ރައީސް ނަޝީދުގެ ޙަޤީގަތް އެނގި ހާމަވަނީ

ރާއްޖޭގެ ރައީސްކަމުން އަމިއްލައަށް އިސްތިޢުފާ ދެއްވެވި ކުރީގެ ރައީސް ގ. ކެނެރީގޭ އަލްފާޟިލް މުޙައްމަދު  ނަޝީދު ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމަށް އަންނަން އުޅުނު އިރުގައްޔާއި ރައީސްކަމަށް އައުމަށްފަހުގައިވެސް އެނމެ ގަދައަށް ދެކެވެމުން ދިޔަ ވާހަކަ ތަކަކީ ރައީސް ނަޝީދު މާތްވެގެންވާ އިސްލާމްދީނަށް ދެރަވާގޮތައް ދިވެހިރާއްޖޭގައި މިއޮތް އިސްލާމްދީނުގެ އަޤީދާ ބަލިކަށިވާގޮތައް މަސައްކަތް ތަކެއް ކުރައްވަމުން ގެންދެވި ވާހަކައެވެ.

ރައީސްނަޝީދުގެ އާރާއި ބާރުއޮތްއިރު މިފަދަަ ވާހަކަތަކަށް ރައީސް ނަޝީދުގެ ” އެކުވެރިން ” ފާޅުގައި ދެކޮޅުހަދައި މިފަދަ ވާހަކަތައް ދިފާޢުކުރިނަމަވެސް މިއަދު މިވަނީ މިފަދަ ވާހަކަތަކާއި ކަންތައްތަކުގެ ޙަޤީގަތް ވަރަށް ރަނގަޅަށް ސާފްވެ އެގެންފަށާފައެވެ. ޚުދު ރައީސްނަޝީދުގެ ދޫފުޅުން މިފަދަ ވާހަކަތައް ދުނިޔޭގެ މީޑިޔާއަށް ހާމަކޮށްދެއްވަން ފައްޓަވާފައެވެ.

މިގޮތުން ހަމަހަމަކޮށް، އިސްލާމް ދީނާ މާ ބޮޑަށް ނުގުޅޭ ގޮތަށް ސްކޫލް މުގައްރަރު ބަދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ. މި މޭރުމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވަނީ 7 ފެބުރުއަރީ 2012 ގައި އިސްތިއުފާ ދެއްވުމަށްފަހު އަލުން އިންތިޙާބެއް ބޭއްވުމަށް ބޭރުގެ ސަޕޯރޓް ހޯއްދެވުމަށް މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއު ދިއްލީގައި ހުންނަވައި ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއު އެއްގައެވެ. އެއިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ސްކޫލް މުގައްރަރު ހަމަހަމަކޮށް މާ ބޮޑަށް އިސްލާމް ދީނާ ނުގުޅޭ ގޮތަށް ބަދަލު ކުރައްވާފައިވާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތަށް ބުރަ ނުވާނެ ގާނޫނުލް އުގޫބާތެއް ޕްރޮޕޯސް ކުރައްވާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށާއި ރައީސް ނަޝީދުގެ ސަރުކާރަށް އޭރުގެ އިދިކޮޅު މީހުން އެންމެބޮޑަށް ބުނަމުންގެންދިޔަ ޒަޔަނިސްޓް އިޒްރޭލާއި ގުޅުން ޤާއިމް ކުަރަމުންގެންދާ ވާހަކައާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ އާއި އިޒްރޭލާ ދެމެދު ގުޅުން ބާއްވާފައިނުވާ ކަމަށާއި އިޒްރޭލާ ރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ރުޖޫއަ ކުރެއްވުމުގެ އިތުރުން އިންޑިއާ އާއި އެމެރިކާއާ ވެސް އިތުރަށް ގުޅުން ބަދަހި ކުރައްވާފައިވާނެ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދު މިހާރު ވިދާޅުވާ ގޮތުންނަމަ އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމީ ހަރުކަށި މީހުންގެ ފަރާތުން ބުރުގާ އެޅުމަށް މަޖުބޫރު ވެފައިވާ އަންހެނުން ހިމާޔަތް ކުރުމަށްވެސް މަސައްކަތް ކުރެއްވިއެވެ.

ޙަޤީގަތުގައި ކުރީގެ ރައީސް ގ.ކެނެރީގޭ އަލްފާޟިލް މުޙައްމަދު ނަޝީދު ވެރިކަމުގައި ގެންގުޅުއްވި ” ލާދީނީ ކަންތައްތައް ” މިއަދު މިހިރަ ދަނީ މާތްﷲގެ ކުޅަދުންވަންތަ ކަމުން އެމަނިކުފާނުގެ އަމިއްލަ ދޫފުޅުން އެންމެހާ ދިވެހިރައްޔިތުންނަށް އެނގި ހާމަވަމުންނެވެ.

ލިޔުނީ: ފަންރިޔާ

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
maju
maju

washinton Postge dhivehi tharujamaa aky hujjatheh noon.

އެންޑީޕީ
އެންޑީޕީ

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ދޯ އަދުނާނުބޭ!!!!

mohamma
mohamma

adhunaanubeyah anenkaaves REEDHOO HUNN jehunytha , Adhunaanubay nikah ragalhah washinton Postah NaSheedh dhin basdhee gathun kiyaala bala, Nasheed aky hama seedha migaumun Islaam dheen fohelumah ulhay boduvegenvaa makaru veriyen .

ނުހިނގާ ގަލަމުން
ނުހިނގާ ގަލަމުން

އޭރު ނަޝީދު ދައްކާ ދެއުޅި އެއްނުވާ ކަނޑުކޮސް ވާހަކަތައް، ޚާއްޞަކޮށް ލާދީނީ ވާހަކަތައް ތަރުޖަމާކުރަން ހުންނަނީ ޖުހާ…. މިހާރު އެވަޒީފާ އަދުނާނުބެޔާ ހަވާލުވީ ދޯ… ވަރަށް ހުށިޔާރުވެގެން ހުންނާތި… އެއްފަހަރާ 6 އަނގައިން ވާހަކަދައްކާ މީހަެއްގެ ވާހަކަ ތަރުޖަމާކުރެވޭނީ މުންޑުގެ ފަސްބައިންނާއި ގަމީހުގެ ދިހަ ބައިން ލަނގޮޓިމަރައި، އަނގަ އޮއޮރިކޮށްގެން ވާހަދެއްކެންޏާ…

Adnan Ibrahim
Adnan Ibrahim

އިސްލާމްދިނޭ ކިޔައިގެން ތިޔަދައްކާ ވާހަކަތަށް ތަރުޖަމާ ކުރުމުގައި ފޮނިތޮށި ކާފޫރުތޮޅި އަޅާފައިވާކަމަށް ފެނޭ! ރައީސް ނަޝީދުތޯ މިރާއްޖޭގެ ހުރިހާ އަންހެންވެރިން ބުރުގާއަޅުވަން ދަސްކޮށްދެން އައިމިނާ ވަދޫދު ގެނައީ ! ނަންއޮޅުވައިލައިގެން ލިޔުމަކީ އެލިޔުމެއްގެ ސައްހަކަމާއި ދޭތެރޭގައި ސުވާލު އުފެދޭ ކަމެއް !

wpDiscuz