހުންތަކާއި ގުޅިގެން ދިޓީވީއަށް މައުލޫމާތު ދެއްވަމުން ޒަކަރިއްޔާ ވިދާޅުވިކަމަށް  އެ ވެބްސައިޓްގައިވަނީ، ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިސްވެ ހުންނަވައިގެން އިއްޔެއާއި ރޭ، ކުމުންދޫގައި ހިންގި އަމަލުތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއްކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ކެންޕެއިން ކޮށްދެއްވުމަށް ވަޑައިގެން ރަށުގެ އަމަން ނަގާލައި، ހަމަނުޖެހުން ހިންގައި، ގޭގޭގައި ހުޅުޖެހުމަކީ އެއްވެސް ހާލެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކޮށްފައިވާ ކަންތައްތަކެއްކަމުގައި ގަބޫލް ނުކުރައްވާކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިކަމަށެވެ. މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެކަމަށް ޒަކަރިއްޔާ ވިދާޅުވިކަމަށްވެސް އެ ސައިޓްގައިވެއެވެ.

ކުމުންދޫގައި މިމަހުގެ ސާދަވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނަކީ ޑީއާރުޕީގެ ޓިކެޓްގައި ރަށުކައުންސިލަށް އިންތިޚާބްވެ ވަޑައިގެންނެވި އިބްރާހިމް ވަހީދު ނިޔާވުމާގުޅިގެން، އެގޮނޑިއަށް މެންބަރަކު އިންތިޚާބްކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. މިގޮނޑިއަށް ޑީއާރުޕީއާއި، ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ. ރައީސް ނަޝީދާއި، އެމްޑީޕީގެ އެކްޓިވިސްޓުން އިއްޔެއާއި ރޭ، ކުމުންދޫގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ އިމާރާތްތަކާއި، ކޯޓްތަކާއި ސަރުކާރުގެ އެކި އިމާރާތްތަކުގައި ހުޅުޖަހައި އަންދާލައި، އަމިއްލަ މީސްމީހުންނާއި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz