ރައީސް ނަޝީދު ހައްޔަރު ކުރުމާ ދެކޮޅަށް ލަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފި.

ލަންދޫ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގައި / ފައިލްފޮޓޯ
ލަންދޫ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގައި / ފައިލްފޮޓޯ

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއިމެދު ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާ އާއި، އަދި ރައީސް ނަޝީދު ހައްޔަރު ކުރުމާދެކޮޅަށް ނ.ލަންދޫ ކައުންސިލުން އިއްޔެ ނޫސްބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ 5 ކައުންސިލަރުން ހިމެނޭ ލަންދޫކައުންސިލުން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައިވަނީ ކްރިމިނަލް ކޯޓްގެ އިސްޣާޒީ ޢަބުދުﷲ މުޙައްމަދު ހައްޔަރު ކުރިކަމަށްބުނެ ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާ އަކީ ޤާނޫނާ ޚިލާފަށް ކުރަމުންގެންދާ ދަޢުވާއެއް ކަމަށާއި، އެއީ ބައިނަލް އަޤްވާމީ މިންގަޑު ތަކާވެސް ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކުރަމުންގެންދާ ކަމެއްކަމަށްވާތީ އެކަން ލަންދޫކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި ކުރީގެ ރައީސް ނަޝީދު މައްޗަށް އެ ދައުވާ ލައިނުގަނެގެން އަވަސް އަރުވާލައިފާ ކުރައްވަން އުޅުއްވާއިރު އެތައްބައިވަރު މައްސަލަތަކެއް ކުރިއަށްނުގެންގޮސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ފުނިޖެހިފައި ހުރިއިރު މިކަން ސަރުކާރުން ކުރިއަށް ގެންދާ ގޮތާމެދު ސުވާލު އުފެދޭކަމަށާއި، މިއީ ބަލައިނުގަނެވޭނޭ ކަމެއްކަމަށްވާތީ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ދޫކޮށްލައި މިނިވަންކޮށްދިނުމަށްވެސް ލަންދޫކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ލަންދޫކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު އަދުގެ ސަރުކާރުން ލަންދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންގެންދަވާ ތަރައްޤީގެ މަސައްކަތްތަކަށް ލަންދޫރައްޔިތުންދަނީ މަރުހަބާ ކިޔަމުންނެވެ.
ތިރީގައިމިވަނީ ލަންދޫކައުންސިލުން ނެރެފައިވާ ނޫސްބަޔާނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސަން ފައުންޑޭޝަންގެ ފަރާތުން ލަންދޫއިން ޙައްޖަށްދާނެ ދެފަރާތެއް ހޮވުމަށް ބޭއްވޭ ގުރުއަތުލުން މާދަމާރޭ

ސަން ފައުންޑޭޝަންގެ ފަރާތުން އެ ފައުންޑޭޝަންގެ ޚަރަދުގައި ޙައްޖަށް ދިއުމަށް ނ.ލަންދޫގައި ހުޅުވާލި ފުރުޞަތުގައި ލަންދޫއިންވަނީ 110 ފޯރމު ހުށަހަޅާފަކަމަށް …

ޚިޔާލެއްދެއްވާ

avatar